25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ލަންކާ މަސް ބޯޓް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

  • ދިވެހި ސިފައިން ވަނީ ލަންކާގެ ދެ ބޯޓަކުން ހަ މީހަކު ސަލާމަތްކޮށްފައި
ސަހުބާން ފަހުމީ | sahubaan

| 14 ޖެނުއަރީ 2017 | ހޮނިހިރު 03:24 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  3. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ލަންކާގެ މަސްވެރިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ހޯދުމަށް ދިވެހި ސިފައިން ކުރި މަސައްކަތަށް ސްރީލަންކާ ސަރުކާރުން ތަޢުރީފް ކޮށްފިއެވެ.

 

ހާލުގައި ޖެހިފައި ވަނިކޮށް އެމްއެންޑީއެފް އިން އެންމެ ފުރަތަމަ ސަލާމަތްކޮށްފައި ވަނީ ދެ މަސްވެރިޔަކު ތިބި ބޯޓެކެވެ. އެގޮތުން ތެޔޮ ހުސްވެގެން ހުއްޓިފައި އޮއްްވާ އެ ބޯޓު ފެނުނީ ހއ. ތުރާކުނުން 30 މޭލު ބޭރުންނެވެ.

 

އޭގައި ތިބި ދެ މީހުން މިހާރު ތިބީ ހއ. ދިއްދޫގަ އެވެ. ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

 

ދެވަނައަށް ސަލާމަތް ކޮށްފައިވަނީ ހަތަރު މީހަކު ތިބި މަސް ބޯޓެކެވެ. އެ ބޯޓަކީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ބޯޓެކެވެ. އެ ބޯޓު ފެނިފައިވަނީ ހދ. މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުުން އޮޔާދަނިކޮށެވެ. އޭގައި ތިބި ތިން މީހުންގެ ހާލު ރަނގަޅުއިރު ހަތަރު ވަނަ މީހާގެ ހާލު ދެރަވެގެން ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި ފަރުވާދީފައި ވެއެވެ. މިހާރު އެމީހާގެ ހާލު ވެސް ރަނގަޅެވެ. އެ ހަތަރު މަސްވެރިއަކު މިހާރު ވަނީ މާލެ ގެނެސްފައެވެ.

 

ދިވެހި ސިފައިން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރުމުގެ ގޮތުން މާލޭގައި ހުންނަ ލަންކާ އެންބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަންކާގެ ސަފީރު، މޭޖާ ޖެނަރަލް (ރިޓަޔާޑް) އަސޯކާ ތޮރަޑެނިޔަ ވިދާޅުވީ، ހަތަރު މީހުންނާއެކު ގެއްލުނު ބޯޓު ހޯދުމުގައި ދިވެހި ސިފައިން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ. އެ ބޯޓު ހޯދުމަށް ރާއްޖޭގެ އެހީއަށް އެދުމުން އެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި ކޯސްޓްގާޑްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

 

މީގެ އިތުރުން ވިދާޅުވީ ދިވެހި ސިފައިން ލަންކާގެ މަސްބޯޓާއި މަސްވެރިން ސސަލާމަތް ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށާއި އެކަމަށްޓަކައި ލަންކާ ސަރުކާރާއި ލަންކާގެ ރައްޔިތުންގެ ނަމަުަގައި ދިވެހި ސިފައިންނަށާ ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވާ ކަމަށް ލަންކާ ސަފީރު ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް