25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ކައުންސިލް އިންތިހާބު

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

 • އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުތުމަށްވެސް ފުރުސަތެއް ނުދޭ
 • އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ
 • ސިލްސިލާ އެއްވުންތަކެއް ކުރިއަށްގެންދާނެ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 14 ޖެނުއަރީ 2017 | ހޮނިހިރު 00:02 | |

މަގުބޫލް

 1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އިދިކޮޅު އިއްތިހާދުން ބޭއްވި އެއްވުމުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މިނިވަން އިންސާފުވެރި އިންތިހާބަކަށް ގޮވާލައި އިދިކޮޅު އިއްތިހާދުން ކުރިއަށްގެންދިޔަ އެއްވުމަށް ފުލުހުން ހުރަސްއަޅައިފި އެވެ.

 

މިނިވަން އިންސާފުވެރި އިންތިހާބަކަށް ގޮވާލައި، އިދިކޮޅު އިއްތިހާދުގެ ފަރާތުން ހުކުރު ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުން ފެށުމާ އެކު، ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވެ ތިބި އާންމުން އެއް ފަރާތްކުރުމަށް މަސައްކަތްކޮށްފަ އެވެ. ފުލުހުން ހުރަސް އަޅަމުން ގެންދިއުމާއި ގުޅިގެން މުޅި އެއްވުން ކުރިއަށް ގެންގޮސްފައި ވަނީ އެމްޑީޕީ ހަރުގެ ކުރިމަތީގައެވެ.

 

އިދިކޮޅު އިއްތިހާދުގެ އެކި ބޭފުޅުން ވާހަކަދެއްކި އެއްވުން ނިންމާލުމަށް ފަހު، ސައިފޮދު ކުރިއަށްގެންދިއުމަށް މަސައްކަތް ކުރުމާ އެކު ފުލުހުން ވަނީ އެކަމަށް ވެސް ހުރަސްއަޅާފަ އެވެ. އަދި ސައިފޮދު އެތުރުމަށް ބޭނުންކުރި މޭޒުގެ ފިލާގަނޑު ބިންދާލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އެއާއެކު ފުލުހުންނާއި އެއްވުމުގެ ބައިވެރިންނާއި ދެމެދު ހިޔާލު ތަފާތުވުންތައް އުފެދުނު ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

އެއްވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެ ކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދުމަށްޓަކައި މިހާރު އޮތް އިލެކްޝަންސް ކޮމިޝަން ބަދަލު ކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވީ، އިޤްތިސާދީ ގޮތުން ޤައުމު ބޮޑު ވަޅުގަނޑަކަށް ވެއްޓިފައިވާއިރު، ޤައުމު މިހާރު އޮތީ ބޮޑު ކޯމާއެއްގައި ކަމަށެވެ. އެހެންކަމުން ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އާންމު ރައްޔިތުން ނިކުންނަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

 

އެއްވުމުގައި ނާޒިމްގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ވާހަކަދައްކަވާފައިވާއިރު، ހުރިހާ ބޭފުޅުން ވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފަ އެވެ. އެގޮތުން އާ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު، އެއީ ޤާނޫނު އަސާސީއާ އެއްގޮތަކަށް ބާއްވާ އިންތިހާބަކަށް ނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

 

އެއްވުން ނިންމާލާފައި ވަނީ ސިލްސިލާ ގޮތެއްގައި މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދުމަށް ހަރަކާތްތައް ކުރިއަށްގެންދާނެކަން އިއުލާންކޮށްފަ އެވެ. އެގޮތުން އަންނަ ހަފްތާގައި އެއްވުން ކުރިއަށްގެންދާނީ ރ. ދުވާފަރުގައިކަމަށް އިއްތިހާދުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް