19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެސްއެމްއީ ލޯން

އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

 • އެސްއެމްއީ ލޯނު ދޫކުރުމަށް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ދަނީ ކުރަމުން
 • މިހާރު ކުރިއަށް ދަނީ ލޯނަށް ހުށައެޅި މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް
 • މިމަހުގެ ނިޔަލަށް އިވެލުއޭޝަންގެ މަސައްކަތް ނިންމާލެވޭނެ
އަމްނާ އިމާދު | @amnabinthimad

| 1 ޖޫން 2018 | ހުކުރު 14:45 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 4. ޕްރިޔަންކާ އިނީ ބަލިވެ؟
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ގެޓްސެޓް ޕްރޮގްރާމް މެނޭޖަރ މަހީލް-- ފޮޓޯ : މުހައްމަދު ޝަރުހާން -- ފޮޓޯ : މުހައްމަދު ޝަރުހާން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށްޓަކައި، ފަށާފައިވާ ވިޔަފާރިތައް ފުޅާކުރުމަށް ސަރުކާރުން ދޫކުރާ އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ގެޓްސެޓް ޕްރޮގްރާމް މެނޭޖަރ މަހީލް އަލީ ޖަލީލު ވިދާޅުވީ އެސްއެމްއީ ލޯނު ދޫކުރުމަށް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ހަލުހި ކަމާއެކު ކުރިއަށް ގެންދާ ކަމަށާއި، ކޮމިޓީން ބަލަންޖެހޭ ކަންކަން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ލޯނަށް ހުށައެޅި މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި، މިމަހުގެ ނިޔަލަށް އިވެލުއޭޝަންގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ވަރަށް ވާދަވެރިކޮށް ކުރިއަށް ދަނީ. މިއަހަރު މިލޯނަށް ހުށައެޅި މީހުންގެ އަދަދު ގިނަ މިދިޔަ އަހަރަށް ވުރެ ގިނަ. 700 އަށްވުރެ ގިނަ މީހުން ފޯމް ލާފަ އެބައޮތް،" މަހީލު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ލޯނު ދޫކުރުމުގައި އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް، ނުވަތަ އެފަރާތްތަކުގެ އަޣުލަބިއްޔަތު އޮންނަ ވިޔަފާރިތަކަށާއި، ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތަކާ ގުޅޭ ވިޔަފާރިތަކަށާއި އަދި މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވާ އެހެން ރަށްރަށުގައި ވިޔަފާރިކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ. އަދި އެސްއެމްއީ ލޯން ދޫކުރަނީ ވަކި އުމުރުފުރައެއް ނެތި، 100 އިންސައްތަ ދިވެހީން ހިއްސާވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކި ފަރުދަކު ކުރާ ވިޔަފާރިއެއް ނަމަ 500،000 ރުފިޔާ ޕާޓްނަޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ ކަމަށެއެވެ.

ލޯނު ދޫކުރެވޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ދަތުރުފަތުރުކުރުމުގެ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާ އާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއެވެ. އޭގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ އާއި ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާ، ވޭސްޓް މެނޭޖްމަންޓް ދާއިރާ އަދި އޯޕަން ކެޓަގަރީ ދާއިރާއިން ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ.

ލޯނު އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިއާޔަތްކުރުމަށް ފަހު، ނުވަ އަހަރަށް ވުރެ މުއްދަތު އިތުރުނުވާ ގޮތަށް ކަމަށާއި އެ މުއްދަތުގައި ގިނަވެގެން އެއް އަހަރު ދުވަހުގެ ގްރޭސްގެ މުއްދަތެއް ހިމެނިދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިކޮނޮމިކް މިނިސްޓްރީން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ގެޓްސެޓް ލޯނުގެ ފުރުސަތަށް ކުރިމަތިލުމަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ 35 އަހަރުން ދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ލޯނު ޕްރޮގްރާމެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް