| 14 ޖެނުއަރީ 2017 | ހޮނިހިރު 06:19 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްނުލާ ރާއްޖެ ތަހުޒީބު ގައުމަކަށް ނުހެދޭނެ ކަމަށް މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ނައިފަރުގައި ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، މި ސަރުކާރު ބިނާވެފައި ވަނީ ކަރަޕްޝަނާއި ރައްޔިތުންނަށް އޮޅުވާލުންތަކެއްގެ ތެރެއިން ކަމަށާއި މި ހުރިހާ އަސާސްތަކަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީ އަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށެވެ. މިއީ ރާއްޖެ ތަހްޒީބު މުޖުތަމައު އަކަށް ހެދުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަސް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ހިންގާފައިވާ ޖަރީމާތަކާ ގުޅޭ ގޮތުން އިމްތިޔާޒް ވިދާޅުވީ، މި ސަރުކާރުގެ ކޮރަޕްޝަނުގެ އަމަލު ތަކަކީ އެއްވެސް ހާލެއްގައި ހަނދާން ނައްތާލައިގެންވާނެ ކަމެއް ނޫން ކަމަށާއި މިއީ އަބަދުވެސް އަމިއްލަ ނަފްސަށް ހަނދާން ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. މިކަން ފާހަގަކުރައްވާ، އިންތިޔާޒް ވިދާޅުވީ، ނައިފަރު ރައްޔިތެއް ކަމަށްވާ ގާސިމް އަބްދުލްކަރީމް މި ސަރުކާރުގެ ކޮރަޕްޝަން ފަޅާ އަރުވާލުމަކީ ނަމޫނާ އަމަލުފުޅެއް ކަމަށެވެ. އެކަމުގައި އެބޭފުޅާ ޖަލުގައި އޮންނަން ޖެހުނުކަން އިމްތިޔާޒް ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
އިމްތިޔާޒް ވިދާޅުވީ، އެމްޑީޕީ ހިންގުމުގައި އަބަދުވެސް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވާ ބޭފުޅުންނަނީ އިދިކޮޅު ފަރާތްތަކުން ނުހަނު ކަންބޮޑުވާ އަދި ފާރަވެރިވާ ބޭފުޅެއް ކަމަށެވެ. މިހާރު އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަސަން ލަތީފަކީވެސް އެޕާޓީގެ މެންބަރުންނަށް އެނގޭ އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅެއް ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. އިތުރު ބޭފުޅަކު ޗެއާޕާސަންގެ މަގާމަށް ވާދަ ނުކުރެއްވުމުން ވެސް ދޭހަވަނީ، އިމްތިޔާޒު ވިދާޅުވި ގޮތުގައި އެމަޤާމަށް ހަސަން ލަތީފަށް އޮތް ތާއީދެވެ.
އިމްތިޔާޒް ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގައި ސަރުކާރުން ގެންގުޅޭ އުސޫލުތަކަށް ފާޑުވިދާޅުވެ އެކަމަގެ ތެރެއިންވެސް އެމްޑީޕީ ލޯކަލް ކައުންސިލްގާ ކާމިޔާބު ހާސިލް ކުރާނެ ކަމުގެ ޔަގީންކަން ހާމަކުރައްވާފަ އެވެ
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް