25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ސަރުކާރު ފެއިލްވުން

ބޭރު ޤައުމުތަކުން ރައީސް ޔާމީނަށް ފިލާވަޅެއް!

 • ލަންކާ: އަލްޖަޒީރާ ޑޮކިއުމަންޓްރީ ދެއްކުމުން ތަހުޤީޤުކުރީ ހަޤީޤީ މައްސަލަ، ޑޮކިއުމަންޓްރީ ދެއްކި މައްސަލައެއް ނޫން
 • ވެނެޒުއޭލާ: އީޔޫއިން ޤަބޫލުނުކުރާ އިންތިޚާބެއް ބޭއްވުުމުން އީޔޫ އިން ވަނީ ފިޔަވަޅު އަޅާފައި
 • ކެންޔާ: ވެރިން ނަޒާޙާތްތެރިކުރުވަން ޕޮލިގްރާފް ޓެސްޓްތަކެއް ހަދަން ނިންމައިފި
މިއުވާން މުހައްމަދު | Miuvaan

| 3 ޖޫން 2018 | އާދީއްތަ 03:29 | |

މަގުބޫލް

 1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 3. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ރައީސް ޔާމީން: އެމަނިކުފާނަށް މަދަދުވެރިވަނީ މަދު ޤައުމަކުން -- ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރާއްޖޭގައި މިހާތަނަށް އައި ސަރުކާރުތަކުގެ ތެރެއިން ބޭރުގެ ޕްރެޝަރ އެންމެ ބޮޑުވެ، އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ސަރުކާރެވެ. ކޮރަޕްޝަން އިންތިހާއަށް ފެތުރުމާއި، ސަރުކާރުގެ ތެރޭގައި ވައްކަން ގިނަވެ، ސަރުކާރުން ރައްޔިތުންގެ ހައްޤުތަކަށް އިމެއް ނެތި އަރައިގަތުމަކީ ބޭރު ދުނިޔޭގެ ފާޑުކިޔުންތައް ދިވެހިރާއްޖެއަށާއި، ޚާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރަށް އަމާޒުވާން ޖެހުނު މައިގަނޑު ސަބަބުތަކެވެ.

އެހެން ނަމަވެސް ބޭރު ދުނިޔޭގެ ޕްރެޝަރުގެ ކުރިމަތީގައި ރައީސް ޔާމީން ދައްކަވަން ބޭނުންފުޅުވަނީ ގަދަކަމެވެ. 'ގަޓު ރައީސް' ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން އެމަނިކުފާނު ސިފަކުރަމުން ދާއިރު، ދުނިޔޭގެ ކުރިމަތީގަޔާއި ގިނަ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ރައީސް ޔާމީންގެ މަޤްބޫލުކަން އިތުރުވާ ތަނެއް ނުފެނެއެވެ. ރައީސް ޔާމީނަށް ދިމާވެވަޑައިގެންފައިވާ މައްސަލަތަކަކީ ހަމައެކަނި އެމަނިކުފާނަށް ދިމާވެފައިވާ މައްސަލަތަކެއް ނޫނެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ރާއްޖޭގައި މިދިމާވާ ކަންކަން ދިމާވެފައި އެބަހުއްޓެވެ. އެހެން ނަމަވެސް އެފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންނާއި ޤައުމުގެ ފައިދާއަށްޓަކައި އެޤައުމުތަކުގެ ވެރިން ކަންތައް ކުރައްވާ ގޮތް ރައީސް ޔާމީނަށް ފެނިވަޑައިގަނޭބާއޭ ހިތަށް އަރައެވެ. އަދި ރަނގަޅަށް ކަންތައް ނުކުރީމާ ދެން ދިމާވާ ކަންކަންވެސް އެކަނިކުފާނަށް ފެނިވަޑައިގަންނަވާހެނެއް ހިއެއް ނުވެއެވެ. އެހެން ކަމުން، ފާއިތުވި ހަފްތާގައި ބައިނަލްއަޤްވާމީ މީޑިއާގައި ހިނގާފައިވާ ބައެއް ކަންކަމާއި، އެއާއި ގުޅުން ހުރި ގޮތަކަށް ރާއްޖޭގައި ހިނގި ކަންކަމާއި އަދި އެކަންތަކާއި ގުޅިގެން އެޤައުމުތަކުގެ ވެރިން ކަންތައް ކުރެއްވި ގޮތް، ރައީސް ޔާމީނާއި ދިވެހި ސަރުކާރުގެ ވެރިންގެ މައުލޫމާތަށްޓަކައި ބަޔާން ކޮށްލާނަމެވެ.

 

ސްރީލަންކާ

އަވަށްޓެރި ސްރީލަންކާގައި ރާއްޖޭގައި ހިނގާފައިވާ ޒާތުގެ ދެ ކަމެއް ދާދި ފަހުން ހިނގައި، އެވާހަކަތައް މީޑިއާގައި ފެންމަތިވިއެވެ.

އެންމެ ފުރަތަމަ އަޑު އިވިގެންދިޔައީ އަލްޖަޒީރާއިން ކުރި ވަރުގަދަ ތަހުޤީގަކަށްފަހު ފަޅާ އަރުވާލި ކަންތައްގަނޑެއްގެ ވާހަކައެވެ. ސްރީ ލަންކާގެ ގޯލްގެ މަޝްހޫރު ކްރިކެޓް ދަނޑުގެ ވިނަގަނޑު ހެދުމުގައި ހަދާ ގޮތަކުން މެޗްތަކުގެ ނަތީޖާއަށް އަސަރުކުރާ ވާހަކަޔާއި، އެކަން ކުރާ މީހުން މެޗުގެ ނަތީޖާއަށް އަސަރު ފޯރުވައި، އެކަމުން މާލީ ފައިދާތަކެއް ލިބިގަންނަ ވާހަކައެވެ. އަލްޖަޒީރާއިން އެޑޮކިއުމަންޓްރީ ދައްކާކަން ހާމަކުރުމުން ލަންކާ ސަރުކާރުން އެޑޮކިއުމަންޓްރީ ދެއްކުން ހުއްޓުވާކަށް ނޫޅެއެވެ. ކޭބަލް ޓީވީގެ ޚިދުމަތް ދޭ ފަރާތްތަކަށް ބިރު ދައްކައި، ޖޫރިމަނާކުރާކަށް ނޫޅޭއެވެ. އެއާއި ބެހޭ މައުލޫމާތު ގެނެސްދޭ ނޫސް އިދާރާތަކަށް ފިޔަވަޅު އަޅާނެ ވާހަކައެއް ނުބުނެއެވެ.

ޑޮކިއުމަންޓްރީ ދެއްކުމާއިއެކު ލަންކާގެ ފުލުހުންނާއި ކްރިކެޓް ބޯޑުން ވަގުތުން ފެށީ ވަރުގަދަ ތަހުޤީގެކެވެ. ލަންކާއަކީ ކްރިކެޓްގެ ދުނިޔޭގައި އެންމެ ބާރުގަދަ އެއް ޤައުމަށްވެފައި، ކްރިކެޓްގެ ޒަރީޢާއިން އެޤައުމަށް ވަންނަ ފައިސާ މަދުވެދާނެކަމުގެ ބިރު އޮއްވައިމެ، ލަންކާގެ ކަމާއި ބެހޭ އިދާރާތަކުން އެމައްސަލަ ތަހުޤީޤުކޮށް، އިތުރަށް ބަލަން ޖެހޭ ކަންކަން ބެލިއެވެ. މައްސަލައިގައި ޝާމިލްވާކަމަށް އަލްޖަޒީރާ ޑޮކިއުމަންޓްރީގައި ބުނާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅިއެވެ. ދައުވާކުރަން ފޮނުވިއެވެ. މިއީ އަލްޖަޒީރާއިން ޑޮކިއުމަންޓްރީއެއް ދެއްކީމާ ލަންކާ އިން ކަންތައް ކުރި ގޮތެވެ. 

އެއާއި ޚިލާފަށް ރާއްޖޭގައި ހެދިގޮތް އަޅުގަނޑުމެންނަށް ފެނުނެވެ. ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަނާއި ބެހޭގޮތުން އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ ދައްކާނެކަން އެނގުމާއިއެކު މީޑިއާތަކާއި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބިރު ދައްކައި، ޖޫރިމަނާކުރިއެވެ. އެކަން އެއީ ނުވާކަމަކަށް ހެދިއެވެ.

އަލްޖަޒީރާއިން ޑޮކިއުމަންޓްރީއެއް ދެއްކުމުން ހަދާނެ ގޮތް ލަންކާއިން ރައީސް ޔާމީނަށް ދަސްވިކަމަށް ހީކުރަމެވެ. 

 

ދެންވެސް އޮތީ ލަންކާގެ ވާހަކައެކެވެ. ލަންކާއިން ޗައިނާއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރަން ކުރަމުންދާ މަސައްކަތަކީ ދިވެހި ސަރުކާރުން ކޮންމެހެން އެކަމަކުން ފިލާވަޅު ލިބިގަންނަން ޖެހޭކަމެކެވެ. 

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޗައިނާއާއިއެކު ހެދުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. އިޤްތިޞާދީ ގޮތުން ދެޤައުމަށްވެސް ފައިދާތަަކެއްވާނަމަ، ޗައިނާ ނޫން އެހެން ޤައުމުތަކާއިއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލަންވީއެވެ. އެހެން ނަމަވެސް ޗައިނާއިން އޭޝިއާގެ ޤައުމުތަކާއި އެފްރިކާގެ ޤައުމުތަކާއިއެކު ހަދަމުންދާ އަދި ހެދުމަށް މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި ގުޅިގެން އިޤްތިޞާދީ މާހިރުން ކަންބޮޑުުވުން ފާޅުކުރަނީ އޭގައި ހަޤީގަތުގައިވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރީމައެވެ. 

ލަންކާގެ ސަރުކާރަށް އެކަން ވިސްނިއްޖެއެވެ. ޤައުމުގެ ދަރަނީގެ 20 އިންސައްތަ ޗައިނާއަށް ދައްކަން ޖެހޭ ފައިސާއަށް ވުމާއި، ލަންކާގެ އިސްތިޤްލާލަށް އޭގެ އަސަރުކުރާކަން އެނގި، ކުރިއަށް އޮތްތަނުގައި އިތުރު 'ބޮނޑިއެއް ނުބޯން' ލަންކާ ސަރުކާރުން ބޭނުންވިއެވެ. އެހެންކަމުން އޭރު މަޝްވަރާގެ މަރުހަލާގައި އޮތް ޗައިނާ - ލަންކާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި، 10 އަހަރު ފަހުން އެ އެއްބަސްވުން ރިވިއުކުރަން ޖެހޭނެކަމަށް ލިޔުމަށް ލަންކާއިން ބޭނުންވިއެވެ. އެއީ އެއްބަސްވުމުގެ ސަބަބުން ލަންކާގެ އިޤްތިޞާދަށް އެއްވެސް ގެއްލުމެއް ލިބޭނަމަ އެކަމެއް ބަދަލުކުރަން ލަންކާއިން ބޭނުންވާތީއެވެ.

އެހެން ނަމަވެސް ޗައިނާއިން އެގޮތް ބޭނުމެއް ނުވިއެވެ. ޗައިނާގެ އިޚްލާސްތެރިކަމެއް ހުރިނަމަ އެކަމަށް އެއްބަސްނުވާންވީ ސަބަބެއް ނެތެވެ. އެހެން ނަމަވެސް ޗައިނާއިން އެމީހުން ބޭނުންވާހާ ގޮތަށް އެއްބަސްވުން ކުރިއަށްގެންދަން ލަންކާއިން އާނބަސް ނުބުނުމުން، ޗައިނާއިން އެއްބަސްވުމުގެ މަޝްވަރާތައް ހުއްޓާލިއެވެ. މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އަދި މިހާތަނަށް ވަޒީރުންގެ ފެންވަރުގައި އެމަޝްވަރާތައް ކުރިއަށް ގޮސްފައެއް ނެތެވެ. ޗައިނާއިން ބޭނުންވާހާ ގޮތެއް ނެހެދުމުން ލަންކާއަށް ލިބުނު ގެއްލުމެއްވެސް ނެތެވެ. ޗައިނާގެ އަތް ދަށަށް ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ނުދިޔައީތީ ލިބުނީ ފައިދާއެވެ.

މިއީ ދިވެހި ސަރުކާރާއި، ވެރިކަންކުރާ ޕާޓީ ޕީޕީއެމް އިން އިބުރަތް ހާސިލްކުރަން ޖެހޭ ކަންކަމެވެ. ރާއްޖެއާއި ލަންކާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ބޭނުންވެގެން ޗައިނާއިން އެ ވާހަކަ ބުނަން އަނގަ ހުޅުވާލިތަނާ، ޖުމްލަ ނުނިމެނީސް ރައީސް ޔާމީންގެ ސަރުކާރުން ބުނީ އާނ އެކެވެ. މަޝްވަރާތައް ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެތަނުގައި 700އަށްވުރެ ގިނަ ސޮފްޙާގެ، އިނގިރޭސި ބަހުން ލިޔެފައި އޮތް ޤާނޫނީ ލިޔުމެއް ކިޔާލަން ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެންމެ 10 މިނެޓް ހޭދަކުރެއްވީމާ، އެކަމާއި ބެހޭ ގޮތުން ލިޔަން ޖެހޭ އެއްޗެހި ތަންކޮޅެއް ދިގުވެދާނެތީ އެވާހަކަ ކުރުކޮށްލާނަމެވެ. ދަންނަވަން މިއުޅޭ ވާހަކަޔަކީ ލަންކާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭ ގޮތުން އަމަލު އެކުރާ ގޮތް ދިވެހި ސަރުކާރަށާއި ރައީސް ޔާމީނަށް ވިސްނިވަޑައިގަތްނަމަ ކޮންފަދަ ތޯއެވެ؟ މިހުންނެވީ ވާ އިޤްތިޞާދީ މާހިރެކެވެ. 

 

ވެނެޒުއޭލާ

ރައީސް ޔާމީނާއި ސަރުކާރުގެ އިސްވެރިން އަބަދުވެސް މިހާރަކަށް އައިސް ވިދާޅުވާ ވާހަކައެއް އޮވެއެވެ. ރާއްޖޭގެ ކަންތައް ނިންމާނީ ދިވެހިންނެވެ. މިއީ ބޭރު މީހުންނާއި ބެހޭ ކަމެއް ނޫނެވެ. ދިވެހިން މަރާ ހުސްކޮށް، މިތަނުގައި ޤަތުލުއާއްމެއް ހިންގިޔަސް، ބޭރު ޤައުމަކުން ޗުއްޕުއޭވެސް ބުނެގެން ނުވާނެއޭ ބުނާކަހަލައެވެ. ރައީސް ޔާމީންވެސް، ދެން ހުންނެވި ބޭފުޅަކުވެސް ވިސްނަންވީ މިއީ ބަވަނަވެފައިވާ ދުނިޔެއެއްކަމެވެ. ދެތިން ޤައުމަށް ނޫނީ ރައީސް ޔާމީނަށް ދަތުރުނުކުރެވުނެއްކަމަކު، ސަރުކާރުގައި ދެން ތިއްބެވި ބޭފުޅުންނާއި، ދިވެހި ވިޔަފާރިވެރިންނާއި ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކަށް އެކި ޤައުމުތަކަށް ދަތުރުކޮށް އުޅެއެވެ. މިދަތުރުތަކަށް ފަސޭހަ ރަހުމަތެއްގައި ވިސާ ބޭނުންވެއެވެ. ދިވެހިންނަކީ ގިނަ ޤައުމުތަކަކަށް ދަތުރުކުރަން ވިސާ ނަގަން ޖެހޭ ބަޔަކަށްވީނަމަވެސް، ބައެއް އެހެން ޤައުމުތަކުގެ މީހުންނާއި ޚިލާފަށް ދިވެހިންނަށް ޤައުމުތަކުން ފަސޭހަ ގޮތެއްގައި ވިސާ ދީހަދައެވެ. 

އެހެން ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯނުލަނބައި، ރާއްޖެއިން ސޮއެކޮށްފައިވާ މުޢާހަދާތަކާއި ޚިލާފުވެ، ރައްޔިތުންގެ ހައްޤުތަކަށް ސަރުކާރުން އަރައިގަންނަނަމަ، ބައިނަލްއަޤްވާމީ ދުނިޔެއިން ރާއްޖެއާއި މެދު ދެކޭ ގޮތް ބަދަލުވާނެއެވެ. ދިވެހިންނަށް އުޅެން އުނދަގޫވާނެއެވެ. 

ސަރުކާރުގެ އިސް ވެރިން ވަރަށް ބާރު ލާފައި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު ނޭޅޭނެކަމަށާއި، ފިޔަވަޅު އެޅިޔަސް ސަރުކާރަށް މާބޮޑު މައްސަލައެއް ނޫންކަމަށް ބުނެއެވެ. މިފަދަ ބޭބޭފުޅުން މިސާލަކަށް ބަލަންވީ ވެނެޒުއޭލާއެވެ. އެއޮތީ ވިލާތުގެ އިއްތިޙާދުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ވިލާތުގެ އިއްތިޙާދުން ޤަބޫލުކުރާ ގޮތަށް އިންތިޚާބު ނުބޭއްވުމުން ސަރުކާރުގެ އިސް ބޭފުޅުންގެ މައްޗަށް އެއޮތީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ރައްޔިތުން ޙާލުގައި ޖެހި، ކާނެ އެއްޗެއް ނެތިގެން އުޅޭއިރު، ވާދަވެރިއަކު ނެތް އިންތިޚާބެއް ބާއްވައި، އެއިންތިޚާބު ކާމިޔާބުކުރެއްވި ނިކޮލަސް މަޑޫރޯގެ ވަށައިގެން އުޅުއްވާ ބޭފުޅުން އެދައްކަވާ ވާހަކަޔާއި ރައީސް ޔާމިން ވަށައިގެން އެއުޅުއްވާ ބޭފުޅުން އެދައްކަވާ ވާހަކަޔަކާއި މާބޮޑު ތަފާތެއް ނެތެވެ. އެމީހުންނަށް މަޑޫރޯ ވަރެއް ނެތެވެ. މިމީހުންނަށް ޔާމީން ވަރެއް ނެތެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅައި ބޭރުގައި ހުރި މުދާތައް ފްރީޒްކުރާއިރުވެސް އަދިވެސް މަސައްކަތްކުރަނީ ގަދަބަސް ބުނެވޭތޯއެވެ.

ރާއްޖެއަށްވެސް ވާން އެދަނީ ހަމައެހެންނެވެ. ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ އިންތިޚާބެއް ބާއްވަން ސަރުކާރުން ހެދުނު ގޮތަކުން ދެކޮޅު ހަދަމުންދާއިރު، މިހާރުވެސް ވިލާތުގެ އިއްތިޙާދުން އެއޮތީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ. ދަންނަވަންތޯއެވެ؟ އެބާވަތުގެ ދަތިކުރުމުގެ ފިޔަވަޅު އަޅާއިރު ގެއްލުންވަނީ މުޅި ޤައުމަކަށް ނޫނެވެ. ފިޔަވަޅު އެމީހެއްގެ މައްޗަށް އެޅުނު މީހާއަށެވެ. އީޔޫ، އެމެރިކާ އަދި ކެނެޑާ ގުޅިގެން ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހަދަން ސަރުކާރަށް އިންޒާރު ދޭ ހިސާބަށް ދާއިރު، މިއިންތިޚާބު ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ބާއްވައިފިނަމަ ދެން ކަންތައް ވާނެ ގޮތް ވެނެޒުއޭލާއިން އެފެނުނީއެވެ. ވިސްނައިފި މީހަކަށް ހަމަ އިބުރަތެކެވެ.

 

ކެންޔާ

ރާއްޖެއަކީ މިދުނިޔެމަތީގައި މިވަގުތު އޮތް އެންމެ ކޮރަޕްޓް އެއް ޤައުމުކަމަށް އެކިއެކި އިންޑެކްސްތަކުން ދައްކައެވެ. ރައްޔިތުން ސަރުކާރަށް އިތުބާރު ނުކުރާއިރު، ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ބޮޑެތި ވައްކަމުގެ އަމަލުތަކާއި، އެކަންތައްތަކާއި ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި އޮތް ގުޅުމުގެ ވާހަކަ ދައްކައިދައްކައި ދިވެހިން ވަރުބަލިވެއްޖެއެވެ. ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ފަޅާއެރުމުން ކަންތައް ކުރަން ޖެހޭ ގޮތް ރައީސް ޔާމީންނަށް އެނގިވަޑައިގަންނަވާހެނެއް ހިއެއް ނުވެއެވެ. މިހެން މިދެންނެވީ އެއް މުއައްސަސާގައި ނުވަތަ ކުންފުނީގައި ހުންނަ މީހެއްގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވީމާ ދެން ގޮސް އެމީހަކު ލަނީ އެހެން އޮފީހަކަށެވެ. އެތަނުން ކޮރަޕްޝަންގެ ކަންތައްގަނޑެއް ހިންގީމަ އަނެއް ތަނަކަށެވެ. އެއް ފުޅައް މަތިން ފުންމާލި ބަކަރި އަނެއް ފުޅައް މަތިން ފުންމާލާނެކަން ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވަނީބާއެވެ؟ 

ސަރުކާރުގެ މުއައްސަސާއަކުން ބޮޑު ކޮރަޕްޝަނެއް ހިންގީމާ ކަންތައްކުރަން ޖެހޭ ގޮތުގެ މިސާލު މިފަހަރު ފެނިގެން ދިޔައީ އެފްރިކާ ބައްރުގެ ޤައުމެއްކަމަށްވާ ކެންޔާއިންނެވެ. ފުލުފުލުގައި އެފްރިކާގެ ޤައުމުތަކާއި ސަރުކާރުން ގުޅުން ބަދަހިކުރަމުންދާއިރު، މިއީ އެފްރިކާގެ ޤައުމަކުން ދިވެހި ސަރުކާރުން މިސާލު ނަގަންވީ އެންމެ މުނާސަބު ވަގުތުކަމަށް ފެނެއެވެ. 

ކެންޔާގައިވެސް ވީގޮތަކީ ސަރުކާރުގެ އިދާރާއަކުން 78 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވުމާއި ގުޅިގެންނެވެ. މިއީ ރާއްޖޭގެ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައިވެސް ހިމެނޭކަމަށް ސަރުކާރުން ބުނާ އަދަދާއި ކައިރިކުރާ އަދަދެކެވެ. ކޮރަޕްޝަންގެ މައްސަލަ ފެންމަތިވުމުން ކެންޔާގައި މައްސަލަ ބަަލަން ފެށީ ރައީސަށް ފެނުނު އެމަނިކުފާނުގެ ހަތުރު ދެތިން ބޭފުޅެއްގެ އެއް ނޫނެވެ. ކެންޔާގައި މިމައްސަލައުގައި 40 މީހުން ހައްޔަރުކުރިއެވެ. 

ދެން އޮތީ މައްސަލަ ފެންމަތިވުމުން ކަންތައް ކުރެއްވި ގޮތެވެ. އަޅުގަނޑުމެންނަށް މިރާއްޖޭގައި ފެންނަނީ ކުރިންވެސް ދެންނެވިހެން ކޮރަޕްޓްވީމައި އަނެއްކާ އަނެއް ތަނަކަށް ލާތަނެވެ. އެހެންނަމަވެސް ކެންޔާގެ ރައީސް އުހުރު ކެންޔަތާ ވަނީ ސަރުކާރުގެ އިދާރާތަކުގެ ވެރިންގެ ނަޒާޙާތްތެރިކަން ކަށަވަރުކުރުމަށް ޕޮލިގްރާފް ޓެސްޓްތަކެއް ހަދަން އަންގަވާފައެވެ. މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ވެރިން ނަޒާޙަތްތެރިކުރަން ކޮރަޕްޝަންގެ ތެރެއިން ފްލެޓް ދީ އުޅެނީ މިރާއްޖޭގައި އެކަންޏެވެ. އެވެސް އިޤްތިޞާދީ މޮޅު ސިޔާސަތެކޭ ބުނެފިއްޔާ ޤަބޫލުކުރާނެ މީހުން އަރިހުގައި އުޅެންޏާ ވާނީވެސް އެހެންނެވެ. 

ކެންޔާގައި ރައީސް ކެންޔަތާ ކޮރަޕްޝަނާއި ދެކޮޅަށް އެވަނީ ވަރުގަދަ ކެމްޕޭނެއް ފައްޓަވާފައެވެ. އެފަދަ ކަމެއް ކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައިގަންނަވަން ޖެހެއެވެ.

 

މަތީގައި މިދަންނަވާލެވުނީ ފާއިތުވި ހަފްތާގައި މީޑިއާގެ ފަލަސުރުޚީތަކުން ފާހަގަކުރެވުނު ބައެއް ޚަބަރުތައް ކިޔާލިއިރު، އެއީ ރައީސް ޔާމީންއަށާއި ދިވެހި ސަރުކާރަށް ފިލާވަޅަކަށް ވެދާނެކަމަށް އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ކަންކަމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަބުދުއްﷲބެ

11 މަސް ކުރިން

ޝަރީފު ހީނުކުރައްޗޭ ކަލޭތީ ރައްޔިތުންގެ ނޯކަރެއް މީނަހީކުރީ ދޯ ރައްޔިތުން މިތިބީ ތިދައްކާ މަންޒަރު ބަލަން އެހެންކަމުން ވަރައް ސަލާމް

1
0