23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ހަސަން ލަތީފު ކެމްޕައިން

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

  • މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް
  • މިކަން ރައްޓެހިންނާއި އާއިލާގެ މެމްބަރުންނަށް ހަނދާންކޮށްދޭން ޖެހޭ
  • އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ހަސަން ލަތީފު އެކަނި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 13 ޖެނުއަރީ 2017 | ހުކުރު 14:08 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ހަސަން ލަތީފް ވެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިމްތިޔާޒު ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ :

މިހާރު އޮތީ މުޖުރިމުންނާއި ވައްކަމާއި ޚިޔާނާތުގެ ސަރުކާރެއް ކަމަށާއި އެކަން އިރުއިރު ކޮޅުން އަމިއްލަ ނަފްސަށް ހަނދާން ކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނ.ވެލިދޫ އެމްޑީޕީ ޖަގަހަ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި އެކަން ބަދަލު ކުރުމަށް އެމްޑީޕީން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. ސަރުކާރުން ހިންގާ ޖަރީމާތަކާއި ރައްޔިތުންނަށް ވަމުންދާ އޮޅުވާލުންތައް އަމިއްލަ ނަފްސަށް އަބަދުވެސް ހަނދާން ކޮށްދެންޖެހޭ ކަމަށާއި މިކަން އައިލާގެ މީހުންނާއި ރައްޓެހިންނަށްވެސް ހަނދާން ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ވައުދުވި އެހެން ނަމަވެސް މިހާތަނަށް ފުއްދާދީފައިވާ ނުވާ ކަންތައްތައް ގިނަ ކަން ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ، ވަޒީފާގެ ތަނަވަސްކަން އެތައް ގުނައަކުން އިތުރު ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށެވެ. ކޮންމެ އައިލާއަކަށް ޑޮކްޓަރުން ތިބޭނެ ކަމަށް ބުނި ނަމަވެސް އެކަން ވެސް ސަރުކާރުން ކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިމްތިޔާޒް ވިދާޅުވީ، ރިސޯޓު ތަކުގައި އުޅޭ ޒުވާނުންނަށް އެމީހަކު އުޅޭ ރިސޯޓަކުން ހިއްސާ ލިބޭނެ ކަމަށް ބުނި ނަމަވެސް އެކަމަށް ވެފައިވާގޮތެއްވެސް ނޭނގޭ ކަމަށާއި މަސްވެރިންނަށް ބެއަސް ނުބެއަސް ދިހަ ހާސް ރުފިޔާ ދޭނެ ކަމަށް ބުނި ބުނުމުގެ މާނައެއް ނެތް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އިމްތިޔާޒް ވަނީ މި ސަރުކާރަކީ ކޮރަޕްޝަނުގެ ސަރުކާރެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެފަ އެވެ."މި ސަރުކާރުން ވައްކަން ކުރި އަދަދު ސާފު ނުވޭ. ހާމަވެފައިވާ މިންވަރުންވެސް ރައްޔިތުން ވަނީ ސިއްސައިގެން ގޮސްފަ،" އިމްތިޔާޒް ވިދާޅުވި އެވެ.

ސަރުކާރުން ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ކަމުގައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ތިން ހަތަރު ބިލިއަނުން ވައްކަން ކުރި ނަމަވެސް އޭގެ އިން އެންމެ ބައި ރުފިޔާއެއްވެސް އަނބުރާ ރައްޔިތުންގެ ތިޖޫރިއަށް ލާފަނުވާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. 

މީގެ އިތުރުން ފެނަކައިންނާއި އެމްޕީއެލް އިންވެސް މިލިއަނުން ވައްކަންކޮށް އާއްމު ރައްޔިތުންގެ ދަރީންގެ މުސްތަގްބަލު ވަގަށް ނަގާފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

ޖީއެމްއާރް އާއި ނެކްސްބިޒް އަށް ސަރުކާރުން ދައްކަން ޖެހުނު ފައިސާގެ ވާހަކަ ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ މި ހުރިހާ ޖަރީމާތައް ހިންގުމަށްޓަކާ ކުރާ ކަންކަމަކީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށް، ސިޔާސީ ހަރަކާތްތަކާއި ހުރަސް އަޅާ ސިޔާސީ ލީޑަރުން ޖަލައްލުމެވެ.

އިމްތިޔާޒް ވިދާޅުވީ، މި ސަރުކާރުން ހިންގި ޖަރީމާތައް ފޮރުވުމަށްޓަކައި މޫނުމަތި ރީތި ކުރުމަށްވެސް ގިނަ އަދަދުން ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ކިތަންމެ ގިނަ ފައިސާއެއް ހޭދަކުރި ނަމަވެސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ރީތިވެފަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިމްތިޔާޒް ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވި ވަކިވުމަށް ފާޑުވިދާޅުވެ، އެކަމުން ލިބޭ ގެއްލުމުގެ ޒިންމާ ފޮރިން މިނިސްޓަރާއި ބަންޑާރަނައިބު ނަގަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް