16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ލިއޮނެލް މެސީ

ޓެނިސް ކުޅޭނަމަ މެސީ 50 ގްރޭންޑް ސްލޭމް ކާމިޔާބުކުރާނެ

  • މެސީގެ އާޖެންޓީނާ ހިމެނިފައިވަނީ ރަކިޓިޗްގެ ކްރޮއޭޝިއާ އާއެކު ގްރޫޕް ޑީ ގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 3 ޖޫން 2018 | އާދީއްތަ 01:16 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ރަކިޓިޗް އަދި މެސީ -- އެފްސީ ބާސެލޯނާ

ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޓެނިސް ކުޅޭނަމަ އޭނާ 50 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ބާސާއިން ސްޕެނިޝް ލަލީގާ އަދި ސްޕެނިޝް ކޮޕާ ޑެލްރޭ ކާމިޔާބުކުރިއިރު އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔެއްގެ ގޮތުގައި އަނެއްކާވެސް ފެނިގެންދިޔައީ މެސީއެވެ. އޭނާވަނީ މި މޮޅު ކުޅުމާއެކު އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔަކަށް ދޭ ރަން ބޫޓު ރެކޯޑް ފަސް ފަހަރު ހޯދާފައެވެ. އެހެން ނަމަވެސް އާޖެންޓީނާއާއެކު މެސީއަށް ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ކާމިޔާބުނުކުރެވޭތީ އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަބަދުވެސް އަމާޒުވެއެވެ.

މިއަހަރުގެ ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި މެސީގެ އާޖެންޓީނާ ހިމެނިފައިވަނީ ރަކިޓިޗްގެ ކްރޮއޭޝިއާ އާއެކު ގްރޫޕް ޑީ ގައެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ ފައިނަލުން ބަލިވި ނަމަވެސް ރަކިޓިޗް ގަބޫލުކުރާ ގޮތުގައި މެސީއާއެކު މިފަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކްރޮއޭޝިއާގެ ނޫހަކާއި ވާހަކަ ދައްކަމުން ރަކިޓިޗް ބުނީ ބާސާގައި އޭނާއާއެކު ކުޅޭ ހުރިހާ ކުޅުންތެރިންނަށް ވެސް ކާމިޔާބަށް އެދޭ ކަމަށާއި މެސީ ގާތުގައި ވެސް ކާމިޔާބަށް އެދޭ ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާއަކީ ފެވަރިޓުން ނޫން ކަމަށް މެސީ ބުނި ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެ ޓީމުގައި ހުރުމާއެކު އެ ޓީމަކީ ފެވަރިޓުން ކަމަށެވެ. ބާސާއާއެކު ކާމިޔާބުކުރެވިފައިވާ މުބާރާތްތައް ދިނުމަށް ފަހު އާޖެންޓީނާއެކު މުބާރާތް ކާމިޔާބު ކުރުމަށް މެސީ ބޭނުންވާ ކަމަށް ވެސް ރަކިޓިޗް ބުނެފައިވެއެވެ.

އޭނާ ބުނީ މެސީ ޓެނިސް ކުޅުންތެރިޔަކަށްވިނަމަ އޭނާ 50 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރާނެ ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައަކީ އެކަނި ކުޅޭ ކުޅިވަރެއް ނޫން ކަމަށެވެ. އޭނާ ބުނީ ފުޓްބޯޅައަކީ އެންމެންގެ ހިއްސާ ވެސް އެއްވަރަކަށް އޮންނަ ކުޅިވަރެއް ކަމަށާއި އެހެންކަމުން އާޖެންޓީނާއަށް ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ނުލިބޭ މައްސަލައިގައި މެސީއަށް ހަމައެކަނި ފާޑުކިޔައިގެން ނުވާނެ ކަމަށެވެ.

ގްރޭންޑް ސްލޭމްއަކީ ޓެނިސް މުބާރާތްތަކުގެ ތެރެއިން އެންމެ ޝަރަފުވެރި މުބާރާތްތަކެވެ. ގްރޭންޑް ސްލޭމް ހަތަރު މުބާރާތް އޮންނައިރު އެންމެ ގިނަ ގްރޭންޑް ސްލޭމް ތާރީހުގައި ވެސް ކާމިޔާބުކޮށްފައިވަނީ ސެރޭނާ ވިލިއަމްސް އަދި ރޯޖާ ފެޑެރާއެވެ.

ކްރޮއޭޝިއާގެ ގްރޫޕްގައި އާޖެންޓީނާގެ އިތުރުން ހިމެނެނީ އައިސްލޭންޑާއި ނައިޖީރިއާއެވެ. މެސީ އަދި ރަކިޓިޗްގެ ކުރިމަތިލުން އޮންނާނީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް