13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ބެޑްމިންޓަން

އެއްވަނަ ކުޅުންތެރިޔާ ގައުމުގައި، ބެޑްމިންޓަން ޓީމު މޮރިޝަސްއަށް

  • ގައުމީ ޓީމު މޮރިޝަސްއަށް ފުރާފައިވަނީ މޮރިޝަސް ބެޑްމިންޓަން ސީރީޒްގައި ވާދަކުރުމަށް
  • ރާއްޖޭގެ ޓީމުގައި ހަތް ކުޅުންތެރިން ހިމެނޭ
  • މިދިޔަ އަހަރުގެ މުބާރާތުގައި އޭނާ ރާއްޖެއަށް ލޯ މެޑަލް ވެސް ހޯދައިދިން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 2 ޖޫން 2018 | ހޮނިހިރު 22:04 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  4. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  5. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  6. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


މިފަހަރުގެ ސްކޮޑުން ބޭރުކުރި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ޒަޔާން ޒަކީ -- އިމޭޖަސް.އެމްވީ

ރާއްޖޭގެ ބެޑްމިންޓަން ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ޒަޔާން ޒަކީ ބާކީކޮށް ގައުމީ ބެޑްމިންޓަން ޓީމު މޮރިޝަސްއަށް ފުރައިފިއެވެ.

ގައުމީ ޓީމު މޮރިޝަސްއަށް ފުރާފައިވަނީ މޮރިޝަސް ބެޑްމިންޓަން ސީރީޒްގައި ވާދަކުރުމަށެވެ. މޮރިޝަސްއަށް ދިޔަ ގައުމީ ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ މުހައްމަދު އަޖުފާނާއި މުހައްމަދު ޝާރިމްގެ އަދި އަހުމަދު ތޯއިފްގެ އިތުރުން ނިބާލް އަހުމަދެވެ. އަންހެން ޓީމުގައި ހިމެނެނީ ނަބީހާ އަބްދުލްރައްޒާގާއި އަދި ނަބާހަ އަބްދުލްރައްޒާގުގެ އިތުރުން އާމިނަތު ޝާހުރުނާޒްއެވެ.

މިފަހަރުގެ ސްކޮޑް ނެގުމުގައި ބަލާފައިވާނީ މާލޭގައި ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކަށް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މިފަހަރުގެ ސްކޮޑުން ޒަޔާން ބޭރުކުރިއިރު މިދިޔަ އަހަރުގެ މުބާރާތުގައި އޭނާ ރާއްޖެއަށް ލޯ މެޑަލް ވެސް ހޯދައިދިނެވެ. މިދިޔަ އަހަރުގެ މުބާރާތުން ރާއްޖެއަށް ދެ މެޑަލް ލިބުނުއިރު ޒަޔާން ވަނީ މިކްސްޑް ޑަބަލްސް އިވެންޓުގެ ޓީމުގައި ހިމެނި ރާއްޖެއަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ސާކިޓް މުބާރާތަކުން ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މެޑަލްއެއް ހޯދައިދީފައެވެ. އެފަހަރު ޒަޔާންގެ ޕާޓްނަރެއްގެ ގޮތުގައި ކުޅުނީ މިއަހަރުގެ މުބާރާތަށް ވެސް ދިޔަ ނަބާހާއެވެ.

މިކަމާއި ގުޅިގެން ޒަޔާންގެ އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ 2016 ވަނަ އަހަރުން ފެށިގެން މެލޭޝިއާގެ ހައި ޕާފޮމެންސް އެކަޑަމީގައި އޭނާ ތަމްރީންތައް ފުރިހަމަކުރަމުން އަންނަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ހުއްދައާއެކު ކަމަށެވެ. ހަމައެހެންމެ އޭނާއަކީ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔަކަށް ވުމާއެކު އެ އެކަޑަމީއިން އޭނާގެ ހާޒިރީ ރެކޯޑްތައް ރާއްޖޭގެ އެސޯސިއޭޝަނަށް ބަރާބަރަށް ފޮނުވަމުންދާ ކަމަށް ވެސް ޒަޔާން ބުނެފައިވެއެވެ.

ޒަޔާން ބުނީ މޮރިޝަސް އިންޓަނޭޝަނަލް ސީރީޒްއަކީ އަހަރުގެ އެންމެ މުހިންމު މުބާރާތަށްވުމާއެކު އެ މުބާރާތުން ފުރުސަތު ދިނުމަށް ހަތަރު ފަހަރެއްގެ މަތިން އެސޯސިއޭޝަންގައި އެދުނު ކަމަށެވެ. އަމިއްލަ ހަރަދުގައި މުބާރާތުގައި ބައިވެރިވުމަށް އެދުނު ނަމަވެސް އެކަމަށް ވެސް އެސޯސިއޭޝަނުން ހުއްދަ ދީފައިނުވާ ކަމަށް ޒަޔާން ހާމަކޮށްފައިވެއެވެ.

މި ބަޔާނުގައި ޒަޔާން ބުނީ ޓީމުން އޮޓަމެޓިކް ޖާގައެއް ދިނުމަށް ދުވަހަކު ވެސް އެދިފައިނުވާ ކަމަށާއި އެދުނީ ސެލެކްޝަނެއްގައި ކުޅުމަށް ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ނަމޫނާއެއްގެ ގޮތުގައި ބަލަމުންދިޔައީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ކަމަށާއި އަޖްފާންގެ ކާމިޔާބުގައި ވެސް އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ބޭރުން ހަދާފައިވާ ތަމްރީންތައް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން އޭނާ ވެސް އެދެނީ އަޖުފާން ގޮތަށް ބޭރުގައި ތަމްރީންތައް ކުރިޔަށް ގެންގޮސް ރާއްޖޭގެ ބެޑްމިންޓަންގައި ތަފާތު ދައްކަން ކަމަށް ޒަޔާން ހާމަކޮށްފައިވެއެވެ. މިފަހަރުގެ ޓީމުގައި އަޖްފާނު ވަނީ ހިމަނާފައެވެ.

އޭނާ ބުނީ ގަބޫލުކުރެވޭ އެއްވެސް ސަބަބެއް ނެތި މިއަހަރުގެ މުބާރާތުގައި ވާދަކުރުމަށް އޭނާއަށް ފުރުސަތު ނުލިބުމާއި ގުޅިގެން ހިތާމަކުރާ ކަމަށެވެ. އޭނާ ވަނީ ގައުމަށް ރީތި ނަން ހޯދައިދޭން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ.

މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް މޮރިޝަސްގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ޓީމު ވާދަކުރާނީ މިކްސް ޑަބަލްސް އާއި އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް