17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އެސްޓީއޯ

އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ބާލަން ގުޅީފަޅުގައި ބަނދަރެއް ހަދަނީ

  • ޝަހީރު ވިދާޅުވީ އެކުންފުނިން މިހާރު ވަނީ ގުޅީފަޅުން ބިމެއް ނަގާފައި ކަމަށް
  • ބޮޑެތި އާގު ބޯޓުތައް ގާތް ކުރެވޭ ވަރުގެ ބަނދަރެއްގެ މަސައްކަތް އެބިމުގައި ފަށާފައިވާ ކަމަށް ވިދާޅުވި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 1 ޖޫން 2018 | ހުކުރު 03:48 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު -- ފޭސްބުކް

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ކޮންސްޓްރަކްޝަން ސާމާނު ބޭލުމަށް ގުޅީފަޅުގައި ބަނދަރެއް ހެދުމަށް ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯ އިން ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ އެކުންފުނިން މިހާރު ވަނީ ގުޅީފަޅުން ބިމެއް ނަގާފައި ކަމަށާއި ބޮޑެތި އާގު ބޯޓުތައް ގާތް ކުރެވޭ ވަރުގެ ބަނދަރެއްގެ މަސައްކަތް އެބިމުގައި ފަށާފައިވާކަމަށެވެ.

"ކ. ގުޅީފަޅުގައި މިހާރު ވަނީ ބިމެއް ނަގައި ބާރތިން ފެސިލިޓީ (ބަނދަރު ކުރުމުގެ މަސައްކަތް) ފަށާފައި. މި މަސައްކަތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެ" ޝަހީރު ވިދާޅުވިއެވެ.  

މީގެ އިތުރުން ޝަހީރު ވިދާޅުވީ އެސްޓީއޯ އިން ވިއްކާ ރެޑީމިކްސް ކޮންކްރީޓަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން އެ ޕްލާންޓު މާލެ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެތަނުގެ ބޮޑު މިނަކީ 40،000 ސްކޮޔާ ފީޓެވެ. މި މަޝްރޫއުގެ އަގަކީ 308 މިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ވެސް އެފަދަ ރެޑީ މިކްސް ކޮންކްރީޓުގެ ބެޗިން ޕްލާންޓެއް މިއަހަރު ހުޅުވާނެ ކަމަށެވެ. ހުޅުމާލޭގައި ހުޅުވާ ރެޑީ މިކްސް ކޮންކްރީޓް ބެޗިން ޕްލާންޓުގެ އަގަކީ 45 މިލިއަން ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް