20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ނައިފަރު އެމްޑީޕީ ޖަލްސާ

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

  • އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރި ޕާޓީ: ނިޔާޒް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 14 ޖެނުއަރީ 2017 | ހޮނިހިރު 04:26 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ހަސަން ލަތީފު ކެމްޕެއިން ޖަލްސާ -- ރާއްޖެއެމްވީ ފޮޓޯ : ފާތިމަތު ޝަނާ މުހައްމަދު

އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ގެނައި ބަދަލުތަކާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހެޅުމަށް އެމްޑީޕީން ނިންމާފަވާ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕަރސަން އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

 

ހުކުރު ދުވަހުގެ ރޭ ނައިފަރުގައި ބޭއްވި އެމްޕީޑީ ޖަލްސާގައި ވާހަކަދައްކަވަމުން، އަލީ ނިޔާޒް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކުރިން 14 ޖެނުއަރީގައި ބާއްވަން އިއުލާނު ކުރި އިންތިހާބު ބާތިލްކުރި ކުރުމަކީ އެހެން ހަމަ ހުރެ ބާތިލް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ތާރީހުގައި އިންތިހާބަށް އިއުލާން ކުރުމުން ކުރިމަތިލާން ނިންނި ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ކުރި ކުރުމަކީ ގާނޫނު އަސާސީ އާއި ތައާރުޒްވާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

 

ނިޔާޒް ވިދާޅުވީ، މި ސަރުކާރުގެ ވެރިކަމެއްގައި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިހާރު އޮތް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް އިންތިސާފުވެރި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވޭނެ ކަމަށް އެއްވެސް ގޮތަކަށް ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކުރުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވެ ނިޔާޒް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބޮއިކޮޓްކޮށް އިންތިހާބުގައި ކުރިމަތިލާ ފަރާތްތަކަށް އެ އިންތިހާބުގެ ފުރުސަތު ގެއްލުވާ ނުލާނެ ކަމަށެވެ. އަދި މި ސަރުކާރުން އިންސާފުން ބޭރުން ހިންގާ ކަންކަމަށް އެމްޑީޕީން ކެރިގެން ކުރިމަތިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ނިޔާޒް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބޮއިކޮޓްކުރުމުގެ ވިސްނުން އެ ޕާޓީން ގެންގުޅުނީ ވޯޓުލާ ގޮތް ނޭނގޭ ނިޒާމެއްގެ ތެރެއިން ވޯޓުލުމުގެ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ދެއްކުމުން ކަމަށެވެ. އެގޮތުން އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ލޯކަލް ކައުންސިލް އިންތިހާބުގައި ބޭނުން ކުރުމަކީ އެޕާޓީން އެއް ވެސް ވަރަކަށް ތާއީދު ކުރާ ކަމަށް ނޫން ކަމަށެވެ.

 

ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުންގެ ކަންކަން ކައިރިން ދެނެގަތުމަށް ކުރާ މަސައްކަތެއް ކަމަށާއި އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ އެ އުސޫލު ދެމެހެއްޓުމަށް ކަމަށް ނިޔާޒް ވިދާޅުވި އެވެ.

 

ނިޔާޒް ވިދާޅުވީ ޗެއަރޕާސަންގެ މަޤާމަކީ އެ ޕާޓީގެ އަސާސީ ގަވައިދުގައި މުހިއްމު މަޤާމެއް ކަމަށާއި މިއީ ޕާޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ވެސް މުހިއްމު މަޤާމެއް ކަމަށެވެ. އަދި އެފަދަ މަޤާމެއްގައި ހުންނަ ފަރާތަކީ އާއްމު މެންބަރުންގެ ތާއިދު އޮންނަ މީހަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ނިޔާޒް ވަނީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފާހަގަކުރައްވާ އެޕާޓީ އަކީ އެންމެ ހަރަކާތްތެރި ޕާޓީގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަން ފާހަގަކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް