22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އެމްޑީޕީ ޕްރައިމަރީ

ޕްރައިމަރީއާއި ގުޅިގެން ލ.ގަމުން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް

  • ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި
  • ފުލުހަކަށް މަރުގެ އިންޒާރު ދިން ތުހުމަތާއި، މާރާމާރި ހިންގި ކަމުގެ ތުހުމަތު ވަނީ ކޮށްފަ
މުހަންމަދު ވިސާމް | sampathmasiw

| 1 ޖޫން 2018 | ހުކުރު 17:36 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ޕްރައިމަރީއާއި ގުޅިގެން ހައްޔަރުކުރި ތިން މީހުން ކޯޓަށް ހާޒިރުކުރަނީ -- ފޮޓޯ : ރާއްޖެ އެމްވީ

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުންނަށް ހުރަސް އެޅި މައްސަލައާއި ގުޅިގެން ހައްދުންމަތީ ގަމުން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ލ. ގަމު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އެ ރަށު ތުނޑީ އަވަށު އަހުމަދު ނަބީލާއި، އިބްރާހިމް އިދުރީސްގެ އިތުރުން މުހައްމަދު ޒަކީއެވެ. މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ ލ. ގަމު ތުނޑީ އަވަށުގައި ހުންނަ އެމްޑީޕީ ހަރުގޭގައި ކުރިއަށް ދިޔަ އެ ޕާޓީގެ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުންކުރި މަސައްކަތަށް ހުރަސްއެޅި މައްސަލައާއި ގުޅިގެންނެވެ. މި ތިން މީހުން ހައްޔަރުކުރުމަށް ފަހު ހުކުރު ދުވަހު މެންދުރު ގަމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ތިން މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ވަނީ ޖަހާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ފުލުހަކަށް މާރާމާރި ހިންގިކަމުގެ ތުހުމަތާއި، ފުލުހަކަށް މަރުގެ އިންޒާރު ދިނުން ވެސް ހިމެނެވެ. މި ކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޕްރައިމަރީގެ ވޯޓްލުން ހުއްޓުވަން ފުލުހުން މަސައްކަތްކުރި އިރު އެ ސަރަހައްދުގައި ހުރި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ފުލުހުން ވޯޓް ފޮށިތައް ގެންދަން ފެށުމުން ގަމު ރައްޔިތުން ވޯޓް ލާފައި ވަނީ ކޮންކުރިޓް ގަށާ މެޝިނެއް ބަހައްޓައިގެންނެވެ. އެ މެޝިން ގެންދިއުން ފުލުހުންނަން ބޮޑު ކަމަކަށް ވުމުން، ކޮންމެ ފަހަރެއްގައި ވެސް ތުނޑީ ހަރުގެއަށް ފުލުހުން ގޮސް މަސައްކަތް ކުރަނީ ވޯޓް ކަރުދާސްތައް ގެންދަން ކަމަށް އެނާ ބުންޏެއެވެ.

އެގޮތުން ވޯޓް ގުނަން ތިއްބަ ފުލުހުން އެމްޑީޕީ ހަރުގެއަށް ދިއުމުން ވޯޓް ގުނަން ތިބި ތިން މީހުން ވެސް ވޯޓް ކަރުދާސްތައް ހިފައިގެން ހަރުގެއިން ބޭރަށް ނުކުތެވެ. އެ ވަގުތު އިބްރާހިމް ޒަކީ އަތުގައި ހުރި ވޯޓް ކަރުދާސްތައް އަތުލުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އިބްރާހިމް ޒަކީ ބިންމައްޗަށް ވެއްޓި އެނާގެ ފައިގެ އިނގިލި ބިންދައިގެން ދިއުމުން، އެކަމާއި އެސަރަހައްދުގައި ތިބި އެމްޑީޕީގެ އާއްމު މެމްބަރުން ކަންބޮޑުވުން ފާޅުކުރިކަމަށް ގަމުން މައުލޫމާތު ދިން މީހަކު ބުންޏެއެވެ. އެވަގުތު އެ ސަރަހައްދުގައި ހައްޔަރުކޮށްފައި ތިބި ތިން މީހުން ވެސް ތިބި ކަމަށާއި، އިބްރާހިމް ޒަކީއަށް އަނިޔާކުރުމުން އެކަމާއި ދެކޮޅަށް އެމީހުން ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް އެނާ ބުންޏެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް