19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޕެރޫގެ ކެޕްޓަން ސަސްޕެންޑްވުން

ސްވިޓްޒަލޭންޑުގެ ސުޕްރީމް ކޯޓުގެ އަމުރަކާއެކު، ޕެރޫގެ ކެޕްޓަން ވާރލްޑް ކަޕަށް

 • އޭނާގެ ސަސްޕެންޝަން 14 މަސްދުވަހަށް އިތުރުކުރި
 • އޭނާ ސަސްޕެންޑްކުރީ ކޮކެއިންއަށް ޕޮޒިޓިވްވުމާއި ވިދިގެން
 • އެކޯޓުން ނިންމާފައިވަނީ ވަގުތީ ގޮތުން އޭނާގެ ސަސްޕެންޝަނަށް އަމަލުނުކުރުމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 2 ޖޫން 2018 | ހޮނިހިރު 18:14 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
 5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
 6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
 8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ޕެރޫގެ ގައުމީ ޓީމުގެ ކެޕްޓަން ޕައޮލޯ ގުރެއިރޯ -- ގެޓީ އިމޭޖާސް

ކޮކެއިންއަށް ޕޮޒިޓިވްވުމާއި ވިދިގެން ފީފާއިން ސަސްޕެންޑް ކޮށްފައިވާ ޕެރޫގެ ގައުމީ ޓީމުގެ ކެޕްޓަން ޕައޮލޯ ގުރެއިރޯގެ ސަސްޕެންޝަނަށް އަމަލުކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް ސްވިޓްޒަލޭންޑުގެ އެންމެ މަތީ ކޯޓުން އަމުރު ކޮށްފިއެވެ.  

ފީފާއިން ގުރެއިރޯ ސަސްޕެންޑް ކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮސިޓިވް ވުމާއި ގުޅިގެންނެވެ. އެ އިދާރާއިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 12 މަސްދުވަހުގެ މުހުލަތަކަށް ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ކަމަކުން އޭނާ ސަސްޕެންޑް ކޮށްފައެވެ. އޭނާ ކޮކެއިންއަށް ޕޮސިޓިވްވީ މިއަހަރު ރަޝިއާގައި އޮންނަ ވާރލްޑް ކަޕަށް ކޮލިފައިވުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު އާޖެންޓީނާގެ ބޮއިނިސް އައިރިސްގައި ކުޅުނު ކޮލިފައިން މެޗަށް ފަހު ކުރި ޓެސްޓްތަކެއްގައެވެ.

އޭނާގެ ސަސްޕެންޝަނުގެ މައްސަލަ ފީފާގެ އެޕީލް ކޮމީޓީއަށް ހުށަހެޅުމާއެކު ފީފާއިން ވަނީ އެމައްސަލަ އިތުރަށް ބެލުމަށް ފަހު އޭނާގެ ސަސްޕެންޝަނުގެ މުއްދަތު ހަ މަސްދުވަހަށް ކުޑަ ކޮށްފައެވެ. އެހެން ނަމަވެސް ދުނިޔޭގެ އެންޓި ޑޯޕިން އޭޖެންސީއިން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އޭނާގެ ސަސްޕެންޝަން 14 މަސް ދުވަހަށް އިތުރު ކޮށްފައެވެ.

ގުރެއިރޯގެ ސަސްޕެންޝަން އިތުރުކުރުމާއި ގުޅިގެން އޭނާއަށް ވާރލްޑް ކަޕްގައި ކުޅެވޭނެ މަގުފަހިނުވުމާއި ގުޅިގެން އޭނާގެ މައްސަލަ ވަނީ ސްވިޓްޒަލޭންޑްގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައެވެ.

އޭނާގެ މައްސަލައިގައި އެކޯޓުން ނިންމާފައިވަނީ ވަގުތީ ގޮތުން އޭނާގެ ސަސްޕެންޝަނަށް އަމަލު ނުކުރުމަށާއި ވާރލްޑް ކަޕްގައި އޭނާއަށް ކުޅެވޭނެ ކަމަށެވެ.

އޭނާގެ ކޮޅަށް މައްސަލަ ނިންމުމާއި ގުޅިގެން ގުރެއިރޯ ބުނީ މިއީ އިންސާފަށް ނިންމި ނިންމުމެއް ކަމަށާއި ސްވިޓްޒަލޭންޑުގެ ސުޕްރީމް ކޯޓަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ވީހާ ވެސް އަވަހަށް ޓީމާއި ގުޅޭނެ ކަމަށާއި ގައުމަށް ރީތި ނަމެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ. އޭނާ ބުނީ ޕެރޫގެ ރައްޔިތުން އެއްބަޔެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއް ވެސް ވާނެކަން ހާމަވެގެން ގޮސްފި ކަމަށެވެ. ޕެރޫގެ ރައީސް ވެސް ވަނީ މިކަމާއި ގުޅިގެން އުފާ ފާޅުކުރައްވައި ހާއްސަ މެސެޖެއް ފޮނުއްވާފައެވެ.

ވާރލްޑް ކަޕަށް އެންމެފަހުން ކޮލިފައިވި ޓީމަކީ ޕެރޫ ކަމަށްވާއިރު އެ ޓީމު ހިމެނިފައިވަނީ އޮސްޓްރޭލިއާ އަދި ޑެންމާކްގެ އިތުރުން ފްރާންސްއާއެކު ގްރޫޕް ސީ ގައެވެ. މި ޓީމުތަކުގެ ކެޕްޓަނުން ވަނީ ގުރޭރޯގެ ސަސްޕެންޝަން އެއްކޮށް އުވާލުމަށް އެދި ފީފާއަށް ސިޓީ ވެސް ފޮނުވާފައެވެ.  މިއަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ 1958 ވަނަ އަހަރުގެ ފަހުން ޕެރޫ ވޯލްޑް ކަޕުގައި ވާދަކުރާނެ ފުރަތަމަ ފަހަރަށެވެ.

ގުރެއިރޯއަށް ވާރލްޑް ކަޕްގައި ކުޅެވޭނެ މަގުފަހިވެފައިވާއިރު އޭނާއަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އުމުރުން 33 އަހަރުގެ ގުރެއިރޯއަކީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ނޮމިނޭޓްވި ޕެރޫއަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ބްރެޒިލްގެ ފްލެމިންގޯއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް