
| 3 ޖޫން 2018 | އާދީއްތަ 23:29 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ކިމް ޔޮން ޗޮލް އަކީ ފަހުގެ ތާރީޚެއްގައި އެމެރިކާ އަށް ޒިޔާރަތް ކުރެއްވި އުތުރު ކޮރެއާގެ އެންމެ ސީނިއަރ އޮފިޝަލެވެ. ހުސްވި ހަފްތާގައި އޭނާ އެމެރިކާ އަށް ކުރެއްވި މި ދަތުރުފުޅަކީ ޖޫން 12 ގައި ބޭއްވުމަށް ތައްޔާރު ވަމުންދާ ދެ ގައުމުގެ އެންމެ މަތީ ވެރިންގެ ބައްދަލުވުމާ ގުޅޭ ގޮތުން ކުރައްވަން ހުރި މުހިންމު މަޝްވަރާ ތަކާ ގުޅޭ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ.
ދަތުރުފުޅުގައި ހިނގާދިޔަ މުހިންމު ކަންކަން ނޫސްވެރިން ދިޔައީ ވަރަށް ގާތުން ބަލާ ކަވަރު ކުރަމުންނެވެ. މީގެ ތެރެއިން އެންމެ މުހިންމު އިވެންޓަކަށް ވެގެން ދިޔައީ އުތުރު ކޮރެއާގެ ރައީސްގެ ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން އޭނާގެ އަތްޕުޅުގައި އުތުރު ކޮރެއާގެ ރައީސް ކިމް، އެމެރިކާގެ ރައީސް ޓްރަމްޕަށް ފޮނުއްވި ޚާއްސަ ސިޓީފުޅެއް އެރުވުމެވެ.
ސިޓީފުޅު ރައީސް ޓްރަމްޕަށް އެރުވުމުން ނޫސްވެރިންގެ ސަމާލުކަން އަމާޒުވީ ސިޓީ އުރަ ތެރޭގައި އޮތް ސިޓީގައި ހިމެނޭ ވާހަކަތަކަށް ވުރެ ބޮޑަށް ސިޓީ ލާފައި އޮތް އުރައިގެ ސައިޒަށް ކަމަށް ފާހަގަ ވެއްޖެއެވެ. އެއީ އަދައިގެ ސިޓީ އުރަ އެއް ނޫނެވެ. އެއީ ވަރަށް ބޮޑު ސިޓީ އުރައެކެވެ.
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އޮތް ސިޓީފުޅު ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތުގެ ފޮޓޯތަކާ ވީޑިއޯތައް އާއްމު ވުމުން އާއްމުންގެ ނަޒަރުވެސް ހުއްޓުނީ މި ބޮޑު ސިޓީ އުރައަށެވެ.
އިސާހިތަކު އިންޓަނެޓްގައި މިކަމަށް ފާޑުކިޔާ ހަޖޫ ޖަހަން ފަށައިފިއެވެ.
ބައެއް މީހުން ބުނީ ބޮޑު ސިޓީ އުރައެއް ޓްރަމްޕަށް ކިމް ފޮނުއްވީ، ރައީސް ޓްރަމްޕްގެ އަތްތިލައިގެ ކުޑަކަން ހާމަ ކުރުމުގެ ގޮތުންނެވެ. ރައީސް ޓްރަމްޕްއަކީ ހަށިކޮޅުން ބިޔަ ބޭފުޅެއް ކަމަށް ވެފައި ނިސްބަތުން އެމަނިކުފާނުގެ އަތްތިލަ ކުޑަކަމަށް ބުނެ ފާޑުކިޔާ އެތައް ވާހަކަތަކެއް މީގެ ކުރިން އާއްމު ވެފައިވާ ކަން ފާހަގަ ކުރެވެއެވެ.
Clever power move by North Korea to make Trump’s hands look as small as possible in every photo https://t.co/kSlrwt2rQ9
— Dan Pfeiffer (@danpfeiffer) June 1, 2018
ރައީސް ޓްރަމްޕްއަކީ އެއްވެސް ކަމެއްގައި އެހެން މީހަކަށް ވުރެ ދެރަވާން ބޭނުންފުޅުވާނެ ބޭފުޅެއް ނޫނެވެ. އެކަން މީހުންނަށް އޮޅިފައެއް ވެސް ނެތެވެ. އެހެން މީހަކު ބުނީ އެ ސިޓީގެ ޖަވާބުގައި ރައީސް ޓްރަމްޕް ފޮނުއްވާ ސިޓީ އުރައިގެ ސައިޒް ދުށުމުގެ އިންތިޒާރުގައި ހުރި ކަމަށެވެ.
I’m looking forward to seeing the size of the letter that Trump sends back. https://t.co/9OcnHiKHqU
— Dodes ? (@racheld) June 2, 2018
އާއްމުންގެ ވާހަކަތައް މިކަހަލަ ގޮތަކަށް ހުރި އިރު ތަޖުރިބާކާރަކު ހާމަކުރި ގޮތުގައި ސިޓީ އުރައިގެ ސައިޒުން އުތުރު ކޮރެއާގެ ރައީސް ދައްކަވަން ބޭނުންފުޅުވީ، ސިޓީފުޅުގެ މުހިންމު ކަމެވެ.
ބައެއް މީޑީއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓްރަމްޕަށް ސިޓީފުޅު އެރުވުމުގެ ކުރިން އެމެރިކާގެ އެފް.ބީ.އައި އިން ވަނީ ވަރަށް ބޮޑަށް ސިޓީއުރައާ ގުޅޭ ގޮތުން ސަލާމަތީ ކަންކަން ބަލާ ޗެކްކޮށްފައެވެ. ޓްރަމްޕަށް ސިޓީފުޅު އެރުވީ އެފް.ބީ.އައި އިން ސެކިއުރިޓީ ކްލިއަރެންސް ދިނުމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް