19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ޕެޕް ގާޑިއޯލާ

ގާޑިއޯލާ ވެސް ގައުމީ ޓީމެއްގެ ކޯޗުގެ މަގާމަށް ދަނީ!

  • އޭނާ ފެނުން އެންމެ އެކަށީގެންވަނީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 3 ޖޫން 2018 | އާދީއްތަ 03:54 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


ޕެޕް ގާޑިއޯލާ -- ގެޓީ އިމޭޖާސް

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގައުމީ ޓީމެއްގެ ކޯޗުގެ މަގާމު އަދާކުރަން ބޭނުންވާ ކަމަށް ބުނެފިއެވެ.  

އުމުރުން 47 އަހަރުގެ ގާޑިއޯލާއަކީ ކްލަބް ފެންވަރުގައި އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ގުނާލެވޭ ކޯޗެކެވެ. މިދިޔަ ސީޒަނުގައި ވެސް އޭނާ ވަނީ އެތަކެއް ރެކޯޑްތަކެއް މުގުރާލުމަށްފަހު މެންޗެސްޓާ ސިޓީއަށް އަލުން އަނބުރާ އިނގިރޭސި ޕްރިމިއާ ލީގުގެ ތާޖު ހޯދައިދީފައެވެ. ސިޓީގެ އިތުރުން އޭނާ ވަނީ ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕެއިންގެ ބާސެލޯނާގައި ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައެވެ. ގާޑިއޯލާގެ ވިދުން ގަދަވެގެންދިޔައީ ބާސާއާއެކު އޭނާ ހޯދި ބޮޑު ކާމިޔާބުތަކުގެ ސަބަބުންނެވެ. ސިޓީއިން އުއްމީދުކުރަމުން ދަނީ އޭނާގެ ތަޖުރިބާގެ އަލީގައި އެޓީމަށް ވެސް ގިނަ ކާމިޔާބުތަކެއް ލިބިގެންދާނެ ކަމަށެވެ.

ބެލްޖިއަމްއަށް ކުރި ދަތުރެއްގައި އެ ގައުމުގެ ނޫހަކަށް ދިން އިންޓަވިއުއްގައި ގާޑިއޯލާ ބުނީ ކޮންމެ ކާމިޔާބު ކޯޗެއް ވެސް ގައުމީ ޓީމެއްގެ ކޯޗުގެ މަގާމާއި ހަވާލުވާން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ އަނެއްކާ ވެސް ވޯލްޑް ކަޕެއް ނުވަތަ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކުޅެން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިވަގުތު ހުންނަން ބޭނުންވަނީ ސިޓީގައި ކަމަށެވެ. އޭނާ ބުނީ މުސްތަގުބަލުގައި އެފަދަ ހުށަހެޅުމެއް އައިސްފިނަމަ އެކަމާމެދު ވިސްނާނެ ކަމަށެވެ.

ގާޑިއޯލާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި 1994 ވަނަ އަހަރުގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެފައެވެ. އަނިޔާގެ ސަބަބުން އެފަހަރުގެ ވޯލްޑް ކަޕްގައި އޭނާއަށް ކުޅެވުނީ އެންމެ މެޗަކަށްވާއިރު އޭނާ ވަނީ 2000 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާއިން ސްޕެއިން ޖާގަ ހޯދިއިރު އެ ޓީމަށް ކުޅެފައެވެ.

މީގެކުރިން ގައުމީ ޓީމުގެ ކޯޗެއްގެ މަގާމައި ގުޅޭގޮތުން ގާޑިއޯލާ ބުނެފައިވާ ބަސްތަކުން ހާމަވާގޮތުގައި އޭނާ ފެނުން އެންމެ އެކަށީގެންވަނީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުންނެވެ. އޭނާ ބުނީ އަބަދުވެސް ގަބޫލުކުރަނީ އިނގިރޭސި ޓީމަށް ކޯޗުކަން ކޮށްދޭން ޖެހޭނީ އިނގިރޭސި ރައްޔިތެއް ކަމަށާއި ހަމައެގޮތަށް ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދޭން ޖެހޭނީ ބްރެޒިލްގެ ރައްޔިތެއް ކަމަށެވެ.

ގާޑިއޯލާ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމައި ހަވާލުނުވާނެ ކަމަށް މި އިންޓިވުގައި ބުނެފައެވެ. މިވަގުތު ބެލްޖިއަމްގެ ކޯޗަކަށް ހުރީ ރޮބާޓޯ މާޓިނޭޒްއެވެ. ބެލްޖިއަމްގެ ގައުމީ ޓީމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މިއީ އަނެއްކާ ވެސް ތަފާތު ކުޅުންތެރިން ބެލްޖިއަމްގެ ޓީމުން ފެންނާނެ ފަހަރެއް ކަމަށާއި ހުރިހާ ޑިޕާޓްމެންޓެއްގައި ވެސް ތިބީ މޮޅު ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ފުރަތަމަ މެޗަކީ އެންމެ މުހިންމު މެޗު ކަމަށާއި ފުރަތަމަ މެޗަށް ނުކުންނަން ޖެހޭނީ ވަރަށް އިތުބާރާއެކު ކަމަށެވެ.

ސްޕެއިންގެ ގައުމީ ޓީމާއި ހަވާލުވުމުގެ ޝައުގުވެރިކަން ހުންނަ ކަމަށް ގާޑިއޯލާ ވަނީ މީގެކުރިން ވެސް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް