25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އެމްއެންޑީއެފް

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

  • ބޯޓުން ދަތުރުކޮށްފައިވަނީ އިންޑޮނޭޝިއާގެ ނުވަ މީހަކާއި ދިވެއްސެއް
އަހުމަދު މުހުސިނު | dhonbandaara

| 13 ޖެނުއަރީ 2017 | ހުކުރު 09:35 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ މީހުން މާލެ ބާލަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ގދ.ތިނަދޫގެ ހުޅަނގުން 323 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފިއެވެ.

 

މި ހާދިސާގައި އަލިފާން ރޯވި ބޯޓުގައި ތިބި 10 ފަޅުވެރިން މާލެ ގެނެސްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 01:15 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގައެވެ.

 

"މާކޯ ޕޯލޯ 2" ނަމަކަށް ކިޔާ މި ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިދިޔަ އަންގާރަ ދުވަހުގެރޭ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ ތިން އުޅަނދަކާއި، ވައިގެ މަގުން މޯލްޑިވިއަންގެ ފުލައިޓެއްގައި ކޯސްޓްގާޑުގެ ސިފައިން ވަނީ އެމީހުން ހޯދުމުގެ މަސައްކަތް އެ ސަރަޙައްދުގައި ކޮށްފައެވެ.

 

އެ މީހުން ފެނިފައި ވަނީ އަލިފާން ރޯވި ބޯޓުން ދަތުރުކުރި މީހުން ހޯދުމަށް އީ-ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އެޓޯލް ޓޫނާ ކުންފުނީގެ ދެ ބޯޓްގެ ތެރެއިން "ސްޕެއަރ 10" ނަމަކަށް ކިޔާ ބޯޓަކަށް މިދިޔަ ބުދަ ދުވަހުގެ ހަވީރު 16:30 ހާއިރުއެވެ.

 

އެ ބޯޓުން ދަތުރުކޮށްފައިވަނީ އިންޑޮނޭޝިއާގެ ނުވަ މީހަކާއި ދިވެއްސެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް