26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ފީފާ ވޯލްޑް ކަޕް 2018

މިސްރުގެ އެންމެ ވަރުގަދަ ހަތިޔާރު ވޯލްޑް ކަޕަށް ތައްޔާރުވާނެ

  • ސަލާހުއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި
  • އޭނާ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް ކޯޗު ވަނީ ބުނެފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 2 ޖޫން 2018 | ހޮނިހިރު 17:16 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


މުހައްމަދު ސަލާހު -- ގެޓީ އިމޭޖާސް

މުހައްމަދު ސަލާހުއަކީ މިސްރުގެ ގައުމީ ޓީމުގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި އޭނާ ވޯލްޑް ކަޕަށް ފިޓުވާނެ ކަމަށް އެޓީމުގެ ކޯޗު ހެކްޓަރ ކޫޕަރ ބުނެފިއެވެ.

ކޮޑުހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ވޯލްޑް ކަޕްގެ ކުރިން މިސްރު ކުޅޭ އެއްވެސް ރަހުމަތްތެރިކަމުގެ މެޗެއްގައި ސަލާހުއަށް ނުކުޅެވޭނެއެވެ. އެންމެ ފަހުން ވެސް އެޓީމު ކޮލޮމްބިއާ އާއި ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ސަލާހުގެ ކޮޑުހުޅަށް އަނިޔާވީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައެވެ. އެ މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއާއެކު ބޯޅަ ހޯދުމަށް ސަލާހު މަސައްކަތް ކުރަމުން ދަނިކޮށް ދެކުޅުންތެރިން އެއްކޮށް ވެއްޓުނު ވަގުތު ސަލާހުގެ ކޮޑުހުޅަށް އަނިޔާވިއެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް މެޗުގައި އިތުރަށް ކުޅެވިފައެއް ނުވެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މިސްރުގެ ކޯޗު ބުނީ އުއްމީދު ކުރެވެނީ އޭނާ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް ކަމަށާއި ހުރިހާ މެޑިކަލް ރިޕޯޓަކުން ވެސް ދައްކަނީ އެގޮތަށް ކަމަށެވެ. އޭނާ ބުނީ ހުރިހާ ހާލަތަކަށް ވެސް ތައްޔާރުވާނެ ކަމަށާއި މުބާރާތް ފެށުމުގެ ކުރިން ކޮންމެ ގޮތަކަށް ވެސް ކަންކަން ހިނގާފާނެ ކަމަށެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު ބެލްޖިއަމް އާއި ދެކޮޅަށް ނުކުތުމުގެ ކުރިން އުރުގުއޭ އާއި ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް މިސްރު ކުޅޭނެއެވެ. ކޫޕަރ ބުނީ ސަލާހުއަކީ ބަދަލު ކުރެވޭނެ ކުޅުންތެރިޔެއް ނޫން ކަމަށާއި އެކަމާއި ސުވާލުކުރަން ވެސް ނުޖެހޭ ކަމަށެވެ. އޭނާއަކީ މިސްރުގެ ގައުމީ ޓީމުގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި ކައުންޓާ އެޓޭކުގައި އޭނާގެ ސްޕީޑާއި ކޮލިޓީ ވަރަށް ބޭނުންވާނެ ކަމަށް ކޫޕަރ ބުނެފައިވެއެވެ.

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މީގެކުރިން ބުނެފައިވަނީ އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނީ ތިން ހަފްތާގެ މުއްދަތަކަށް ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ ވެސް ކޮލިފައިންގެ އެންމެ ފަހު މެޗުގެ އެންމެ ފަހު މިނެޓުގައި ސަލާހު ޖެހި ޕެނަލްޓީއެއްގެ ސަބަބުންނެވެ. އޭނާއަކީ އެ ޓީމުގެ ކެޕްޓަނަށް ވާއިރު އޭނާއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މިސްރު ހިމެނިފައި ވަނީ އުރުގުއޭ އަދި ރަޝިއާގެ އިތުރުން ސައުދީ އަރަބިއްޔާއާ އެކު ގްރޫޕް އޭގައެވެ. ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު އުރުގުއޭއާ ދެކޮޅަށް މިސްރު ނުކުންނައިރު ދެވަނަ މެޗުގައި އޭގެ ހަތަރު ދުވަސް ފަހުން މިސްރު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ އެންމެ ފަހު މެޗުގައި ޖޫން 25 ވަނަ ދުވަހު މިސްރު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގެ ކުރިން މިސްރުގެ ގައުމީ ޓީމު ކޭމްޕް ކުރަނީ އިޓަލީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް