20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އާދަޔާ ޚި؛ލާފް ކަންކަން

40 ބުރީގެ އުސް އިމާރާތެއްގެ ބެރިތަކުގެ މަތީގައި ސްކޫޓަރު ދުއްވާ މަންޒަރުން މީހުން ކޮސްވެއްޖެ!

  • ވީޑިއޯ އިން ފެންނަނީ އުމުރުން 21 އަހަރުގެ ރަޝިއާގެ ޒުވާނެއް
  • ވީޑިއޯ ނަގާފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި
ރާއްޖެ އެމްވީ | raajjemv

| 2 ޖޫން 2018 | ހޮނިހިރު 16:51 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ނިކިޓާގެ އާދަޔާ ޚިލާފް ސްޓަންޓުތައް އޭނާގެ ސޯޝަލް މިޑިއާ ފޮލޯ ކުރާ 138 ހާސް މީހުންނާ ގެންދަނީ ހިއްސާ ކުރަމުން -- ޔޫޓިއުބް

މޮސްކޯގެ 40 ބުރީގެ އިމާރާތެއްގެ ބެރިތަކުގެ މަތީގައި އުމުރުން 21 އަހަރުގެ ނިކިޓާ ޑެފްޓް ސްކޫޓަރެއްގައި އުޅޭ ގޮތް ބަލާކަށް ބައެއް މީހުންނަށް ފަސޭހަ ނުވެދާނެއެވެ.

އެއް ބެރި މަތިން އަނެއް ބެރި މަތިން ފުމެ ހުރަސްކޮށް ހިނގާ ސްކޫޓަރު ދުއްވާ މި ޒުވާނާ އުޅޭ މަންޒަރު ފެންނައިރު ހީވަނީ ހަމަ ބިންމަތީގައި ހިނގާ ހެންނެވެ.

ނަމަވެސް ނިކިޓާގެ ބިރު ކުޑަ ހަރާކާތްތައް މި ފެންނަނީ ކިހާ އުސްމިނެއްގެ މަތިން ކަން އެންމެ ފަސޭހައިން ވިސްނާލެވޭނީ، ތިރިން ފެންނަ ކާރުތަކުގެ ސައިޒަށް ނަޒަރު ހިންގާލުމުންނެވެ.

ނިކިޓާގެ އާދަޔާ ޚިލާފް ސްޓަންޓުތައް އޭނާގެ ސޯޝަލް މިޑިއާ ފޮލޯ ކުރާ 138 ހާސް މީހުންނާ ގެންދަނީ ހިއްސާ ކުރަމުންނެވެ. ނިކިޓާ ބުނީ ފުރަތަމަ ފަހަރަށް އުސް އިމާރާތެއްގެ މަތީގައި ސްޓަންޓު ހެދި އިރު ތިރިއަށް ބަލާލަން ވެސް ނުކުރުނު ކަމަށެވެ. އެކަމަކު މިހާރު ކިތަންމެ އުސް އިމާރާތެއް ވިޔަސް ޖެހިލުމެއް ނުވާ ކަމަށް އޭނާ ބުނުފައި ވެއެވެ.

އެންމެ ފަހުން ނިކިޓާ މި އާއްމު ކުރި ވީޑިއޯގައިވެސް ފެންނަ ގޮތުން އެއްފަހަރު ނުރައްކާތެރި ގޮތަކަށް އޭނާ އަރި އަޅާލާ ތަން ފެނެއެވެ. ނަމަވެސް އޭނާގެ ނަސީބުވެސް، އަދި ހުޝިޔާރުކަން ވެސް ފެނުނީ ރަނގަޅަށެވެ.

ނިކިޓާ "މެއިލް އޮންލައިން" އަށް ކިޔައިދީފައިވާ ގޮތުގައި ސްޓަންޓުތަކުގައި އާދަޔާ ޚިލާފް ޙާލަތްތަކުގައި އޭނާ ސަމާލުކަން ދެނީ އެއްވެސް ކަމަކާ ނުވިސްނާ ހަމަޖެހިގެން ހުރުމަށެވެ. އެފަދަ ހާލަތެއްގައި ހާސްވެއްޖެ ނަމަ މައްސަލަ އިތުރަށް ގޯސްވެ ނަތީޖާ ވަރަށް ނުރައްކާވާނެ ކަމަށް ނިކިޓާ ބުންޏެވެ. ނިކިޓާ ބުނީ އޭނާއަކީ ލޮލުގެ ފެނުން އެހާ ރަނގަޅު މީހެއް ނޫން ކަމަށާއި، އެހެން ކަމުން ކޮންޓެކްޓް ލެންސް ލައްވައިގެން އުޅެން ޖެހުމުން އުދަނގޫތަކެއް ކުރިމަތިވާ ކަމަށެވެ. ނިކިޓާ ބުނީ ވަރަށް ބޮޑަށް ތަމްރިން ހަދާ ކަމަށާއި ކޮންމެ ދުވަހަކުވެސް ތަމްރީން ހަދާ ކަމަށެވެ. އަދި ފުރިހަމަ ތަމްރީންތަކުގެ ސަބަބުން ޔަގީން ކަމާއި އިތުބާރު އޮންނަ ކަމަށެވެ.

ނިކިޓާ ބުނީ އިމާރާތުގެ މައްޗަށް އެރުން ވެސް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެތަނުގެ ދޮރުތައް ހުރީ ތަޅުލާފައި ކަމަށާއި އިމާރާތުގެ ސެކިއުރިޓީގެ ސަބަބުންވެސް ވެސް ދަތިތައް ކުރިމަތިވި ކަމަށެވެ. އިމާރާތަށް އެރުމުގެ ސަބަބުން ނިކިޓާ ހައްޔަރުކޮށް ފުލުހުންނާ ހަވާލު ކުރި ކަމަށްވެސް އޭނާ ބުންޏެވެ. ފުލުސް އޮފީހަށް ގެންދިއުމަށް ފަހު އޭނާ ދޫކޮށްލިއިރު ވީޑިއޯ ސަލާމަތްވީ ކަމަށް ނިކިޓާ ބުންޏެވެ.

ނިކިޓާ ބުނީ އޭނާގެ ބައްޕަ ބޭނުންވީ ޕްރޮފެޝަނަލް ބޮކްސިން ތަޅާ މީހަކަށް ވުމަށެވެ. އެކަމަކު ނިކިޓާ ބުނީ އޭނާ ވާން ބޭނުން ވަނީ ކާކަށްކަން މިހާރު އެނގިއްޖެ ކަމަށާއި މިހާރު ބޭނުންވަނީ އެހެން މީހުންނަށް ނުވާނެ ކަންކަން ކުރަން ކަމަށެވެ.

އިންޖިނިއަރިންގ ދާއިރާ އިން ކިޔަވަމުންދާ ނިކިޓާ އަކީ ފޮޓޯ ނެގުމަށާއި، އެކްރޮބެޓިކްސް އަށާއި އެކްސްޓްރީމް އާޓަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް