19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ސިޔާސީ ހަަލަބޮލިކަން

ސިޔާސީ އަމިއްލަ އެދުންތަކުގެ ސަބަބުން އިންސާނިއްޔަތު ހަލާކެއްގެ ތެރެއަށް!

  • 2016 ވަނަ އަހަރު 65.6 މިލިއަން މީހުން އެހެން ގައުމުތަކަށް ހިޖުރަކުރި
  • ހަނގުރާމައިގެ ސަބަބުން 18 ގައުމަކުން 74 މިލިއަނެއްހާ މީހުން ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހުނު
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 2 ޖޫން 2018 | ހޮނިހިރު 22:19 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ސީރިއާގެ ހަލާކުވެފައިވާ އިމާރާތެއް -- އޭއެފްޕީ

ސީރީއާ އިން ޔަމަނަށް، ދެކުނު ސޫދާނުން ވެނެޒުއޭލާ އަށް ބަލާލިއަސް ފެނިގެންދަނީ ހަނގުރާމައާއި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ ނިކަމެތިކަމާއި ދިރިއުޅުމުގެ ހުރަސްތަކެވެ.

މިފަދަ ހާލަތްތަކުގައި އުޅެން ބޭނުން ނުވެގެން މި ގައުމުތަކުން އެހެން ގައުމުތަކަށް ހިޖުރަ ކުރާ މީހުން ވެސް މަދެއް ނޫނެވެ. އެގޮތުން 2016 ވަނަ އަހަރު އެކަނިވެސް  65.6 މިލިއަން މީހުންވަނީ މިގައުމުތަކުން އަމާން އައްސޭރިތަކަށް ހިޖުރަކޮށްފަ އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެހާ ގިނަ އަދަދެއްގެ ބަޔަކު ގައުމުތަކުން ހިޖުރަކުރި ފަހަރެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ގައުމުގެ ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން އަމިއްލަ ގައުމުގެ އެހެން ސަރަހައްދުތަކަށް ހިޖުރަ ކުރި މީހުންގެ އަދަދު 11.8 މިލިއަނަށް އަރާނެ އެވެ. މިއީ 2016 ވަނަ އަހަރަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ.

މިދިޔަ އަހަރުގައި ހަމަނުޖެހުންތަކާއި ހަލަބޮލިކަމާއި ހަނގުރާމައިގެ ސަބަބުން 18 ގައުމަކުން 74 މިލިއަނެއްހާ މީހުން ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހިފައިވެ އެވެ. މިކަންކަމުން ސާފުވާ އެއް ހަގީގަތެއްވެ އެވެ. ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނުން ދިރިއުޅުމަށާއި ދިރިއުޅުން ބިނާ ކުރުމަށް ގިނަ ހުރަސްތަކާ ކުރިމަތިވެ އެވެ. ބަނޑުހާއި ހޫނު ކަމާއި ފަގީރު ކަމަށް މަގުފަހި ކުރުވުމުގެ އިތުރަށް އަމިއްލަ އުފަން ބިމުގެ ގެދޮރު ދޫކޮށް ދާން މީހުންނަށް މަޖުބޫރުވެގެންދެ އެވެ.

 މިގޮތަށް މި ދިމާވަނީ ކީއްވެގެން ހެއްޔެވެ. ހަނގުރާމައިގެ ސަބަބުން އާންމުންނަށް ދިރިއުޅެން ދަތިވަނީ ކީއްވެގެން ހެއްޔެވެ. މިކަމަށް ދިމާވާ ސަބަބުތަކަށް ބަލާ އިރު ގައުމުތަކުގެ ސިޔާސީ ހަލަބޮލިކަން އިތުރުވުމުގެ ސަބަބުން އަމިއްލަ މަންފާތައް ހާސިލް ކުރުމަށް ފޯކަސް ކުރެވެނެ އެވެ. މުޅި ގައުމުގެ ހަމަޖެހުމުގެ ބަދަލުގައި ވަކި ބައެއްގެ މަންފާތަކެއް ހާސިލް ކުރުމަށް މަސައްކަތް ކުރެވިގެންދެ އެވެ. އަދި މިލިޓަރީ އާއި އަސްކަރީ ބާރުވެސް މިފަދަ ކަންކަމަށް ބޭނުން ކުރެވިގެންއާދެ އެވެ. ބައެއް ހާލަތްތަކުގައި ގަސްތުގައިވެސް އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދެވިގެންދެ އެވެ. އަނެއްބައި ފަހަރު ހަތިޔާރު ބޭނުން ކުރެވިގެންދެ އެވެ.

މިކަންކަމުގެ މިސާލުތައް ސީރިއާ އާއި ދެކުނު ސޫދާން ފަދަ ގައުމުތަކުވެސް ފެނިގެންދެ އެވެ. މިފަދަ ހާލަތަކަށް ދިއުމުގެ ކުރިން އެހެން ގައުމުތަކުން ވެސް ގައުމުގެ ސުލްހަ މަސަލަސްކަމާ މެދު ވިސްނަންޖެހެ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް