14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ސިއްހަތު

ކިއުކަމްބާގެ ޖާދޫ ލަވައަކުން!

  • ކިއުކަމްބާގެ މުހިއްމު ހުރިހާ ފައިދާތައް ލަވައަކުން އޭނާ ބުނެދޭ
އާމިނަތު ނުޒުހާ | nuzu8121

| 2 ޖޫން 2018 | ހޮނިހިރު 22:34 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!



ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މޭވާއާއި ތަރުކާރީ ކެއުމަކީ ކޮންމެހެންވެސް ބޭނުންކަމެކެވެ. އެކަމަކު އެކަން ކުރުމަށް ސަމާލުކަން ދެވެނީ މަދުބަޔަކަށެވެ. އެހެންކަމުން އެކަމަށް ހޭލުންތެރި ކުރުވުމަށް އެކިއެކި ކެމްޕެއިންތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގައެވެ. އެގޮތުން މި ފަހަރު މި ބަލާލަނީ އެފަދަ ކަމަކަށެވެ.

އިނގިރޭސި ރެގޭ ލަވަކިއުންތެރިޔާ ކްރިސްޓޮފަ މެކް ފާރލޭން ނުވަތަ މަޝްހޫރު ނަމުންނަމަ "މަކަ ބީ" ކިއުކަމްބާ މޭވާގެ ފައިދާ ކިޔާލައިދެނީ ރެގޭ ސްޓައިލްއަކަށެވެ. އަދި އޭގެ މުހިއްމު ހުރިހާ ފައިދާތައް ލަވައަކުން އޭނާ ބުނެދެއެވެ.

މި ލަވައިގައި މައިގަނޑު ގޮތެއްގައި ބުނެދީފައި ހުރި ކަންކަން ތަފްސީލްކޮށްލައިދޭނަމެވެ.

ކިއުކަމްބާގެ 96 އިންސައްތަ އަކީ ފެނެވެ. އަދި ހަށިގަނޑުގެ ތެއްކަން ދަމަހައްޓައިދެއެވެ. ކިއުކަމްބާ އަކީ ހިކެން މަސައްކަތް ކުރާ މީހުންނަށްވެސް ވަރަށް މޮޅު އެއްޗެކެވެ. ވިޓަމިން ބީ އަދި އީ އިން މުއްސަނދި ވެފައިވާ މި މޭވާއަކީ ކެލޮރީޒް މަދު މޭވާއެކެވެ. ބޮލުގައި ރިހުމާއި، ބިހި ނުވަތަ އޮށާޅަ ނެގުމުން ދުރުކޮށްދެއެވެ. މީގެ އިތުރުން ހަށިގަނޑުގައި ހުންނަ ވިހަ ނައްތާލާ ސާފުކޮށްލައެވެ.

ބޮލުގައި ރިއްސުން

ކިއުކަމްބާގައި މަތީ މިންވަރަކަށް ފެން އެކުލެވޭތީ ހަށިގަނޑުގައި ހުންނަން ޖެހޭ ފެނުގެ މިންވަރު ރެގިއުލޭޓް ކުރުމަށް އެހީވެދެއެވެ. ވިޓަމިން އީ އާއި ވަރަށް މުހިއްމު މިނެރަލްެއެއް ކަމަށްވާ  "އިލެކްޓްރޯލައިޓްސް" އަކީ ސިކުނޑީގެ ދުޅަހެއުމަކަމާއި ހަދާން ވަރުގަދަކޮށްދޭ އެއްޗެކެވެ.

ހަމަށް މިވަރެއް ނެތް

ކިއުކަމްބާގައި ސިލިކާ، ވިޓަމިން އީ އަދި އެމިނޯ އެސިޑް އެކުލެވެއެވެ. މި ތަކެއްޗަކީ ހަމަށް ކޮންމެހެން ބޭނުންވާ މާއްދާތަކެކެވެ. އެހެނީ އެ މާއްދާތަކަކީ ހަންގަނޑު ރައްކާތެރިކޮށްދީ ރޫޖެހުމުން ދުރުކޮށްދޭ ބައިތަކެކެވެ.

ފުރަމޭގެ ދުޅަހެއުކަމާއި، ހަޖްމުކުރުން

ކިއުކަމްބާގެ 96 އިންސައްތައަކީ ފެން ކަމަށްވާއިރު، ކާތަކެތި ހަޖަމުކުރުމަށް ކިއުކަމްބާ އެހީވެދެއެވެ. ފުރަމޭގައި އެކުލެވޭ ވިހައިގެ އަސަރު ނައްތާލުމަށް އެހީވެދެއެވެ. ކިއުކަމްބާ ކާންވީ ތޮއްޓާއި އޮށްތަކާއިވެސް އެކުގައެވެ. ސަބަބަކީ އެތަކެތި މުއްސަނދިވެފައި ވަނީ، ހަޖަމް ކުރުމަށް އެހީވެދޭ މާއްދާއެއްކަމުގައިވާ ފައިބާ އިންނެވެ.

އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދޭ

ކޮންމެ ދުވަހަކުވެސް ކިއުކަމްބާގެ ތިން ހަތަރު ފޮތި ކާލުމުން އަނގައިން ދުވާ ނުބައިވަހުން ދުރުކޮށްދެއެވެ. އެގޮތަށް ހެދުމުން އަނގައިގައި ކުޅު އުފެދޭ މިންވަރު އިތުރުކޮށްދެއެވެ. އަދި އުފެދޭ ބެކްޓީރިއާތައް ފެނާއިއެކު ދޮވެވިގެން ދެއެވެ. ނަތީޖާއަކީ އަނގައިން ދުވާ ނުބައިވަސް ކަނޑުވާލުމެވެ.

ކިއުކަމްބާ ކާންވީ މި މޭވާއަކީ ސިއްހީ ފައިދާތަކުން ފުރުގެންވާ މޭވާއަކަށް ވާތީއެވެ. އެގޮތުން ވިޓަމިން އޭ، ވިޓަމިން ސީ، އަދި ވިޓަމިން ކޭ އިން ވަނީ މުއްސަނދިވެފައެވެ. އަދި ޕޮޓޭސިއަމް މެގްނީޝިއަމް ފަދަ މިނެރަލް ތަކުން ވެސް ކިއުކަމްބާ ވަނީ މުއްސަނދިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް