15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ސަންޖޫ

ސަންޖޫ ގެ ފުރަތަމަ ލަވަ: މޭ ބަދިޔާ ތޫ ބީ ބަދިޔާ

  • ސަންޖޫ ރިލީޒް ކުރާނީ ޖޫން 29 ގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 3 ޖޫން 2018 | އާދީއްތަ 14:33 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!
  8. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި


ސަންޖޫގެ ޕޯސްޓަރ -- ޓްވިޓަރ

ޖޫން މަހުގެ 29 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމު ސަންޖޫގެ ފުރަތަމަ ލަވަ ރިލީޒްކޮށްފިއެވެ.

މޭ ބަދިޔާ ތޫ ބީ ބަދިޔާގެ ނަމުން ނެރުނު މިލަވައިގައި ފެނިގެންދަނީ ސަންޖޭގެ ރޯލު އަދާކުރާ ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރެވެ.  

މި ފިލްމުގެ ޓްރެއިލާވެސް މިހާރު ވަނީ ރިލީޒް ކޮށްފައެވެ. ޓްރެއިލާއިން ސަންޖޭގެ ހަޔާތާއި ގުޅޭ އެކި މަންޒަރުތައް ފެނިގެން ގޮސްފައިވެއެވެ. އަދި ޓްރެއިލާގައި ސަންޖޭއާ ވައްތަރުވުމަށް އަދި އޭނާގެ ރޯލު ކުޅުމަށް ރަންބީރު މި ފިލްމުގައި ވަރަށްގިނަ މަސައްކަތް ކޮށްފައި ހުރިކަން ވަނީ ހާމަވެފައެވެ.

މި ފިލްމުގައި ފެނިގެން ދާނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީދާއިރާގައި އޭނާ ލޯބީގެ ހަޔާތެވެ. މި ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު މީހުންގެ ރޯލުން ފެނިގެންދާނީ އަނުޝްކާ ޝަރުމާ އާއި ސޯނަމް ކަޕޫރެވެ. އަދި ސަންޖޭގެ ރޯލުން ފެނިގެންދާނީ ރަންބީރު ކަޕޫރެވެ. އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ދިއާ މިރްޒާއެވެ. މީގެ އިތުރުން މަންމަ އާއި ބައްޕަގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް