18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ނިޞާބު

ގޮވާމާއި މޭވާގެ ނިޞާބު:

 • ވިޔަފާރިއަށް ހުށަހެޅޭ މުދަލުގެ ނިޞާބު ހަމަކުރުމުގައި ބަލާނީ އޭގެއަގަށެވެ.
 • ގޮވާމާއި މޭވާގެ ނިޞާބަކީ ފަސް وَشْق އެވެ. وَشْق އަކީ ފަސް ދޮޅަސް ޞާޢުއެވެ. ޞާޢަކީ ހަތަރު މުއްދެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 3 ޖޫން 2018 | އާދީއްތަ 17:38 | |

މަގުބޫލް

 1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
 2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
 3. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
 4. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
 5. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
 6. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
 7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
 8. ރާއްޖޭގައި ގަވާއިދާ ޚިލާފަށް 63،000 ބިދޭސީން މަސައްކަތް ކުރޭ: އިމިގްރޭޝަން


ވިޔަފާރި މުދަލުން ޒަކާތް ވާޖިބުވަނީ ހަ ޝަރުޠެއް ހަމަވުމުންނެވެ. -- ފޮޓޯ : މުހައްމަދު ޝަރުހާން

(24 މެއި 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ގޮވާމާއި މޭވާގެ ނިޞާބު:

ގޮވާމާއި މޭވާގެ ނިޞާބަކީ ފަސް وَشْق އެވެ. وَشْق އަކީ ފަސް ދޮޅަސް ޞާޢުއެވެ. ޞާޢަކީ ހަތަރު މުއްދެވެ. މެދުމިނުގެ އާދަމުގެ ދަރިއެއްގެ ދެއަތްގޮށި ފުރައި ނެގޭހައި ތަކެތީގައި މުއްދެއް ހުންނާނެއެވެ. ޞާޢަކީ ދެބައިކުޅައެއްބައި ނާޅިއެވެ.

ގޮވާމާއި، މޭވާއިން ޒަކާތަށް ނެރޭން ވާޖިބުވާ މިންވަރު ހިމެނިފައިވަނީ ގަހަށް ފެންލިބުނު ގޮތެއްގެ މައްޗަށެވެ. މީހާ ކުރި މަސައްކަތެއް ނުވަތަ ޚަރަދެއް އޮތުމަކާނުލައި ވާރޭ ނުވަތަ އެފަދަ އެހެންވެސް ފެނަކުން ފެންލިބިގެން ހެދުނުގަހުގެ މޭވާއާއި، ގޮވާމުން ވާޖިބުވަނީ ދިހަބައިކުޅައެއްބައި ދިނުމެވެ.

ތިމާގެ އަތުން ޚަރަދެއްކޮށްގެން ނުވަތަ ތިމާ މަސައްކަތެއްކޮށްގެން ފެންލިބުނު ގަހުގެ މޭވާއާއި ގޮވާމުން ވާޖިބުވާނީ ވިހިބައިކުޅަ އެއްބައި ދިނުމެވެ.

މިދެބާވަތުން ހަމައަށް ފެންލިބުނުގަހުގެ މޭވާއާއި ގޮވާމުންވާޖިބުވަނީ ދިހަބައިކުޅައެއްބައިގެ ހަތަރުބައިކުޅަ ތިންބައެވެ. އެއީ ސާޅީސްބައިކުޅަ ތިންބައެވެ.

ކުރިން ބުނެވިދިޔަ ނިޞާބަށްވުރެ ގިނައިން ހުރެއްޖެނަމަ، އެގިނަވި އެއްޗެއްގެ ޒަކާތް ދިނުންވާޖިބެވެ. ކުރީންބުނެވިދިޔަ ނިސްބަތުގެ މަތީންނެވެ.

ވިޔަފާރި މުދަލުގެ ޒަކާތްވާޖިބުވުމުގެ ޝަރުޠުތައް:

ވިޔަފާރިމުދަލުން ޒަކާތްވާޖިބުވަނީ އަންނަނިވި ޝަރުޠުތައް ހަމަވުމުންނެވެ.

 1. މުދަލެއް ނުވަތަ ނަޤުދެއްގެ ބަދަލުގައި މިލްކުވެފައިވާ މުދަލެއްކަމުގައިވުން.
 2. މުދައު ގަތްހިނދު އެތަކެތީން ވިޔާފާރިކުޅައުމުގެ ނިޔަތް އޮތުން.
 3. ވިޔަފާރިނުކޮށް އެއިން މަންފާއެއް ލިބިގަތުމަށްޓަކައި ރައްކައުކޮށްފައި ބެހެއްޓުމުގެ ގަސްދުގައި ހޯދި މުދަލެއްކަމުގައި ނުވުން.
 4. މުދާ މިލްކުވީ ދުވަހުން ފެށިގެން އަހަރުހަމަވުމުން މިޤާޢިދާގެ ތެރެއިން އިސްތިސްނާ ކުރާންޖެހޭ ދެގޮތެއްވެއެވެ. އެއްގޮތަކީ ނިޞާބު ހަމަވެފައިވާ ނަޤުދެއް އެއްފަހަރާ ދީފައިގަތުން. ދެވަނަގޮތަކީ މުދައުގަތުމަށްދިން ނަޤުދުގައި ނިޞާބު ހަމަނުވުމާއެކު އޭގެތެރެއަށް ލައިފިނަމަ، ނިޞާބު ހަމަވެދާހައި ނަޤުދެއްގައި ތިމާގެ މިލްކުގައިވުމެވެ. މިދެގޮތުގައިމެ އަހަރު ހިމަނާންވާނީ މުދަލުގެ އަޞްލުކަމުގައިވާ ނަޤުދު ތިމާއަށް މިލްކުވީ ދުވަހުންފެށިގެންނެވެ. މުދާ މިލްކުވީ ދުވަހުންފެށިގެނެއްނޫނެވެ.
 5. އަހަރު މެދުތެރޭގައި މުޅި މުދާ ނިޞާބުހަމަނުވާ ނަޤުދަކަށްވެގެން ނުދިއުން، ނިޞާބު ހަމަނުވާ ނަޤުދަކަށް މުޅި މުދައުވިއްކާފައި، އެނަޤުދަށް އެހެން މުދަލެއް ގަނެގެން ވިޔަފާރިކުރާނަމަ، އަހަރު ހިމަނާންވާނީ ފަހުންގަތްމުދާ ގަތްދުވަހަކުން ފެށިގެންނެވެ. ނިޞާބު ހަމަވާ ނަޤުދަކަށް މުޅި މުދައުވިއްކާފައި، އަލުން މުދާގަނެގެން ވިޔަފާރިކުރާނަމަ، އަހަރުހިމަނާންވާނީ ފުރަތަމަ މުދާގަތްދުވަހުން ފެށިގެންނެވެ.
 6. އަހަރު ހަމަވުމަށްފަހު މުދަލުގެ އަގުކޮށް ބަލާއިރު ނިޞާބު ހަމައަށް ހުރުން. މުދަލަކީ އޭގެ ޒާތުގައިވެސް ޒަކާތްދިނުން ވާޖިބުވާ މުދަލެއްކަމުގައި ވެފައި އޭގެ ނިޞާބު ހަމަވުމާއެކު، އަގުގައިވެސް ނިޞާބު ހަމަވެއްޖެނަމަ، ޒަކާތްދޭނީ މުދަލުގެ ޒާތުންނެވެ. މުދަލުގެ ޒާތުގައި އެކަނި ނުވަތަ އަގުގައި އެކަނި ނިޞާބު ހަމަވެއްޖެނަމަ ނިޞާބު ހަމަވީ އެއްޗަކުން ޒަކާތްދިނުން ވާޖިބެވެ.

ވިޔަފާރި މުދަލުގެ ނިޞާބާއި، އެއިން ޒަކާތަށްނެރެންވާ މިންވަރު:

ވިޔަފާރިއަށް ހުށަހެޅޭ މުދަލުގެ ނިޞާބު ހަމަކުރުމުގައި ބަލާނީ އޭގެއަގަށެވެ. އަހަރު ހަމަވެގެން މުދަލުގެ އަގުކުރާއިރު އެއަގުގައި ރަނުގެ ނުވަތަ ރިހީގެ ނިޞާބު ހަމަވާންވާނެއެވެ. އަގުކުރުމުގައި ބަލާންވާނީ އެމުދަލެއްގަތް ނަޤުދުއެވެ. ރަނުގެ ނަޤުދެއް ދީފައިގަތް މުދަލެއްނަމަ، އަގުކުރަންވާނީ ރަނުންނެވެ. އެއަގުގައި ރަނުގެ ނިޞާބު ހަމަވުން، ލާޒިމެވެ. ރިހީގެ ނަޤުދެއްދީފައި ގަތް މުދަލެއްނަމަ އަގުކުރާންވާނީ ރިހީންނެވެ. އެއަގުގައި ރިހީގެ ނިޞާބު ހަމަވުން ލާޒިމެވެ. ރަންރިހި ނޫން އެހެން އެއްޗެއް ދީފައިގަތް މުދަލެއްނަމަ އަގުކުރުމުގައި ބަލާނީ އެރަށެއްގައި އާދަކޮށް ގެންގުޅޭ ނަޤުދެކެވެ.

މިބުނި މަގުން އަގުކޮށްބަލާއިރު ރަނުގެ ނުވަތަ ރިހީގެ ނިޞާބު ހަމަވެއްޖެނަމަ އެއިން ޒަކާތަށް ނެރޭނީ ސާޅީސްބައިކުޅަ އެއްބައެވެ.

ނިޞާބުހަމަވެގެން ހުރުމާއެކު ތަކުރާރުވަމުންދާ ކޮންމެ އަހަރަކުންމެ ޒަކާތް ދިނުން ވާޖިބުއެވެ. މުދައު ގަތްއިރު ނިޞާބު ހަމަވިޔަސް އަހަރު ހަމަވެގެން ޙިސާބުކުރާއިރު ނިޞާބު ހަމަނުވާނަމަ، ޒަކާތްވާޖިބެއް ނޫނެވެ. އަގުކުރުމުގައި ޢަދުލުވެރި ދެމީހުން މެދުވެރިކުރުން ލާޒިމެވެ.

ބިމުގެ ތެރެއިން ނެގޭ މަޢުދަންތަކާއި ރިކާޒުގެ ޒަކާތް:

ބިމުގައި ގުދުރަތީ ގޮތުން އުފެދިފައިވާ މަޢާދިންގެ ތެރެއިން ޒަކާތްދިނުން ވާޖިބުވެގެންވަނީ ހަމައެކަނި ރަނާއި ރީހީންނެވެ. އެފަދަ މަޢާދިން ޒަކާތް ވާޖިބުވުމުގެ ޝަރުޠުވެގެންވަނީ ހަމައެކަނި ނިޞާބު ހަމަވުމެވެ. އަހަރު ހަމަވުމެއް ޝަރުޠެއް ނޫނެވެ. އެކިފަހަރު މަތީން ނަގައި ނަމަވެސް ނިޞާބު ހަމަވުމުން އޭގެ ޒަކާތަށް ސާޅީސްބައިކުޅައެއްބައި ނެރުން ވާޖިބެވެ. ނިޞާބަކީ ރަންނަމަ ރަނުގެ ނިޞާބެވެ. ރިހިނަމަ ރިހީގެ ނިޞާބެވެ.

ރިކާޒަކީ އިސްލާމްދީން އައުމުގެ ކުރީގައި ވަޅުލެވިފައިވާ ތަކެއްޗެވެ. އޭގެތެރެއިން ވެސް ޒަކާތްދިނުން ވާޖިބުވަނީ ހަމައެކަނި ރަންރިހީންނެވެ. ޝަރުޠަކީ ނިޞާބު ހަމަވުމެވެ. ނިޞާބު ހަމަވުމުން ޒަކާތަށް ނެރުން ވާޖިބުވެގެންވަނީ ފަސްބައިކުޅަ އެއްބައެވެ.

ނޯޓު: މިލިޔުމަކީ، ތަޢުލީމުއްދިޔާނާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް