20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ރައީސް ޔަހްޔާ ޖަމްމޭހް

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

  • ރައީސް ޖަމްމޭހަށް ވަނީ ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އަހުމަދު އަނޫޝު | IamAhmedAnoosh

| 13 ޖެނުއަރީ 2017 | ހުކުރު 17:22 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް -- ގޫގުލް

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ސިޔާސީ ހިމާޔަތް ދިނުމަށް ނައިޖީރިއާ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެގޭ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސިޔާސީ ހިމާޔަތް ދިނުމަށް ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމަށް އަމަލީ ސިފަ އަންނާނީ މިދިޔަ މަހު ގެމްބިއާގައި ބޭއްވި އިންތިޚާބު ގެ ނަތީޖާ، ޖަމްމޭހު ގަބޫލުފުޅު ކުރައްވާ ސުލްހަވެރިކަމާއެކު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ އަދަމާ ބަރޯ އާއި ވެރިކަން ހަވާލު ކުރެއްވުމުންނެވެ.

ރައީސް ޖަމްމޭހަށް ވަނީ ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. ގެމްބިއާގެ ރައީސް ވެރިކަމުން ފައިބައިވަަޑައިގަތުމަށް ބޭރުގެ ފަރާތްތަކުން ގޮވާލާ ގޮވާލުމަށް އިޖާބަ ނުދެއްވާނެ ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް ޖަމްމޭހު ވަނީ ފާޑު ވިދާޅުވެފައެެވެ.

ގެމްބިއާގެ ގައުމީ ޓީވީ މެދުވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޖަމްމޭހު ވިދާޅުވީ ގެމްބިއާގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާއި ގުޅިގެން ވަރަށް ބޮޑަށް ބޭރުގެ އެކިއެކި ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

ގެމްބިއާގެ ރައީސް މިމޭރުމުން ވާހަކަފުޅުދެއްކެވިއިރު ގެމްބިއާގެ ސިޔާސީ ހަލަބޮލިކަމާއި ގުޅޭ ގޮތުން ވާހަކަފުޅުދެއްކެވުމަށް އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް، އިކޯވާސްގެ ލީޑަރުން އަންނަ ހުކުރު ދުވަހު އަނެއްކާވެސް ގެމްބިއާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިވަފުދުގެ ވެރިޔަކަށް ހުންނަވަނީ ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް