20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ޑްރޯން

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

  • ޒާލާގެ މި އުފެއްދުމަށް މިހާރު ވެސް ވަނީ ފަސް ކްރޯޑް ރުޕީސް ލިބިފައި
އަލީ ޔޫސުފް | AliYooosuf

| 13 ޖެނުއަރީ 2017 | ހުކުރު 22:28 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


މައިން ދެނެގަންނަ ޑްރޯން އުފެއްދި ހަރްޝްވަރުދަން ޒާލާ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ބިމު އަޑީގައި ވަޅުލާފައި ހުންނަ މައިން ބޮން ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންއެއް އިންޑިއާގެ 14 އަހަރުގެ ކުއްޖަކު އީޖާދުކޮށްފިއެވެ.

 

އުމުރުން 14 އަހަރުގެ ހަރްޝްވަރުދަން ޒާލާގެ މި އުފެއްދުން ދައްކާލާފައި ވަނީ އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި މިހާރު ކުރިއަށްދާ ވައިބްރަންޓް ގުޖުރާތު ގްލޯބަލް ސްމިޓްގައެވެ. އޭނާގެ މި އުފެއްދުން ދައްކާލުމާ އެކު ގުޖުރާތުގެ ސަރުކާރުން ވަނީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންތަކުގައި ސޮއިކުރަން ފަށާފައެވެ. އެ ގޮތުން މިހާތަނަށް އޭނާއާ އެކު ސޮއިކުރި އެމްޔޫއޯތަކުގެ އަގު ފަސް ކްރޯޑް ރުޕީސް އަށް އަރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާގެ މި އުފެއްދުން ވިޔަފާރި އުސޫލުން އުފެއްދުމަށް ގުޖުރާތުގެ ޑިޕާޓްމަންޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ އެއްބަސްވުމެއް ހަދާފައެވެ.

 

ޒާލާ ވަނީ އެފަދަ ތިން ޑްރޯންއެއް ހަދާފައެވެ. އެ ކަމަށް އޭނާ އަތުން ފަސް ލައްކަ ރުޕީސް ވެސް ހޭދަނުވާއިރު މިހާރު ވެސް އޭނާ ވަނީ 5 ކްރޯޑް ރުޕީސް ލިބޭނެކަން ކަށަވަރުވެފައެވެ.

 

ޒާލާ ބުނީ މިފަދަ އެއްޗެއް އުފެއްދުމުގެ ވިސްނުން އައީ މައިން ގޮވުމުގެ ސަބަބުން މަރުވާ މީހުން ޓީވީން ފެނިގެން ކަމަށެވެ. އަދި އެ ތަކެތި ހޯދުމަށް ކުރާ މަސައްކަތުގައި މީހުން މަރުވާ މަންޒަރު ފެނުމުން އެކަން އެ ނޫން ގޮތަކަށް ކުރެވޭނެ ގޮތެއް ހޯދުމަށް ވިސްނި ވިސްނުމުގެ ތެރެއިން މި ހިޔާލު އައީ ކަމަށް ވެސް ޒާމާ ބުންޏެވެ.

 

ގްރޭޑް 10 ގައި ތައުލީމު ހާސިލްކުރަމުން އަންނަ ޒާލާ މިހާރު ވަނީ އޭނާގެ އަމިއްލަ ކުންފުންޏެއް ވެސް ރަޖިސްޓްރީކޮށް ބިޒްނަސް ޕްލޭނެއް ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް