20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްޑީޕީ

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

 • އެމްޑީޕީ މިވަގުތު އެންމެ ބޮޑު އަމާޒަކީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުން: ހަސަން
 • ސަރުކާރުން ބޭނުން ވަނީ ތޮއްޖެހިފައިވާ މާލެއަށް ރައްޔިތުން ބަދަލުކުރަން
 • އެމްޑީޕީ ވަރުގަދަކުރަންޖެހޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 14 ޖެނުއަރީ 2017 | ހޮނިހިރު 06:50 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ހުކުރު ދުވަހުގެ ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފު ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ : ފާތިމަތު ޝަނާ މުހައްމަދު

ޗެއާޕާސަން ކަމަށް ކުރައްވާ ކެމްޕެއިން މަސައްކަތަކީ މުޅި ޕާޓީ ކުރިއަރުވައި، އާއްމު މެންބަރުންނާއި ސިދާކޮށް ބައްދަލުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، މިހާރު ފަށައިގެން އުޅޭ ކެމްޕެއިންގެ މަސައްކަތަކީ، އާއްމު ރައްޔިތުންނާއި ބައްދަލުކޮށް އާއްމު މެންބަރުންގެ ހިޔާލުތައް އަޑު އެހުން ކަމަށެވެ. މިކަމަކީ އާއްމު މެންބަރުންނާއި ޕާޓީގެ އިސްބޭފުޅުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ ކެމްޕެއިންތައް ރޭވުމުގައާއި ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތައް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޗެއާޕާސަންގެ މަޤާމަށް ބޭނުންވަނީ އާއްމު މެންބަރުންގެ ދިހަ ޕަސެންޓް. މިއީ މިފަދަ ބޮޑު ޕާޓީއަކަށް ހޯދުމަށް އެހާ އުނދަގޫ އަދަދެއް ނޫން. ސަބަބަކީ އެ އަދަދު ހަމަކުރުމަށް ބޭނުންވަނީ 5000 މީހުންގެ ވޯޓު. އެހެން ނަމަވެސް އަޅުގަނޑު ބޭނުންވަނީ އާއްމު ރައްޔިތުންގެ އެންމެ މަދުވެގެން 15000 ވޯޓު" ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ، ޕާޓީ އެތެރޭގެ ވޯޓު ލުމެއްގެ ތެރެއިން ޕާޓީ އިތުރަށް ހަރަކާތްތެރިވުމަށް މަގުފަހިވާ އިރު މިފަދަ ވޯޓެއްގެ ސަބަބުން އެހެން ފަރާތްތަކަށް އެމްޑީޕީގެ ވަރުގަދަ ކަމާއި ތާއީދު ލިބިގެންދާނެ ކަމަށެވެ. އެމްޑޕީއަށް އޮތް ތާއީދާއި ބާރު މިފަދަ ވޯޓުތަކުގެ ޒަރިއްޔާއިން ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް ވަރަށް ބޮޑު ތައްޔާރީތަކެއް ވެފައިވާ އިރު ކުރިއަށް އޮތް ތަނުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެޕާޓީގެ ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމަށް ކަމަށެވެ.

ހަސަން ވަނީ މިކުރެވޭ މަސައްކަތަކީ މުޅި އެމްޑީޕީ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ، ކުރިއަށް އޮތްތަނުގައިވެސް އާއްމު މެންބަރުންނާ ގާތުން މަސައްކަތް ކުރުމުގެ ހަރަކާތްތައް އޮތް ކަން ހާމަކުރައްވާފަ އެވެ.

އެމްޑީޕީގެ ވިސްނުމަކީ ކޮންމެ ރަށެއްގައި ދިރިއުޅޭ މީހުންނަށްވެސް އަބުރުވެރި ފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުން ކަމަށާއި އެގޮތުން ކޮންމެ ރަށެއްގައި ތިބެ އެރަށެއްގެ ރައްޔިތުންނަށް ފެންވަރު ރަގަޅު ތައުލީމާއި ސިއްހީ ހިދުމަތުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ  ރައްޔިތުންނަށް ހޯދައިދޭން ބޭނުންވާ ދިރިއުޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދުގެ ސަރުކާރުން މަސައްކަތް ކުރަނީ ތޮއްޖެހިފައިވާ މާލެ ސަރަހައްދަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި މޭރުމުން ވާހަކަދައްކަވާ ހަސަން ލަތީފު ވަނީ ހުޅުމާލޭގާ ބިނާ ކުރާ ޔޫތް ސިޓީގެ ތެރެއިން އަތޮޅު ތަކުގައި ދިރިއުޅޭ ރައްޔިތުން ހުޅުމާލެއަށް ބަދަލުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް