24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

  • ކުންފުނިތައް ބޭނުންކޮށްގެން ކެމްޕޭން ހަރަކާތްތައް ދަނީ ހިންގަމުން
  • ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހްމަތުތައް ކުރެވޭއިރު، ތަހްގީގެއް ނުކުރޭ
އަހުމަދު މުހުސިނު | dhonbandaara

| 13 ޖެނުއަރީ 2017 | ހުކުރު 08:06 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު -- ގޫގުލް

ރައީސް ޢަބްދުﷲ ޔާމީންގެ އަމިއްލަ ސިޔާސީ ހަރަކާތްތަކުގައި ދައުލަތާއި ދައުލަތުގެ ކުންފުނިތައް ބޭނުންކުރުން ކުށްވެރިކުރައްވާކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފިއްތުންތަކާހުރެ އަމިއްލައަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ހުންނެވި ޑރ ޖަމީލް ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "ދައުލަތާއި ދައުލަތުގެ ކުންފުނިތައް ބޭނުންކޮށްގެން އަމިއްލަ ސިޔާސީ ހަރަކާތްތައް ހިންގަވަން ރައީސް ޔާމީން ކުރައްވާ މަސައްކަތްތައް ކުށްވެރިކުރައްވާ" ކަމަށެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނެވުމުގައި އެމަނިކުފާނުގެ ރަނިންގ މޭޓްގެ ގޮތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ޑރ.ޖަމީލް މިމޭރުމުން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ނަމުގައި ރައީސް ޔާމީންގެ ފެކްޝަނުން ބާއްވާ ކެންޕޭން ހަރަކާތްތަކުގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ތަކެތި ބޭނުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެހަރަކާތްތަކުގައި ބައިވެރިވުމަށް ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖްބޫރު ކުރަމުންދާކަމަށް ތުހުމަތު ކުރެވިފައިވަނިކޮށެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ބާއްވާ ޖަލްސާތަކުގައި ބައިވެރި ނުވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދެމުން ގެންދާއިރު އެފަދަ މުވައްޒަފުން އެޖަލްސާތަކަށް ދިޔަތޯ ޔަޤީން ކުރުމުގެ ހަރަކާތްތަކެއްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކަށް ސިޔާސީ ޖަލްސާއެއް ބާއްވާނެ ތަނެއް ނުލިބޭއިރު ރާއްޖޭގައި ހުރި އެންމެ ބޮޑު ޖަލްސާ ހޯލު ހުންނަ ދަރުބާރުގޭގެ މާލަންތައް ވަނީ ރައީސް ޔާމީން ފެކްޝަނަށް މުއްދަތެއް ނެތް ގޮތަށް ދޫކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް