21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ރެފިއުޖީން

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

  • ޕެޓްރާގެ މި އަމަލާ ގުޅިގެން އޭނާ ވަޒީފާ އިން ވެސް ވަކިކުރި
އަލީ ޔޫސުފް | AliYooosuf

| 13 ޖެނުއަރީ 2017 | ހުކުރު 22:22 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ހަންގޭރީ އަށް އެތެރެވާން އުޅުނު މީހަކަށް ޕެޓްރާ ހަމަލާދެނީ -- ގޫގުލް

ހަންގޭރީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެ ގައުމަށް އެތެރެވި ރެފިއުޖީންތަކަކަށް ހަމަލާދިން އަންހެން ވީޑިއޯ ޖާނަލިސްޓް ކަމަށްވާ ޕެޓްރާ ލާސްލޯ އަށް ތިން އަހަރުގެ ޕްރޮބޭޝަން ހުކުމެއް ކޮށްފިއެވެ.

 

ޕެޓްރާގެ މައްސަލަ ފެންމަތިވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާންމުވި ވީޑިއާއަކުންނެވެ. އެ ވީޑިއޯ އިން ފެންނަނީ ހަންގޭރީ އަށް އެތެރެވާން މަސައްކަތްކުރި ރެފިއުޖީންތަކެއްގެ ފައިގައި ޕެޓްރާ ޖަހާތަނެވެ. އެ ގޮތުން ކުޑަކުއްޖަކު އުރާލައިގެން ދުވެފައި ދާ ފިރިހެނެއްގެ ފައިގައި ޕެޓްރާ ދަތިއެޅުވުމުން ކުޑަކުއްޖާއާ އެކު އެ މީހާ ވެއްޓެއެވެ.

 

ކޯޓުގައި ޕެޓްރާގެ ފަރާތުން ބުނެފައި ވަނީ އޭނާގެ އެ ހަރަކާތަކީ އެ ތަނުގެ ހާލަތު އޮތް ގޮތުން ހާސްވެގެން މެދުވެރިވި ގޮތެއް ކަމަށެވެ. އަދި އެއީ އަމިއްލަ ދިފާއުގައި އެޅި ފިޔަވަޅެއް ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ ގޮތުން ޕެޓްރާ ވަނީ އެ އަމަލު ތަކުރާރުކޮށްފައެވެ.

 

ކޯޓުން ބުނީ އެއީ އަމިއްލަ ދިފާއުގައި ހިންގި އަމަލެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. ކޯޓުން ވަނީ ކޮންމެ ވީޑިއޯގެ ފްރޭމެއް ދިރާސާކޮށްފައެވެ. ވީޑިއޯ އާއި ހެއްކަށް ބެލުމަށް ފަހު ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ތިން އަހަރު ދުވަސް ވަންދެން ޕެޓްރާގެ އަމަލުތައް ބެލުމަށެވެ. އަދި ޕްރޮބޭޝަންގައި ކުރަންޖެހޭ ކަންކަން ކުރުމަށް އޭނާގެ މައްޗަށް ހުކުމްކޮށްފައި ވެއެވެ. މި މުއްދަތުގައި އެ އުސޫލުތަކާ ހިލާފުވެއްޖެ ނަމަ އޭނާ ޖަލަށް ލާނެއެވެ.

 

އެ ހާދިސާ އަށް ފަހު ޕެޓްރާ ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް