20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

ޕްރައިމަރީ އަށް ފަހު ކޮންގްރެސްއެއް! ލޮލުގައި އަޅުވާ އަނދުނެއްތަ؟

 • ރައީސް ނަޝީދު ނޫން ކެންޑިޑޭޓެއް ނެރޭ ނަމަ އަސާސީ ގަވާއިދަށް އިސްލާހު ގެންނަންޖެހޭ
 • އަސްލު ކެންޑިޑޭޓް ސިއްރުކުރަނީ ދައުވާކޮށް ޖަލަށް ލުމުގެ ބިރު އޮތުމުން
 • ހަގީގަތް އޮތީ ފޮރުވިފައި
އަލީ ޔޫސުފް | AliYooosuf

| 4 ޖޫން 2018 | ހޯމަ 15:52 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ރައީސް ނަޝީދުގެ ރިޔާސީ ޓިކެޓް އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު އަސްލަމްއާ ހަވާލުކުރައްވަނީ -- ފޮޓޯ : ޙުސައިން ޙަސަން

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނަ އިރު ގިނަ ބައެއްގެ ހިތުގައި މިހާރު އުފެދިފައިވާ ސުވާލަކީ އިދިކޮޅުން ރައީސް އަބްދުﷲ ޔާމީނާ ވާދަކުރަން ނެރޭނީ ކޮން ކެންޑިޑޭޓެއްތޯއެވެ؟ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެކަން ބިނާވެފައި ވަނީ އިދިކޮޅު އެމްޑީޕީން ނިންމާ ނިންމުމެއްގެ މައްޗަށެވެ. ނުވަތަ އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. އެމްޑީޕީގެ ހަރަކާތްތަކުން ވާން އުޅޭ ގޮތް ކޮންމެ ވެސް ވަރަކަށް ސާފެވެ.

ސަރުކާރުން ބޮޑެތި ހުރަސްތައް ކުރިމަތިކުރުވައި އިލެކްޝަނާއި ފުލުހުން މެދުވެރިކޮށް ޕްރައިމަރީ ހުއްޓުވަން މަސައްކަތްތަކެއް ކުރި ނަމަވެސް އެމްޑީޕީން ވަނީ ކާމިޔާބުކަމާ އެކު ޕްރައިމަރީ ބާއްވާފައެވެ. އަދި ގާނޫނީ ހަމަތަކަށް ބަލާއިރު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނެތް ކަމަށް ސަރުކާރުން ބުނާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޓިކެޓް ވަނީ ހަވާލުކޮށްފައެވެ. އެމްޑީޕީގެ މި ނިންމުމާ އެކު ގިނަ ބަޔަކު ހީކޮށްގެން ތިބީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަނުކުރެވޭ ނަމަ އެމްޑީޕީން ދެން އިތުރު ވިސްނުމަކަށް ނުދާނެ ކަމަށެވެ. އަދިވެސް އެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ޕްރައިމަރީގެ އަޑު ނުކެނޑި އުޅެނިކޮށް އެމްޑީޕީން ވަނީ މި މަހުގެ ފަހުކޮޅު އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވުމަށް ނޯޓިސް ނެރެފައެވެ. މިއީ ކޮން ބޭނުމެއްގައި ބާއްވާ ކޮންގްރެސްއެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެމްޑީޕީގެ މިހާރުގެ އަމަލުތައް ހުރީ ސަރުކާރުގެ ލޮލުގައި އަނދުން އެޅުވުމަށެވެ. ކެންޑިޑޭޓެއްގެ ގޮތުގައި ދައްކަމުން ގެންދާ ރައީސް ނަޝީދަކީ ސަރުކާރަށް ދައްކާ އަވާމެންދުރެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ. ހަގީގަތް އޮތީ ފޮރުވިފައެވެ.

ރައީސް ނަޝީދަށް ވެރިކަމަށް ކުރިމަތިނުލެއްވިއްޖެ ނަމަވެސް އަމަލުކުރާނެ ގޮތެއް އެމްޑީޕީގެ އަސާސީ ގަވާއިދުގައި މިވަގުތަކު ނެތެވެ. އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ ޓިކެޓް ދޭންޖެހެނީ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކަށެވެ. އެކަކު ވާދަކުރި ނަމަވެސް މަދުވެގެން ޖުމްލަ މެންބަރުންގެ 10 ޕަސެންޓް ތާއީދު އެ ކެންޑިޑޭޓަކަށް އޮންނަންޖެހެއެވެ. އެހެންކަމުން ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ދޭ ނަމަ އެކަން ކުރަންޖެހޭނީ އަސާސީ ގަވާއިދަށް އިސްލާހު ގެނެސްގެންނެވެ. ކޮންގްރެސްގެ ބޭނުމަކީ އެކަމަށް މަގުފަހުކުރުމެވެ. ރައީސް ނަޝީދަށް ވާދަނުކުރެއްވިއްޖެ ހާލަތެއްގައި ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމުގައި އުސޫލެއް ގާއިމުކުރުމެވެ. ފަހަރުގައި އެއީ ކުރު މުއްދަތެއްގައި ޕްރައިމަރީއެއް ނުބޭއްވިދާނެތީ އެފަދަ ހާލަތެއްގައި ސީދާ ގައުމީ މަޖިލީހުން ގޮތެއް ނިންމުމަށް މަގުފަހިކުރުމުގެ އިސްލާހަކަށް ވުމެވެ. ނުވަތަ ކޯލިޝަންގެ ތެރެއިން ކެންޑިޑޭޓެއް ނެރުމުގައި އަމަލުކުރާނެ އުސޫލެއް ގާއިމުކުރުމަކީ ވެސް ފަހަރުގައި ބޭނުމަކަށް ވެދާނެއެވެ. ކޮންގްރެސްއާ ބެހޭ ގޮތުން އެމްޑީޕީން އަދި މާގިނަ މައުލޫމާތުތަކެއް ހާމައެއް ނުކުރެއެވެ.

އަނެއްކޮޅުން ރިޔާސީ ޓިކެޓް ރައީސް ނަޝީދާ ހަވާލުކުރި ކަމުގައިވީ ނަމަވެސް ދެ ވަނަ އޮޕްޝަނެއްގެ ވާހަކަ ދަނީ ދެކެވެމުންނެވެ. ސިޔާސީ ބައެއް ފަރާތްތަކާއި ކޯލީޝަންގައި ނުފޫޒުގަދަ ބައެއް ފަރާތްތަކުގެ އިތުރުން ޕާޓީގެ ބައެއް އިސް އެކްޓިވިސްޓުން ވެސް ނަންތަކެއް ދަނީ ކިޔަމުންނެވެ. އެ ނަންތަކަށް އޮތް ތާއީދު ދަނީ ހާމަކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ބައެއް ފަރާތްތަކުން ދަނީ ހިޔާލު ފާޅުކުރަމުންނެވެ.

ބައެއް މުހައްލިލުން ދެކޭ ގޮތުގައި މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަނުކުރެއްވޭނެކަން ރޭގަނޑާއި ދުވާލު ފަދައިން އެމްޑީޕީ އަށް ވެސް އެނގެއެވެ. ނަމަވެސް ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދެ ވަނަ އޮޕްޝަނެއްގެ ވާހަކަ ދައްކަން ބޭނުން ނުވަނީއެވެ. ސަބަބަކީ ދެން ވާދަކުރާނެ ފަރާތެއް ދައްކައިފި ނަމަ އެ ފަރާތަކާ ދެކޮޅަށް ވެސް ދައުވާތައްކޮށް އިންތިޚާބުގައި ވާދަކުރުމަށް އޮތް މަގު ބަންދުކުރުމުގެ ފުރުސަތު އޮތަތީއެވެ. ރިޔާސީ ޓިކެޓްގެ ލައިންގައި ތިއްބެވި ކޮންމެ ބޭފުޅަކާ މެދު ވެސް ސަރުކާރަށް ބޭނުން ވެއްޖެ ހާލަތެއްގައި ދައުވާކޮށް އިންތިޚާބަށް ކުރިމަތިލުމަށް ހުރަސް އެޅުމުގެ ފުރުސަތު އޮތް ކަމަށް ބެލެވިދާނެއެވެ.

މިސާލަކަށް އިބޫގެ މައްސަލަ މި ވަގުތަށް ނުބަލައި ފައިލްކޮށްފައިވީ ނަމަވެސް ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ފަދަ ދައުވާއެއް ކޮށްފައި ވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުރަސް އެޅުމުގެ ފުރުސަތު އެބަ އޮތެވެ. މި ކިޔުގައި ހުންނެވި ކަމަށް ބެލެވޭ މަޖިލީހުގެ ކުރީގެ ރައިސް އަބްދުﷲ ޝާހިދު ވެސް ހުންނެވީ މިދެންނެވި ރޮދިފަށްމަތީގައެވެ. މިހެން ގޮސް އެމްޑީޕީގެ އިސް ސަފުން ކޮންމެ ނަމެއް ނެގިޔަސް އެކަން އޮތީ އެހެންނެވެ. އެހެން ކަމަށްވުމުން އެއީ ވުން ކައިރި ކަމަކަށްވާތީ އެމްޑީޕީން އެކަން ހާމަކުރަން ބޭނުންވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ސުންގަނޑިއަށް ފައިކަށި ނަގާ ހިސާބުންނެވެ. އޭގެ ކުރިން އެކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަކީ އިދިކޮޅު ކޯލިޝަންގެ ތެރޭގައި ވެވިފައި އޮތް އެއްބަސްވުމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ކޮންމެއަކަށް ކޯލިޝަންގެ ތެރޭގައި ރެނދުލާފައިވާ ކަމަށް ދެއްކުމާއި ރައީސް ނަޝީދު ނޫން ބޭފުޅަކާ އެކު އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނުނިކުންނާނެ ކަމަށް ދެއްކުމާއި އިބޫއަށް ފޯކަސް އަނބުރާލުމާއި ޕްރައިމަރީ އާއި ކޮންގްރެސްއަކީ ވެސް ސަރުކާރުގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށް ބެލެވޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ކުރިއަށް އޮތީ ނޭވާ ހިފަހައްޓާލަންޖެހޭ ދުވަސްކޮޅެކެވެ. މޮޅު ފިލްމެއް ފަދައިން މި ފަހަރު ސަސްޕެންސް ބޮޑުކަމުން ހަގީގަތް އެނގޭނީ އެންމެ ފަހު ދަނޑިވަޅުގައި ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް ވެގެންވާ ނަމަ އެމަނިކުފާނު ރިޔާސީ އިންތިޚާބަށް ނުކުންނަވާނީ ގިނިކައްޏާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަޑު

9 މަސް ކުރިން

މިހާރަކަށް އައިސް ލިއެވުނު އެންމެ ހިތްގައިމު ލިއުން، ވަރަށް އެކަށީގެންވާ ގޮތް ތަކެއް ބަޔާން ކުރެވިފައި ވަނީ، އަދި އެ ގޮތަ ތަކަކީ ހަމަ އެކަމުގައި އުޅެންވެސް ޖެހޭގޮތް.މި ރާއްޖޭގެ ރަދުން ނަށް އޭނާ ހިތް ހަމަ ނުޖެހޭ އެއްވެސް ކަމެއް އޮޅުން ފިލުވައި ދިނުމަކީ މޮޔަ ކަމެއް. ބުއްދި ހުރި ބަޔެއް އިދިކޮޅުގައި ތިބިއްޔާ މި ގޮލަޔަށް .ވާނުވާވެސް ނާންގާ ބަލި ކޮށްލާނެ، ޤަވްމަށްޓަކާ، ރައްޔިތުން ނަށްޓަކާ ވަރަށް މުހިއްމު ކަމެއް

6
2