26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރޮބާޓް ލެވެންޑޯސްކީ

ލެވަންޑޯސްކީ ބޭނުންވަނީ ބަޔާން ދޫކޮށްލަން

  • ލެވަންޑޯސްކީ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވޭ
  • އޭނާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންވާނަމަ އެހެން ޓީމަކަށް ބަދަލުވާން ޖެހޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 31 މެއި 2018 | ބުރާސްފަތި 19:55 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ރޮބާޓް ލެވަންޑޯސްކީ -- ގޫގުލް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބޭނުންވަނީ އެ ޓީމު ދޫކޮށްލަން ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ލެވަންޑޯސްކީ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް މީޑިއާތަކުން ވަނީ ތަކުރާރުކޮށް ރިޕޯޓްކޮށްފައެވެ. ލެވަންޑޯސްކީ ބަޔާން ދޫކޮށްލަން ބޭނުންވާ ކަމުގެ އަޑުތަކެއް ގަދަވެފައި ވަނިކޮށް މިއަހަރުގެ ކުރީކޮޅު އޭނާ ވަނީ އޭނާގެ އޭޖެންޓެއްގެ ގޮތުގައި ޕިނީ ޒަހާވީ ހަމަޖައްސާފައެވެ. ޒަހާވީއަކީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބްރެޒިލްގެ ތަރި ނޭމާ ބަދަލުވިއިރު މެދުވެރިޔެއްގެ ރޯލު ކުޅުނު އޭޖެންޓެވެ. ހަމައެހެންމެ އޭނާ ވަނީ މީގެކުރިން ރިއޯ ފާޑިނާންޑް އަދި ކާލޯސް ޓެވޭޒްގެ އިތުރުން ހަވިޔާ މަޝެރާނޯގެ އޭޖެންޓްގެ މަގާމު އަދާކޮށްފައެވެ.

ބަޔާންއިން ވަނީ ލެވަންޑޯސްކީ ހޯދުމަށް ރެއާލްއިން ހުށަހެޅުމެއް ހުށަހެޅިކަން ދޮގު ކޮށްފައެވެ. އެހެން ނަމަވެސް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި ޕީއެސްޖީއިން އޭނާ ގެންދިޔުމަށް މަސައްކަތް ކުރާ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ބުނެއެވެ.

މިނިމުނު ސީޒަނުގައި ވެސް ބުންޑެސްލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ލެވަންޑޯސްކީ ގެންދިޔައިރު އޭނާ ވަނީ ހަފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބު ކޮށްފައެވެ. ޒަހާވީ ގަބޫލުކުރާ ގޮތުގައި ބަޔާންގައި ހުރެގެން ލެވަންޑޯސްކީއަށް އިތުރު ކާމިޔާބެއް ނުލިބޭނެއެވެ. އަދި އޭނާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންވާނަމަ އެހެން ޓީމަކަށް ބަދަލުވާން ޖެހެއެވެ.

ޖަރުމަނުގެ އެންމެ ބޮޑު ކުޅިވަރު ނޫސް ކަމަށްވާ ސްޕޯޓް ބިލްޑާއި ވާހަކަ ދައްކަމުން ޒަހާވީ ބުނީ ކެރިއަރުގައި އައު ޗެލެންޖެއް ލެވަންޑޯސްކީ ބޭނުންވާ ކަމަށާއި ބަޔާންގެ ހުރިހާ ފަރާތްތަކަށް ވެސް އެކަން އެނގޭ ކަމަށެވެ. މިވަރަށް ލެވަންޑޯސްކީއާ ގުޅިގެން އަޑުތައް މީޑިއާގައި ގަދަވެފައިވާއިރު ބެލެވޭ ގޮތުގައި އަންނަ ސީޒަނުގައި ވެސް އޭނާ ފެންނާނީ ބަޔާންގެ ރަތް ޖާޒީއިންނެވެ. އަންނަ ސީޒަނުގައި ބަޔާންގެ ކޯޗުގެ މަގާމުގައި ހުންނާނީ މި ނިމުނު ސީޒަނުގައި އެއިންޓްރެކްޓް ފްރޭންކްފާޓަށް އިރުޝާދުދިން ނިކޯ ކޮވާޗްއެވެ.

ބަޔާންއާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުއެވެ. އެހެން ނަމަވެސް އޭނާ އެ ޓީމުގައި މަޑުކުރުވުމުގެ ގޮތުން ބަޔާންއިން އޭނާއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެކުރިން ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އަންނަ ސީޒަނުގައި ވެސް ބަޔާންގެ ޖާޒީއިން ލެވަންޑޯސްކީ ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އިތުރު ގޮތެއް ހޯދަންވީ އެއްވެސް ސަބަބެއް އޭނާއަށް ނުފެންނަ ކަމަށެވެ.

ބަޔާންގެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 2014 ވަނަ އަހަރު ބަޔާންއަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަޔާންއަށް ކުޅުނު 195 މެޗުގައި 151 ލަނޑު އޭނާ ޖަހާފައިވާއިރު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް