16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ހާވީ ވައިންސްޓައިން

ހާވީގެ މައްޗަށް އިތުރު ތިން އަންހެނަކު ޖިންސީ ފުރައްސާރަ ކުރިކަމުގެ ދައުވާ ކޮށްފި

  • އޭނާއަށް ވަނީ މީގެ 10 އަހަރުގެ ކުރީގެ މައްސަލަ ތަކުގެވެސް ތުހުމަތުތައް ކޮށްފައި
  • އޭނާގެ މައްޗަށް 70 އަށްވުރެ ގިނަ އަންހެނުން ތުހުމަތުކުރޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 3 ޖޫން 2018 | އާދީއްތަ 14:12 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


ހާވީ ވައިންސްޓައީން -- ގޫގުލް

ރޭޕް ކުރުމާއި ޖިންސީ ފުރައްސާރައިގެ އެތައް ތުހުމަތެއްގައި ނިއުޔޯކްގައި ދައުވާ އުފުލި ހޮލީވުޑްގެ ޕްރޮޑިއުސަރ ހާވީ ވައިންސްޓީންގެ މައްޗަށް އަނެއްކާ ވެސް އިތުރު ތިން އަންހެނަކު ދައުވާ ކޮށްފިއެވެ.

މިފަހަރު ވެސް އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ދައުވާ ކުރީ ތިން އެކްޓްރެސްއިންނެވެ. އެއީ މެލީސާ ތޮމްޕްސަން، ކެއިޓްލިން ޑުލޭނީ އަދި ލެރިސާ ގޯމްސް އެވެ.

ހާވީ ވައިންސްޓީންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތައް ފެންމަތިވެފައި ވަނީ ފުޅާ ދާއިރާއެއްގައި ކުރެވެމުން ދިޔަ ޖިންސީ ފުރައްސާރައިގެ ސަމާލުކަށް ގެނައުމަށް އުފެއްދި ހޭޝްޓެގް މީޓޫ ހަރަކާތުގެ (#metoo) ތެރެއިންނެވެ. އޭނާގެ މައްޗަށް 70އަށް ވުރެ ގިނަ އަންހެނުން ޖިންސީ ގޯނާގެ ތުހުމަތު ކުރާއިރު އޭގެތެރެއިން ހެކި ހުރީ މަދު މައްސަލަތަކެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ. ހާވީ ވައިންސްޓީންއަށް ވަނީ މީގެ 10 އަހަރުގެ ކުރީގެ މައްސަލަ ތަކުގެ ވެސް ތުހުމަތުތައް ކޮށްފައެވެ. އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވާ މަޝްހޫރު އެކްޓްރެސުންގެ ތެރޭގައި ރޯޒް މެކްގޯވަން، މެރީލް ސްޓްރީޕް، އެންޖެލީނާ ޖޯލީ، ޖެނިފާ ލޯރެންސް، ކޭޓް ބެކިންސޭލް ހިމެނެއެވެ.

ހާވީ ވައިންސްޓީން މި ތުހުމަތުތައް ދޮގުކުރެއެވެ. މީގެ ކުރިން އޭނާގެ މައްޗަށް މި ދައުވާކޮށްފައިވާ ދެ އެކްޓްރެސުންނަކީ ލޫސިއާ އިވެންސް އަދި ޕަޒްޑަ ހޭޑާ އެވެ. އެދައުވާގައި އޭނާ ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލީ އް މިލިއަން އެމެރިކާ ޑޮލަރު ބެހެއްޓުމަށް ފަހުއެވެ. އޭނާ ދޫކޮށްލިއިރު ގައިގައި ޖީޕީއެސް ޓްރެކާ ވަނީ ހަރުކޮށްފައެވެ.  އެންމެ ފަހުން ހާވީގެ މައްޗަށް ތިން އެކްޓްރެސްއިން ކޮށްފައިވާ ހުކުމް ސާބިތު ވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް