21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

އައިފެލް ޓަވަރު

އައިފެލް ޓަވަރަށް ހޮނު އަޅާ މަންޒަރު ވައިރަލް ވެއްޖެ

  • އައިފެލް ޓަވަރުގެ އުސްމިނުގައި 1063 ފޫޓް ހުރޭ
ރާއްޖެ އެމްވީ | raajjemv

| 1 ޖޫން 2018 | ހުކުރު 02:02 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


އައިފެލް ޓަވަރަށް ހޮނުއަޅަނިކޮށް ނަގާފައިވާ ފޮޓޯއެއް -- ޓްވިޓަރ.ކޮމް/މިޓިއޯފްރާންސް

ފަރަންސޭސި ވިލާތުގެ މަޝްހޫރު އައިފެލް ޓަވަރަށް ބާރުގަދަ ހޮނު އަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް ޓްވިޓަރ ގައި ވައިރަލް ވެއްޖެއެވެ.

ވަރުގަދަ ކޮޅިގަނޑެއްގައި އައިފެލް ޓަވަރަށް ހޮނުއެޅި މި ހާދިސާ ހިނގި އިރު ކޮޅިގަނޑުގައި ފްރާންސްގެ ހުޅަނގާއި އުތުރުގެ ސަރަހައްދުތަކަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވައިރަލް ވެފައިވާ ޓްވިޓަރ ވީޑިއޯގައި ފެންނަނީ އައިފެލް ޓަވަރުގެ އެންމެ މަތީބަޔަށް ހޮނުއަޅަނި ކޮށްނެވެ.

ހޮނު އަޅާއިރު މުޅި ޓަވަރަށް ވިދުވަރުގެ އަސަރު ފޯރާ ކަމަށް ފެނެއެވެ.

 

ފްރާންސްގެ މޫސުމާ ބެހޭ އިދާރާ އިން ހާމަ ކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ މާޗް މަސް ރެކޯޑް ކުރެވިފައިވަނީ 2000 ވަނަ އަހަރުގެ ފަހުން އެންމެ ގިނައިން ފަރަންސޭސި ވިލާތައް ހޮނުއެޅި މަހުގެ ގޮތުގައެވެ.

މަދު ސިކުންތުކޮޅެއްގެ ދިގު މިނުގެ މި ވީޑިއޯ ދެލައްކަ އަށް ވުރެ ގިނަ މީހުން ބަލާފައިވާ އިރު ހާހަކަށް ވުރެ ގިނަ މީހުން މި ވީޑިއޯ ޝެއަރ ކޮށްފައިވެއެވެ.

އައިފެލް ޓަވަރަކީ ފަރަންސޭސި ވިލާތުގެ އެންމެ މުހިންމު މޮނިއުމެންޓެވެ. މި ޓަވަރު ބަލާލުމަށް އެތައް މިލިއަނު ބަޔަކު ކޮންމެ އަހަރަކު ޒިޔާރަތް ކުރެއެވެ.

ޓަވަރު ބިނާކުރަން ފެށީ 1887 އެއްގައެވެ. ޓަވަރު ބިނާކޮށް ނިމުނީ 1889 ވަނަ އަހަރުއެވެ. ޓަވަރަށް ނަން ދީފައިވަނީ ޓަވަރު ޑިޒައިން ކޮށް ބިނާކުރި ކުންފުނީގެ ވެރިޔާ ގުސްޓާވް އައިފެލްގެ ނަމުންނެވެ. ޓަވަރުގެ އުސްމިނަކީ 1063 ފޫޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް