24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ފްރެންޗް އޯޕަން

ފްރެންޗް އޯޕެން: ޖޮކޮވިޗް އަދި ޒްވަރޭވް ގަދަ 16 އަށް

  • ޖޮކޮވިޗް ވަނީ ސްޕެއިންގެ ރޮބާޓޯ ބައުޓިސްޓާ ތިން ސެޓު އެއް ސެޓުން ބަލިކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 2 ޖޫން 2018 | ހޮނިހިރު 19:40 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ޖޮކޮވިޗް ކުޅުނު މެޗުގެ ތެރެއިން -- އޭޓީޕީ

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިޔަށްދާ ފްރެންޗް އޯޕެންގެ ގަދަ 16 އިން ސާބިއާގެ ނޮވާކް ޖޮކޮވިޗް އަދި ޖަރުމަނުގެ އެލެކްޒެންޑާ ޒްވަރޭވް ޖާގަ ހޯދައިފިއެވެ.

ގަދަ 16 ގެ ޖާގައެއް ޖޮކޮވިޗް ހޯދީ 13 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ރޮބާޓޯ ބައުޓިސްޓާ ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން ޖޮކޮވިޗް ގެންދިޔައިރު ދެވަނަ ސެޓު 7-6 އިން ގެންދިޔައީ ރޮބާޓޯ ބައުޓިސްޓާއެވެ. އެހެން ނަމަވެސް ޖޮކޮވިޗް ވަނީ ފަހުން ކުޅުނު ދެ ސެޓު 7-6 އަދި 6-2 އިން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ.

މެޗު ނިންމާލުމަށް ފަހު ވާހަކަ ދައްކަމުން 20 ވަނައަށް ސީޑު ކުރެވިފައިވާ ޖޮކޮވިޗް ބުނީ މިމެޗު ވެގެންދިޔައީ ބޮޑު އިމްތިހާނަކަށް ކަމަށާއި މި މެޗުގައި ކުޅުނު އެންމެ ފަހު ސެޓަކީ އަނިޔާއިން އެނބުރި އައިސް އޭނާއަށް އެންމެ މޮޅަށް ކުޅެވުނު ފަހަރު ކަމަށެވެ.

މި މުބާރާތުގެ ގަދަ 16 އިން ޖަރުމަނުގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ޒްވަރޭވް ޖާގަ ހޯދީ ބޮސްނިއާ ހަޒަގޮވީނިއާގެ ޑާމިރް ޒުމްހުރް ތިން ސެޓު ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-2 އިން ޒްވަރޭވް ގެންދިޔަ ނަމަވެސް ޒުމްހުރް ވަނީ ފަހުން ކުޅުނު ދެ ސެޓު 6-3 އަދި 6-4 އިން ގެންގޮސްފައެވެ. މި މެޗު ޒްވަރޭވް ކާމިޔާބު ކުރީ ހަތަރު ވަނަ ސެޓާއި ފަސްވަނަ ސެޓު 7-6 އަދި 7-5 އިން ކާމިޔާބު ކޮށްގެންނެވެ.

ޒްވަރޭވް ބުނީ މި މެޗަކީ ވަރަށް ވަރުގަދަ މެޗެއް ކަމަށާއި މި މެޗު ކާމިޔާބު ކުރެވުނީ ވަރަށް ވިސްނައިގެން ކުޅުމުން ކަމަށެވެ. ޒްވަރޭވް ގަދަ 16 ގައި ނުކުންނާނީ ކަރެން ޚަޝަނޯވް އާއި ދެކޮޅަށެވެ.

ގަދަ 16 ގައި ޖޮކޮވިޗް ނުކުންނާނީ 30 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ފެނާންޑޯ ވަޑާސްކޯއާ ދެކޮޅަށެވެ.

ވަޑާސްކޯ ގަދަ 16އަށް ދަތުރުކުރީ ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ބަލިކޮށްގެންނެވެ. ވަޑާސްކޯ މި މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 7-6، 6-2 އަދި 6-4 އިންނެވެ. މެޗުން ބަލިވި ޑިމިޓްރޯވް ބުނީ ޓެނިހުގައި ވާނެ ކަންކަން ބުނަން ނޭނގޭނެ ކަމަށާއި އެއް ހަފްތާ ތެރޭގައި ވެސް ކަންކަން ބަދަލުވެދާނެ ކަމަށެވެ.

މި ކުޅުންތެރިންގެ އިތުރުން ޖަޕާންގެ ކެއި ނިޝިކޯރީ އާއި އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ވެސް ވަނީ ގަދަ 16 އިން ޖާގަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް