21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

މުހައްމަދު ސަލާހު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

 • ރާމޯސް އަށް މަރުގެ އިންޒާރު
 • ރާމޯސްގެ ފޯނު ނަންބަރު ބަދަލު ކޮށްފި
 • ބަދަލުގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ހޯދަން މައްސަލަ ހުށަހަޅައިފި
ރާއްޖެ އެމްވީ | raajjemv

| 1 ޖޫން 2018 | ހުކުރު 22:12 | |

މަގުބޫލް

 1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
 3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 6. އަލިދީގެ ތާއީދު އިބޫއަށް!
 7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
 8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


ޗެމްފިއަންސް ލީގުގެ ފައިނަލް މެޗްގެ ތެރެއިން ސަލާހް ދަނޑުމައްޗަށް ވެއްޓެނީ... -- މައިކަލް ރީގަން/ގެޓީ އިމޭޖަސް

މިސްރުގެ ފުޓްބޯޅަ ތަރި މުހައްމަދު ސަލާހަށްވި އަނިޔާ އާ ގުޅިގެން، ރެއަލް މެޑްރިޑްގެ ޑިފެންޑަރ ސާރޖިއޯ ރާމޯސް އަށް މަރުގެ އިންޒާރު ފުލުފުލުގައި ދެމުން ދިއުމާއެކު އޭނާގެ އަމިއްލަ ފޯނު ނަންބަރު ތަކުރާރު ކޮށް ބަދަލު ކުރަން ޖެހިއްޖެއެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފުގެ މެދުތެރެއިން ރާމޯސް ބޯޅަ ހޯދުމަށް ސަލާހުގެ އަތުގައި ދަތިއެޅުވުމުގެ ސަބަބުން ސަލާހް ވަރަށް ބާރަށް ބިންމައްޗަށް ވެއްޓި އޭނާގެ ކޮނޑަށް ވަނީ އަނިޔާވެފައެވެ.

މިހާދިސާގެ ސަބަބުން މުހައްމަދު ސަލާހަށް ޖެހުނީ މެޗުގެ ބާކީބައި ނުކުޅެ ދަނޑުން ފައިބާށެވެ.

އެއާއެކު މުހައްމަދު ސަލާހުގެ ސަޕޯޓަރުންނާއި ލިވަރޕޫލް އާ ދެމެދު ހަމަނުޖެހުން ފެށުނެވެ.

ސަލާހްގެ ސަޕޯޓަރުން ބުނަނީ ސަލާހަށް ރާމޯސް އަނިޔާ ދިނީ ގަސްދުގައި ކަމުގައެވެ.

ސްޕެއިންގެ ކޯޕް ރޭޑިއޯ އިން ހާމަ ކޮށްފައިވާ ގޮތުގައި މައްސަލަ ހޫނުވަމުން ގޮސް ސަލާހުގެ ސަޕޯޓަރުން އެގޮތް މިގޮތުން ރާމޯސްގެ ފޯނު ނަމްބަރު ހޯދާ ހިސާބަށް ކަންކަން ދިޔައެވެ.

ރާމޯސް އާއި އޭނާގެ އާއިލާއަށް ގޮތް ނޭގޭ ފަރާތްތަކުން ދެމުންދާ މަރުގެ އިންޒާރުގެ ސަބަބުން އެމީހުންނަށް ޖެހިފައިވަނީ ފޯނު ނަންބަރު ބަދަކު ކުރަމުން ގެންދިއުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މަރުގެ އިންޒާރުގެ އިތުރުން ރާމޯސްއަށް އަމާޒުކޮށް އޮންލައިން ޕެޓިޝަނެއްވެސް ވަނީ ހިންގަން ފަށާފައެވެ. މި ޕެޓިޝަނަށް މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ މީހުންގެ ތާއީދު ވަނީ ލިބިފައެވެ. ޕެޓިޝަންގައި ބުނަނީ މި ހާދިސާ އާ ގުޅިގެން ޔޫއެފާއިން ރާމޯސް "ބޭން" ކުރަން ޖެހޭނެ ކަމަށެވެ.

އަނެއްކޮޅުން ސަލާހް އަށް ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް މިސްރުގެ ގާނޫނީ ވަކީލަކު ވަނީ ފީފާ އަށް މައްސަލަ ހުށަހަޅާފައެވެ. މިއީ ސަލާހް އަށް ލިބުނު އަނިޔާގެ ސަބަބުން ސަލާހް އަށް ލިބުނު ޖިސްމާނީ އަނިޔާ އާއި މިސްރުގެ ރައްޔިތުންނަށް ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ހޯދުމަށް ހުށަހެޅި މައްސަލައެކެވެ.

މިސްރުގެ ޓީވީ ޗެނެލެއް ކަމަށްވާ ސާދާ އަލް ބަލާދް ގައި ވާހަކަ ދައްކަމުން ގާނޫނީ ވަކީލް ބައްސާމް ވަހްބާ ބުނީ ރާމޯސް، މުހައްމަދު ސަލާހް އަށް އަނިޔާ ދިނީ ގަސްދުގައި ކަމަށާއި އެކުށަށް އޭނާ އަށް އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

އަނިޔާ އާ ގުޅިގެން ސަލާހް އަށް ރަޝިޔާގައި އޮންނަ ވާރލްޑް ކަޕްގައި ކުޅޭވޭނެ ކަމާ މެދު ސުވާލު އުފެދިފައިވަނިކޮށް މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ސަލާހް ވާރލްޑް ކަޕްގައި ފެނުމުގެ އުއްމީދު އެބައޮތް ކަމަށެވެ.

މިސްރުގެ ގައުމީ ޓީމުގެ ޑޮކްޓަރ ބުނެފައިވަނީ އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ސަލާހް އަށް ހުންނަން ޖެހޭ މުއްދަތު ތިން ހަފްތާ އަށް ވުރެ ދިގުވާނެ ކަމަށް ނުބެލޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޏ އައިކު

4 މަސް ކުރިން

އެއާއެކު މުހައްމަދު ސަލާހުގެ ސަޕޯޓަރުންނާއި ލިވަރޕޫލް އާ ދެމެދު ހަމަނުޖެހުން ފެށުނެވެ???????

1
0