19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ކަނބަލުންގެ ލޯނު

ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

  • ކަނބަލުންގެ ލޯނަށް 500 އަށްވުރެ ގިނަ މީހުން ފޯމްހުށައެޅި، 300 އަށްވުރެ ގިނަ މީހުންނަށް ލޯނު ލިބޭނެ
  • މިހާރު ކުރިއަށްދަނީ ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދަން ޖެހޭ މަސައްކަތް
  • އަށް އަހަރު ދުވަހުގެ ތެރޭގައި ލޯނު ދައްކާ ހަލާސް ކުރަންޖެހޭ
އަމްނާ އިމާދު | @amnabinthimad

| 2 ޖޫން 2018 | ހޮނިހިރު 12:42 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން... -- ފޮޓޯ : މުހައްމަދު ޝަރުހާން

ކަނބަލުންނަށް ޚާއްސަ ލޯން ޕްރޮގްރާމުގެ ދަށުން ލޯނު ލިބޭ ކަނބަލުންނަށް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ގެޓްސެޓް ޕްރޮގްރާމް މެނޭޖަރ މަހީލް އަލީ ޖަލީލު ވިދާޅުވީ ކަނބަލުންގެ ލޯނަށް 500 އަށް ވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާ ކަމަށާއި، 300 އަށް ވުރެ ގިނަ މީހުންނަށް ލޯނު ލިބޭނެ ކަމަށެވެ.

މަހީލް ވިދާޅުވީ ލޯނު ދޫކުރުމަށް މިނިސްޓްރީން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދަން ޖެހޭ މަސައްކަތް ކަމަށެވެ. ބޭންކްގެ ޕްރޮސަސް ކުރިއަށްދާއިރު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ލޯނު ދޫކުރެވޭވަރު ވާނެ ކަމަށް މަހީލް ވިދާޅުވިއެވެ.

"ކަނބަލުންގެ ލޯނު އިވެލުއޭޝަން ނިންމާފައި. މިހާރު ކުރިއަށް ދަނީ ބްންކް ޕްރޮސަސް. ލޯނު ލިބިލައްވާ ފަރާތްތަކާއި މެދު މަޝްވަރާ ކުރަމުން ގެންދާނަން" މަހީލް ވިދާޅުވި އެވެ.

ކަނބަލުންނަށް ދޫކުރާ މި ލޯނު ސްކީމުގެ ޖުމްލަ އަދަދަކީ 20 މިލިއަން ރުފިޔާއެވެ. އަދި މި ލޯނު ދޫކުރަނީ 50،000ރ. އިން ފެށިގެން 100،000ރ. އާ ހަމައަށެވެ. މި ލޯނު ސްކީމު ލޯނު އަދަދު 50,000ރ. އަށް ވުރެ ދަށް ނަމަ ރަހުނެއް ބޭނުމެއް ނުވެއެވެ. އަދި 50،000ރ. އަށްވުރެ މަތީ އަދަދުތަކުން ލޯނު ނަގާ ނަމަ 130 އިންސައްތަ އެކަށީގެންވާ ވަރުގެ އަގު ހުރި ރަހުނެއް ބަހައްޓަން ޖެހޭނެއެވެ.

ކަނބަލުންގެ ލޯން ސްކީމުގެ އިންޓްރެސްޓް ރޭޓުގެ ގޮތުގައި ނުވަ އިންސައްތަ ހަމަޖައްސާފައިވާ އިރު ގިނަ ވެގެން އަށް އަހަރުގެ ތެރޭގައި ލޯނު ދައްކައި ހަލާސްކުރަންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކަނބަލުންގެ ލޯން ސްކީމުގެ އިތުރަށް ގެޓްސެޓް ލޯން، އެސްއެމްއީ ލޯން ވެސް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ދޫކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މި އަހަރުގެ ލޯން ޕްރޮގްރާމަށް 190 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް