16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

އެންޓޮއިން ގްރީޒްމަން

އަންނަ ސީޒަނުގައި ކުޅޭނެ ޓީމެއް ވޯލްޑް ކަޕްގެ ކުރިން ގްރީޒްމަން ނިންމާނެ

  • އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު
  • އެޓްލެޓިކޯއިން ބުނަނީ އޭނާ ނުވިއްކާނެ ކަމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 2 ޖޫން 2018 | ހޮނިހިރު 16:44 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އެންޓޮއިން ގްރީޒްމަން -- ގެޓީ އިމޭޖާސް

އަންނަ ސީޒަނުގައި ކުޅޭނެ ޓީމެއް ރަޝިއާގައި ފަށާ ވޯލްޑް ކަޕްގެ ކުރިން ނިންމާނެ ކަމަށް ފްރާންސްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އެޓްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފިއެވެ.

އޭނާ މިގޮތަށް ބުނެފައިވަނީ އިޓަލީ އަތުން 3-1 ގެ ނަތީޖާއަކުން ފްރާންސް މޮޅުވި މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އެޓްލެޓިކޯއާއެކު ތަށި ކާމިޔާބު ނުކުރެވޭތީ އަންނަ ސީޒަނުގައި އެހެން ޓީމަކަށް ގްރީޒްމަން ކުޅެން ބޭނުންވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެގޮތުން އަންނަ ސީޒަނުގައި އޭނާ ފެންނާނީ ބާސެލޯއިން ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ގްރީޒްމަން ބުނީ ހުރިހާ ކަމެއް ވެސް ވޯލްޑް ކަޕްގެ ކުރިން ނިންމާނެ ކަމަށާއި އެކަން އިއުލާން ވެސް ކުރާނެ ކަމަށެވެ. އެޓްލެޓިކޯއާއެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ހަތަރު އަހަރު އޮތްއިރު އޭނާ ބާސާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވަނީ ގަދަވެފައެވެ. އޭނާގެ ރިލީޒްފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް މިއަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.

އެހެން ނަމަވެސް އެޓްލެޓިކޯގެ ރައީސް ވިދާޅުވީ އޭނާ އެ ކްލަބްގައި މަޑުކުރާނެ ކަމަށާއި އެހެން ޓީމުތަކުން ކުރާ މަސައްކަތް އޭނާއަށް ނޭނގޭ ކަމަށެވެ. އޭނާ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ ހަތަރު އަހަރު ފަހުން ކަމަށާއި އެހެންކަމުން ހަތަރު އަހަރަށް ފަހު މެނުވީ އޭނާ ދޫކޮށްނުލާނެ ކަމަށް އެޓްލެޓިކޯގެ ރައީސް ވިދާޅުވިއެވެ.

ގްރީޒްމަން އެޓްލެޓިކޯ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު އޭނާ އެ ޓީމުގައި މަޑުކުރާނެ ކަމަށް އެ ޓީމުގެ ކެޕްޓަން ގަބީ އަދި ކޯޗު ޑިއޭގޯ ސިމިއޯނޭ ވެސް ވަނީ ބުނެފައެވެ. އެޓްލެޓިކޯ މި ސީޒަނުގައި ކާމިޔާބުކުރި ހަމައެކަނި މުބާރާތް ކަމަށްވާ ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ގްރީޒްމަންއެވެ.

އެޓްލެޓިކޯ މެޑްރިޑްގެ ޖެނެރަލް މެނޭޖަރު ކްލެމެންޓް ވިލްވާޑޭ ބުނެފައި ވަނީ ގްރީޒްމަން އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި ބޭނުންވަނީ ކޮންޓްރެކްޓް ހަމަވަންދެން އެ ޓީމުގައި އޭނާ މަޑުކުރުވަން ކަމަށެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެެވެ. ގްރީޒްމަން ވަނީ މި ނިމުނު ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެޓްލެޓިކޯއާއެކު ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅުނު 48 މެޗުގައި މި ސީޒަނުގައި 29 ލަނޑު ޖަހާފައެވެ.

ގްރީޒްމަން މިގޮތަށް ވާހަކަ ދައްކާފައިވާއިރު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 16 ވަނަ ދުވަހު ފްރާންސް ނުކުންނާނީ އޮސްޓްރޭލިއާ އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް