18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އެސްޓީއޯ އަހަރީ އާންމު ޖަލްސާ

އެސްޓީއޯގެ ހިއްސާއަކަށް 55 ރުފިޔާ ބަހަނީ

  • އެސްޓީއޯގެ އޭޖީއެމް ބާއްވާފައިވަނީ ބުދަ ދުވަހުގެ ރޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 1 ޖޫން 2018 | ހުކުރު 03:04 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


އެސްޓީއޯ ހިންގަމުން އަންނަ މައި އިމާރާތް. އެ ކުންފުނިން ވަނީ ހިއްސާއަކަށް 55 ރުފިޔާ ބަހަން ނިންމާފައި -- ފޮޓޯ : މުހައްމަދު ޝަރުހާން

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާއަކަށް 55 ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ބުދަ ދުވަހުގެ ރެއެވެ.

އެކުންފުނީގެ 118 ހިއްސާދާރުން މި ޖަލްސާގައި ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 55 ހިއްސާދާރަކާއި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 63 ހިއްސާދާރުންނެވެ. 2017 ވަނަ އަހަރު އެ ކުންފުންޏަށް 7.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 211 މިލިއަން ރުފިޔާއެވެ. އަދި ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 287 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މި ޖަލްސާގައި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުލިބޭ ގޮތަށް ކުންފުނީގެ ހިންގާ ޤަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ.

މިދިޔަ އަހަރު އެކުންފުނިން ބަހާފައި ވަނީ 2016 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 51 ރުފިޔާގެ މަގުންނެވެ. އެސްޓީއޯއަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 

  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް