20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ފްރާންސްގެ ގައުމީ ޓީމު

އެމްބާޕޭއަށް އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ ޑެމްބޭލޭ

  • ފްރާންސްގެ ގައުމީ ޓީމުގެ ދެ ފަޅި ބަލަހައްޓަމުން އަންނަނީ މި ދެ ކުޅުންތެރިން
  • އެމްބާޕޭ އަދި ޑެމްބޭލޭގެ ޕާޓްނާޝިޕަކީ މުސްތަގުބަލުގައި ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓް ކުރާނެ ޕާޓްނާޝިޕެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 3 ޖޫން 2018 | އާދީއްތަ 02:56 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


އެމްބާޕޭ އަދި ޑެމްބެލޭ -- ގެޓީ އިމޭޖާސް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ކިލިއަމް އެމްބާޕޭއަށް އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ވިންގަރ އުސްމާން ޑެމްބެލޭ ކަމަށް އޭނާ ބުނެފިއެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ދެ ފަޅި ބަލަހައްޓަމުން އަންނަ މި ދެ ކުޅުންތެރިން ވަނީ އިޓަލީ އަތުން 3-1 ގެ ނަތީޖާއަކުން ފްރާންސް މޮޅުވި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޑެމްބެލޭގެ ލަނޑަށް ގިނަ ބައެއްގެ ތައުރީފް އަމާޒުވެފައިވާއިރު އެމްބާޕޭ އަދި ޑެމްބޭލޭގެ ޕާޓްނާޝިޕަކީ މުސްތަގުބަލުގައި ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓް ކުރާނެ ޕާޓްނާޝިޕެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އުމުރުން 19 އަހަރުގެ އެމްބާޕޭއަކީ ވެސް ދުނިޔޭގައި ތިބި އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ.

އިޓަލީ އަތުން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ މިއީ ވަރަށް އުއްމީދީ ޕާޓްނާޝިޕެއް ކަމަށާއި ޑެމްބޭލޭއަކީ އޭނާ ވަރަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ އަބަދުވެސް މޮޅު ކުޅުންތެރިންނާއެކު ކުޅެން ބޭނުންވާ ކަމަށާއި މިހާރު ފްރާންސްގެ ގައުމީ ޓީމުގައި ތިބީ އެފަދަ ކުޅުންތެރިން ކަމަށެވެ.

ވަކިން ހާއްސަކޮށް އޭނާ ވަނީ އެޓްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަދި ޑެމްބެލޭގެ ނަން ފާހަގަކޮށްފައެވެ. ގްރީޒްމަންއަށް ނިސްބަތްކޮށް އެމްބާޕޭ ބުނީ އޭނާއަކީ އެންމެ މޮޅު 10 ކުޅުންތެރިން ހޮވާނަމަ އެ ލިސްޓުގައި ހިމެނޭނެ ކުޅުންތެރިޔެއް ކަމަށާއި އަދި ޑެމްބޭލޭއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ކަމަށެވެ. އަބަދުވެސް ބަލަނީ އެކަކު އަނެކަކަށް އެހީތެރިވާން ކަމަށް އެމްބާޕޭ ބުނެފައިވެއެވެ.

އެމްބާޕޭ މިހެން ބުނެފައިވާއިރު މި ނިމުނު ސީޒަނުގައި 105 މިލިއަން ޔޫރޯއަށް ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ބާސާއަށް ބަދަލުވި ފަހުން ޑެމްބެލޭއަށް އެންމެ މޮޅު ކުޅުން ދެއްކިފައެއް ނުވެއެވެ. އުމުރުން 21 އަހަރުގެ ޑެމްބެލޭއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އޭނާއަށް ފުލުފުލުގައި ކުރިމަތިވި ބޮޑު އަނިޔާތަކެވެ.

ބާސާއިން ގްރީޒްމަން ހޯދުމަށް މަސައްކަތްކުރަމުންދާއިރު އެކަމުގެ ސަބަބުން އަންނަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ޑެމްބެލޭ އެހެން ޓީމަކަށް ފޮނުވާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ހޯދުމަށް އާސެނަލް އަދި ލިވަޕޫލްއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ފްރާންސްގެ ގައުމީ ޓީމަށް ޑެމްބޭލޭ އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭނާ ވަނީ މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް 11 މެޗު ކުޅެދީފައެވެ. ބެލެވޭ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ފްރާންސްގެ ޓީމުގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ދޭނެއެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް