25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ވާރލްޑްކަޕް 2018

ނައިޖީރިއާގެ ވާރލްޑްކަޕް ކިޓު ރިލީޒް ކުރުމާ އެކު ވިކި ހުސްވެއްޖެ

  • އޮންލައިންކޮށް 3 މިލިއަން އޯޑަރު ލިބިފައިވާ ކަމަށް ނައިކީ އިން ބުނޭ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 2 ޖޫން 2018 | ހޮނިހިރު 13:20 | |

ނައިޖީރިއާގެ ވާރލްޑް ކަޕް ކިޓް -- ނައިކީ

މި އަހަރު ރަޝިއާގައި ބާއްވާ ވާރލްޑް ކަޕްގައި ނައިޖީރިއާ އިން ބޭނުންކުރާ ކިޓު އާންމުކޮށް، ވިއްކަން ފެށުމާ އެކު ބާޒާރަށް ނެރުނު ހުރިހާ ކިޓެއް ވިކި ހުސްވެއްޖެއެވެ.

ހުކުރު ދުވަހު ކިޓު ވިއްކަން ފެށިއިރު، ކިޓު ގަތުމަށް ގިނަ ބަޔަކު ވަނީ ލަންޑަންގައި ހުންނަ ނައިކީގެ މައި ފިހާރަ ކައިރިއަށް ޖަމާވެފައެވެ. ނައިކީގެ ފިހާރަތަކުން މި ކިޓު މިހާރު ހުސްވެފައިވާއިރު، ކިޓު ގަތުމަށް ތިން މިލިއަނަށް ވުރެ ގިނަ އޮންލައިން އޯޑަރު ވެސް ލިބިފައިވާކަން ނައިކީ އިން ވަނީ ހާމަކޮށްފައެވެ.

ނައިޖީރިއާގެ އައު ކިޓުގައި ހިމެނޭ ހޯމް އަދި އަވޭ ޖަރޒީ 64.95 ޕައުންޑް (86.70 އެމެރިކާ ޑޮލަރު) އަށް ވިއްކަމުންދާއިރު، ކިޓުގައި ހިމެނޭ އެހެން ތަކެތީގެ ތެރޭގައި އެ އަށް ވުރެ އަގުބޮޑު ތަކެތި ވެސް ހިމެނެއެވެ. މި ކިޓުގައި ހިމެނެނީ ހޯމް އަދި އަވޭ ޖަރޒީ އާއި ޖެކެޓަކާއި، ޓްރެއިނިންގ ޖަރޒީގެ އިތުރުން ބޫޓާއި ދަތުރުމަތީގައި ބޭނުންކުރާ ސޫޓެކެވެ.

މި ކިޓުގައި ހިމެނޭ ތަކެތީގެ ތެރެއިން ހޮނިހިރު ދުވަހުގެ ހެނދުނު ނައިކީގެ ވެބްސައިޓުގައި ލިބެން ހުރީ ދެ ވައްތަރެއްގެ ބޫޓާއި ޖިމް ދަބަހެއް އެކަންޏެވެ. މީގެ ތެރެއިން ބޫޓުގެ އަގު 254.95 ޕައުންޑް (340.33 އެމެރިކާ ޑޮލަރު) ގައި ހުރިއިރު، ޖިމް ދަބަހުގެ އަގަކީ 12.95 ޕައުންޑް (17.29 އެމެރިކާ ޑޮލަރު)އެވެ.

ނައިޖީރިއާގެ ވާރލްޑް ކަޕް ކިޓަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު، ފެޝަންގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ވަނީ މި ކިޓުގެ ފަރުމާއަށް ތަޢުރީފުކޮށްފައެވެ.

ނައިޖީރިއާގެ އައު ޖަރޒީ ފަރުމާކޮށްފައި ވަނީ ތީރުތަކެއް ރަމްޒުވާ ގޮތަށް، ފެއްސާއި ހުދުންނެވެ. ނައިކީ އިން ބުނީ މި ތީރުތައް ރަމްޒުކޮށްދެނީ 1994 ވަނަ އަހަރު ވާރލްޑް ކަޕްގައި އަލަށް ނައިޖީރިއާ ކުޅުނު އިރު އޮތް ޓީމު، ސުޕަރ އީގަލްސް ކަމަށެވެ. އަދި އަވޭ ޖަރޒީ ފަރުމާކޮށްފައި ވަނީ ނައިޖީރިއާގެ ރަމްޒެއް ކަމަށްވާ ގަދަ ފެހި ކުލަ ބޭނުންކޮށްގެންނެވެ.

ކިޓުގައި ހިމެނޭ ބައެއް ތަކެތީގައި ވަނީ ނައިޖީރިއާގެ ފުޓުބޯޅަ ޓީމަށް އެ ޤައުމުގައި ލޯބިން ކިޔައި އުޅޭ ނަން ކަމުގައި 'ނައިޖާ' ޖަހާފައެވެ.

ދަނޑުމަތީގައި މި ކިޓު ފުރަތަމަ ފެނިގެންދާނީ ހޮނިހިރު ދުވަހު އިނގެރޭސިވިލާތާއި ދެކޮޅަށް ވެމްބްލީގައި ކުޅޭ އެކުވެރިކަމުގެ މެޗެއްގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް