19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އޮމާން އެއަރ

އޮމާން އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

  • ދަތުރުތައް ފަށާނީ އޮކްޓޯބަރ 28 ގައި
  • 2009ވަނަ އަހަރު އޮމާން އެއަރއިން ދަތުރުތައް ފަށައި، 2016 ވަނަ އަހަރު ހުއްޓާލި
  • އޮމާން އެއަރ އަކީ އޮމާންގެ ޤައުމީ އެއަރލައިން
މިއުވާން މުހައްމަދު | Miuvaan

| 1 ޖޫން 2018 | ހުކުރު 17:07 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އޮމާން އެއަރގެ ބޮއިން 737 މެކްސް: ރާއްޖެއަށް ދަތުރުކުރާނީ މި މަރުކާގެ މަތިންދާބޯޓުތަކުގައި -- ގަލްފް ޓައިމްސް

2016 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރުން ހުއްޓާލި އޮމާން އެއަރއިން އަނެއްކާވެސް އޮމާންގެ ވެރިރަށް މަސްކަތާއި މާލެއާއި ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އޮމާން އެއަރގެ ސީއީއޯ އަބްދުލްއަޒީޒް އަލް ރައީސީއާއި ހަވާލާދީ ބޭރުގެ ބައެއް މީޑިއާތައް ބުނާ ގޮތުން މަސްކަތާއި މާލެއާއި ދެމެދު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ. 

މިފަހަރުގެ ދަތުރުތަކުގައި އޮމާން އެއަރއިން ބޭނުންކުރާނީ އެކުންފުނިން އަލަށް ގެނައި ބޮއިން 737 މެކްސް މަރުކާގެ މަތިންދާބޯޓުތައްކަމަށްވެސް އެ އެއަރލައިނުން މައުލޫމާތުދެއެވެ. މިމަތިންދާބޯޓުތަކުގައި ބިޒްނަސް ކްލާހުގެ 12 ގޮނޑި ހުންނާނެއެވެ. އޮމާން އެއަރއިން ވަނީ ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިން އޮމާން އެއަރއިން ދަތުރުކުރުމަށާއި، ދަތުރުގައި ސްޓޮޕް އޯވަރއެއްގެ ގޮތުގައި އޮމާންގައި މަޑުކޮށްލުމަށް ދައުވަތު ދީފައެވެ. 

2009ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރަން ފެށި އޮމާން އެއަރއިން މަސްކަތާއި މާލެއާއި ދެމެދު އުދުހެމުން އައި ފްލައިޓްތައް 2016ވަނަ އަހަރުގެ އެޕްރީލް މަހު ހުއްޓާލީ ވިޔާފާރީގެ ސަބަބުތަކަށްޓަކައި ކަމަށް އޭރު އެކުންފުނިން ބުންޏެވެ. އޭރު އެކުންފުނިން ބުނީ ރާއްޖެއަށް ދަތުރުތައް ދެން ފެށުމުގެ ވިސްނުމެއް އެވަގުތު ނުގެންގުޅޭކަމަށެވެ.

އޮމާން އެއަރއަކީ މެދުއިރުމަތީގެ ޤައުމީ އެއަރލައިންތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެއަރލައިނެކެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް