20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ތޮއްޑޫ ކަރާ ދަނޑުތައް

ތޮއްޑޫއިން މާލެއަށް ކަރާ އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަން ދަށްވެއްޖެ

  • ރަމަޟާން މަހުގެ 15ގެ ފަހުން ކަރާ ގެންނަ މިންވަރު މަދު، މިހާރު އެއަދަދު ދެގުނަ ދަށްވެއްޖެ
  • ކަރާ ކިލޯއެއް އަގު 30 އާއި 35ރ. އާއި ދެމެދު ވަނީ ހިފެހެއްޓިފައި
  • މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުންނާއި ފަނީގެ ސަބަބުން ދަނޑުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި
އަމްނާ އިމާދު | @amnabinthimad

| 4 ޖޫން 2018 | ހޯމަ 10:22 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ތޮއްޑޫ ކަރާ ދަނޑުތައް-- -- އާކައިވް

އއ. ތޮއްޑޫ އިން ކަރާ މާލެއަށް އެތެރެކުރާ މިންވަރު އިންތިހާއަށް ދަށްވެއްޖެ ކަމަށް ވިޔަފާރިން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ބައެއް ވިޔަފާރިވެރިން ބުނީ ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 25 ޓަނު ކަރާ ތޮއްޑޫން ގެންނަ ކަމަށެވެ. ރަމަޟާން މަހުގެ 15ގެ ފަހުން ކަރާ ގެންނަ މިންވަރު މަދު ކަމަށާއި، މިހާރު އެއަދަދު ދެގުނަ ދަށް ވެފައިވާ ކަމަށް އެމީހުން ބުންޏެވެ.

ތޮއްޑޫއިން ކަރާ ގެންނަ މިންވަރު މަދުވި ނަމަވެސް ކަރާ ކިލޯއެއް އަގު 30ރ. އާއި 35ރ. އާ ދެމެދު ހިފެހެއްޓިފައިވާ ކަމަށާއި، ކަރަލުގެ އަގު ބޮޑު ނުވާނެ ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.

ތޮއްޑޫއިން ކަރާ ގެންނަ މިންވަރު މަދުވުމާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް ހަސަން އަބްދުﷲ ވިދާޅުވީ ރަމަޟާން މަހާ ދިމާކޮށް ހެއްދި ހުރިހާ ދަނޑުތަކެއް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. ރަމަޟާން މަސް ނިމެންދެން ވެސް ކަރާ މާލެ އެތެރެ ކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ވިއްސާރާގެ އިތުރަށް ކަރާ ދަނޑުތަކުގައި އަޅާ ފަނިތަކުގެ ސަބަބުން ވެސް ގިނަ އަދަދެއްގެ ކަރާ ހަލާކުވެފައިވާ ކަމަށެވެ. ރަމަޟާން މަހާ ދިމާކޮށް ހައްދާ ދަނޑުތަކުގައި އަޅާ މިފަނިތައް އުފެދޭ ސަބަބު އަދި އެނގިފައެއް ނުވެއެވެ. މިފަނީގެ ސަބަބުން މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ ކަރާ ދަނޑުތައް ހަލާކުވެ ދަނޑުވެރިންނަށް ވަނީ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.

ތޮއްޑޫއަކީ ދަނޑުވެރި ކަމަށް ޚާއްސަ ރަށަކަށްވާއިރު ކިއުކަމްބަރ، ފަޅޯ، އަދި ފަތްޕިލާވެލީގެ ގިނަ ބާވަތްތައް ރަމަޟާން މަހަށް ޚާއްސަކޮށް އެރަށުގައި ހައްދައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް