11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ސަންޖީވް ޝްރިވަސްތަވާ

ގޯވިންދާ ސްޓައިލްގެ ނެށުމަކުން އިންޑިއާގެ ޕްރޮފެސަރަކު އިންޓަނެޓް ގުޑުވާލައިފި!

  • މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރުވެސް ވަނީ ޕްރޮފެސަރުގެ ނެށުމަށް ތައުރީފް ކުރައްވާފައި
ރާއްޖެ އެމްވީ | raajjemv

| 2 ޖޫން 2018 | ހޮނިހިރު 21:55 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ސަންޖީވް ޝްރިވަސްތަވާގެ ނެށުމުގެ ހުރަނު ދައްކައިދޭ ވީޑިއޯގެ ސްކްރީން އިމޭޖެއް -- ޔޫޓިއުބް

އުމުރުން 46 އަހަރުގެ ސަންޖީވް ޝްރިވަސްތަވާ އަކީ މީގެ ކުރިން އޭނާގެ ގާތައް އިލެކްޓްރޯނިކްސް ކިޔަވަން އަންނަ ދަރިވަރުންނަށް އިލްމީ ރޮނގުން މޮޅު ޕްރޮފެސަރެކެވެ.

އެކަމަކު މިހާރު އޭނާ ދަންނަ މީހުންގެ ތެރޭގައި ހިމެނެނީ ހަމައެކަނި ތައުލީމީ ދާއިރާގެ މީހުންނެއް ނޫނެވެ. އެއީ މިހާރު ވަރަށް މަޝްހޫރު އަދި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ތަރިއެކެވެ.

މި މަޝްހޫރުކަން ޕްރޮފެސަރަށް ލިބުނީ ކުށްލިއަކަށެވެ. އޭނާ ދައްކާލި އެންމެ ނެށުމަކުންނެވެ. ޔޫޓިއުބްގައި ގޯވިންދާ ސްޓައިލަށް އޭނާ ނަށާފައިވާ ނެށުމެއް ޝާއިއު ކުރުމާއެކު މުޅި އިންޓަރނެޓް ގުޑައިފިއެވެ.

މި އާދަޔާ ޚިލާފު ނެށުން ދައުރުވަނީ ހަމައެކަނި ޔޫޓިއުބް އަކު ނޫނެވެ. ވަޓްސްއެޕް، ފޭސްބުކް، ޓްވިޓަރގައިވެސް މި ނެށުމެވެ.

މީގެ ދެ ދުވަސް ކުރިން އާއްމުވި މި ސަޅި ނެށުމުގައި ފެންނަނީ 1987 ވަނަ އަހަރު ނުކުތް ޚުދުގާޒް ގައި ގޯވިންދާ އާއި ނީލަމް ނަށާފައިވާ "އާޕް ކެ އާ ޖާނޭ ސޭ" މި ލަވަޔަށް ޕްރޮފެސަރު ބަނޑިތައް ލައްވަމުން ހަރަކާތް ކުރަމުން ދަނިކޮށްނެވެ. ސްޓޭޖްމަތީގައި ޕްރޮފެސަރާއެކު އޭނާގެ އަންހެނުންވެސް ހުރެއެވެ.

ޕްރޮފެސަރުގެ ނެށުމުގެ ހަރަކާތްތައް ދައްކާލީ މެއި މަހުގެ 12 ވަނަ ދުވަހު އޮތް އާއިލީ ކައިވެނި ހަފްލާއެއް ގައި ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައިވެއެވެ.

ޕްރޮފެސަރުގެ ނެށުމުގެ ވީޑިއޯ ކްލިޕް އޭނާ އާއްމު ކުރީ ޔޫޓިއުބް ގައި ކަމަށް ވިޔަސް އިރުކޮޅެއްގެ ތެރޭގައި ނެށުމުގެ ކްލިޕްތައް ވަޓްސްއެޕް، ޓްވިޓަރ އަދި ފޭސްބުކްގައި ފަތުއަޑު ކިޔާފައި ފެތުރެން ފެށިއެވެ.

ކޮންމެއަކަސް ޕްރޮފެސަރުގެ ނެށުމުން އެތައް ހާސް ބަޔަކަށް ހިނިތުންވުން ގެނެސްދީފިއެވެ. މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރުވެސް ވަނީ ޕްރޮފެސަރުގެ ނެށުމަށް ތައުރީފް ކުރައްވާ ޓްވިޓަރ މެދުވެރިކޮށް މެސެޖެއް ކުރައްވާފައެވެ.

ޕްރޮފެސަރ ޝްރިވަސްތަވާ ބުނީ މިހާރު އޭނާގެ ފޯނުން ރިންގް އަޑު ކެނޑޭނެ އެންމެ ވަގުތެއްވެސް ނާންނަ ކަމަށެވެ. ފޮޓޯ ނެގުމަށާއި އިންޓަވިއުތަކަށް އަންނަ ރިކުއެސްޓްތައް ހުއްޓުމެއް ނެތި އަންނަމުންދާ ކަމަށެވެ. މުޅި އާއިލާއަށް ވެސް ބޮޑު އުފަލެއް ލިބިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ޕްރޮފެސަރ ޝްރިވަސްތަވާ ބުނެފައިވަނީ ގޯވިންދާ އާއި މިތުން ޗަކްރަވަތީ އަކީ އޭނާއަށް އެންމެ މަގްބޫލު ތަރިން ކަމަށާއި އެމީހުންގެ ލަވަތަކަށް އާއިލީ ހަފްލާ ތަކުގައި މީގެ ކުރިންވެސް ޕާފޯމް ކޮށްފައި ހުންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް