22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ފީފާ ވޯލްޑް ކަޕް 2018

ޖަރުމަނުގެ ސްކޮޑް ފައިނަލް ކުރަން ލޯ ތައްޔާރުވެއްޖެ

 • ލޯ ވަނީ 27 ކުޅުންތެރިންގެ ޕްރެލިމިނަރީ ސްކޮޑެއް ނަގާފައި
 • އެ ސްކޮޑުން ފަސް ކުޅުންތެރިޔަކު ބާކީކުރާނެ
 • ޖަރުމަނަކީ ވޯލްޑް ކަޕްގެ ޑިފެންޑިން ޗެމްޕިއަނުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 2 ޖޫން 2018 | ހޮނިހިރު 16:17 | |

މަގުބޫލް

 1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
 2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
 7. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
 8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔޯކިމް ލޯ -- ގެޓީ އިމޭޖާސް

މިމަހުގެ 14 ވަނަ ދުވަހު ރަޝިއާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ގެންދާ ޖަރުމަނުގެ ގައުމީ ޓީމުގެ ސްކޮޑް ފައިނަލްކުރަން އެޓީމުގެ ކޯޗު ޔޯކިމް ލޯ ތައްޔާރުވެއްޖެއެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން އޮސްޓްރިއާ އަދި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ޖަރުމަނު ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅޭނެއެވެ. އެމެޗުތަކަށް ފަހު މިހާރު ނަގާފައިވާ 27 ކުޅުންތެރިންގެ ޕްރެލިމިނަރީ ސްކޮޑުން ފަސް ކުޅުންތެރިޔަކު ބާކީކޮށް 23 ކުޅުންތެރިންގެ ރަސްމީ ސްކޮޑް ލޯ އިއުލާންކުރާނެއެވެ. ކުޅުންތެރިން މަދުކުރުމަށް ލޯ ނިންމާފައިވާއިރު މުބާރާތުގައި ކުޅޭނެ ފުރަތަމަ އެގާރައެއް ވެސް މިހާތަނަށް ލޯ ނިންމާފައެއް ނުވެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ލޯ ބުނީ އޮސްޓްރިއާ އާއި ދެކޮޅަށް ކުޅޭ މެޗަށް ނެރޭނެ ފުރަތަމަ އެގާރައެއް ނުނިންމާ ކަމަށާއި 20 އަހަރުން ދަށުގެ ޓީމާއެކު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ބައެއް ކަންކަން ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ ތޯމަސް މުލާ އާއި މެޓްސް ހުމެލްސް ފަދަ ކުޅުންތެރިން ކޮލިފައިންގައި ވަރަށް ގިނަ މެޗު ކުޅުނު ކަމަށާއި އެހެންކަމުން އޮސްޓްރިއާ މެޗުގައި އެފަދަ ކުޅުންތެރިން ނުފެންނާނެ ކަމަށެވެ. ސީޒަނުގެ ފަހުކޮޅު ނުކުޅޭ ކުޅުންތެރިންނަށް މިއީ ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ލޯ ބުނެފައިވެއެވެ.

މީގެކުރިން ސްކޮޑަށް ނުނަގާ ކުޅުންތެރިންނާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ލޯ ބުނީ އެއް މެޗުގައި ދައްކާ ކުޅުމުގެ ސަބަބުން އޭނާގެ ނިންމުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އެހެން ނަމަވެސް ހުރިހާ ކުޅުންތެރިން ވެސް މި މެޗަކީ ވަރަށް މުހިންމު މެޗެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ. ފަހަރެއްގައި މުސްތަގުބަލުގައި ނިންމާ ނިންމުންތަކަށް މި މެޗުގެ ސަބަބުން އަސަރުކުރާނެ ކަމަށް ލޯ ބުނެފައިވެއެވެ.

އޭނާ ބުނީ މިހާރު ވެސް ބައެއް ކުޅުންތެރިންނަށް ރަޝިއާއަށްދާ ފްލައިޓްއިން ޓިކެޓް ޔަގީންވެފައިވާ ކަމަށެވެ. އެގޮތުން ޖޯޝުއާ ކިމިޗް އާއި ޖެރޯމް ބޯޓެންގް އަދި މެޓްސް ހުމެލްސްގެ އިތުރުން ތޯމަސް މުލާ އެ ލިސްޓުގައި ހިމެނޭ ކަމަށް ލޯ ބުނެފައިވެއެވެ. އޭނާ ބުނީ ސްކޮޑުން ބާކީކުރާ ކުޅުންތެރިން ދެރަވާނެކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އެކަމަކީ ބޮޑު ކަމެއްގެ ގޮތުގައި ނުހެދުމަށް އެދޭ ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ހިމެނިފައިވަނީ މެކްސިކޯ އަދި ސްވިޑެންގެ އިތުރުން ދެކުނު ކޮރެއާ އާއެކު ގްރޫޕް އެފްގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 17 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް ނުކުންނައިރު ގްރޫޕްގެ ދެވަނަ މެޗުގައި ޖޫން މަހުގެ 23 ވަނަ ދުވަހު އެ ގައުމު ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނު ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ.

ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައި މި މުބާރާތާ ކުރިމަތިލާ ޖަރުމަނު މިފަހަރު ތަށި ކާމިޔާބުކޮށްފިނަމަ އެ ޓީމު ވެގެންދާނީ ބްރެޒިލްއާއެކު ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމަށެވެ. މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދީ ޖަރުމަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް