19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

  • ހަރަދުކޮށްފައިވާ ގޮތް އެނގީނެ ސާފް ރެކޯޑެއް ނުދޭ
ސަހުބާން ފަހުމީ | sahubaan

| 14 ޖެނުއަރީ 2017 | ހޮނިހިރު 00:29 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ -- އާކައިވް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަށް އާންމުދަނީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ޔުނިވާސިޓީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

 

އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި އެ އިދާރާ އިން އާންމުކޮށްފައިވާ ގައުމީ ޔުނިވާސިޓީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޔުނިވާސިޓީ އަށް އާންމުދަނީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުގެ ގޮތުގައި 2،656،925 ( ދެ މިލިޔަން އަށް ލައްކަ ފަންސާސް ހަ ހާސް ނުވަސަތޭކަ ފަންސަވީސް) ރުފިޔާ ލިބިފައިވާ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ. ނަމަވެސް ހަރަދުތަކުގެ ތަފްސީލީ ރިކޯޑެއް ޔުނިވާސިޓީން ފޯރުކޮށްދީފައި ނުވާތީ ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

 

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކެމްޕަސްތަކުގެ މާލީ ބަޔާނުގައި ރަސްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްކޮށްފައިވާ ހަރަދުގެ ގޮތުގައި ދައްކާފައިވާ އަދަދުތަކާ ދެމެދު ޖުމްލަ 1،823،795 (އެއް މިލިޔަން އަށް ސަތޭކަ ފަންސަވީސް ހާސް ހަތް ސަތޭކަ ނުވަދިހަ ފަހެއް) ރުފިޔާގެ ފަރަގު ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

 

ޔުނިވާސިޓީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ފަރަގު އައިސްފައިވާ ސަބަބު ޔުނިވާސިޓީ އަށް ބުނެދެވިފައި ނުވުމުގެ ސަބަބުން ޔުނިވާސިޓީގެ ކޮންސިލިޑޭޓް މާލީ ބަޔާނުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން ކުރެވިފައިވާ ހަރަދުގެ ސައްކަން ކަށަވަރު ނުވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

 

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2013 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ ކޮމްޕްރެޓިވްސްގައި 2012 ވަނަ އަހަރު ފާސްކުރެވުނު ބަޖެޓުން ނެގި ފައިސާގެ ގޮތުގައި ހިމަނާފައި ވަނީ 2012 ވަނަ އަހަރުގެ މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދަށް ވުރެ 11،833،924 ( އެގާރަ މިލިޔަން އަށްސަތޭކަ ތިރީސް ތިން ހާސް ނުވަ ސަތޭކަ ސައްވީސް) ރުފިޔާ އިތުރު އަދަދެކެވެ. އަދި އާންމުދަނީގެ ގޮތުގައި ލިބުނު ފައިސާގެ ގޮތުގައި ހިމަނާފައި ވަނީ 6،833،973 ( ހަ މިލިޔަން އަށް ސަތޭކަ ތިރީސް ތިން ހާސް ނުވަ ސަތޭކަ ހަތް ދިހަ ރުފިޔާ) އިތުރު އަދަދެއް ކަމާއި ފާސްކުރެވުނު ބަޖެޓުން އަދި އާންމުދަނީގެ ގޮތުގައި ލިބުނު ފައިސާއިން ކުރެވުނު ހަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދަކީ 13،302،208 ( ތޭރަ މިލިޔަން ތިން ސަތޭކަ ދެހާސް ދުވިސްތަ އަށެއް) ރުފިޔާގެ އިތުރު އަދަދެއްކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް