25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފްރޭންކް ލަމްޕާޑް

ޖެރާޑްގެ ފަހަތުން ލަމްޕާޑް ވެސް ކޯޗިން ދާއިރާއަށް

  • އޭނާވަނީ އެޓީމާއެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި
  • މިދިޔަ ސީޒަނުގައި ޑާބީ ނިންމާލީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ހަވަނައިގައި އޮވެގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 31 މެއި 2018 | ބުރާސްފަތި 19:06 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ފްރޭންކް ލަމްޕާޑް ޑާބީގެ ކޮންޓްރެކްޓަގައި ސޮއިކުރަނީ -- ގެޓީ އިމޭޖާސް

އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ޑާބީ ކައުންޓީގެ ކޯޗުގެ މަގާމާއި ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ހަވާލުވެއްޖެއެވެ.

އުމުރުން 39 އަހަރުގެ ލަމްޕާޑް ޓީމެއްގެ ކޯޗުގެ މަގާމާއި ހަވާލުވިއިރު އޭނާއާއެކު އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ސްޓީވެން ޖެރާޑް ވެސް ވަނީ މެއި މަހުގެ ކުރީކޮޅު ސްކޮޓްލޭންޑްގެ އެންމެ ބޮޑު އެއް ޓީމު ކަމަށްވާ ރޭންޖާސްގެ ކޯޗުގެ މަގާމައި ހަވާލުވެފައެވެ.

ޑާބީ ކައުންޓީއިން ވަނީ ލަމްޕާޑް އެ މަގާމަށް އައްޔަނު ކޮށްދިންކަން ކަށަވަރު ކޮށްދީފައެވެ. ލަމްޕާޑް ވަނީ ޑާބީއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންކަމުން 2021 ވަނަ އަހަރާ ހަމަޔަށް އެ ޓީމުގެ ކޯޗެއްގެ މަގާމުގައި ލަމްޕާޑް ދެމިހުންނާނެއެވެ.

ޑާބީގެ ކޯޗެއްގެ ގޮތުގައި ދިން ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ލަމްޕާޑް ބުނީ ބޮޑު ތާރީހަކާއި ކާމިޔާބުތަކެއް ލިބިފައިވާ ޓީމެއްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި މިފަދަ ބޮޑު ޓީމެއްގެ ކޯޗަކަށްވުމަށް ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ. ކްލަބްގެ ޗެއާމަނުންނާއެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި ކްލަބްއިން ބޭނުންވާ އަމާޒަށް ވާސިލްވުމަށް ކުރަން ޖެހޭ ކަންކަން އެނގިފައިވާ ކަމަށް ލަމްޕާޑް ބުނެފައިވެއެވެ.

މިދިޔަ ސީޒަނުގައި ހަވަނަ ހޯދި ކްލަބެއް އިތުރަށް ކުރި އެރުވުމަށް ބޭނުންވާ ކަމަށާއި އޭގެތެރެއިން ޒުވާން ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭނެ ކަމަށް ލަމްޕާޑް ބުނެފައިވެއެވެ. ލަމްޕާޑް ބުނީ މިއީ އޭނާ ކޯޗެއްގެ ގޮތުގައި ފެނިގެންދާނެ ފުރަތަމަ ފަހަރަށްވި ނަމަވެސް ފުޓްބޯޅައިގައި ހަރަކާތްތެރިވާ އެންމެ މޮޅު ކޯޗުންނާއެކު ހަރަކާތްތެރިވާން ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ. ހަމައެހެންމެ އޭނާގެ ގާބިލްކަމާމެދު ސުވާލު ކުރުމުގެ ފުރުސަތު ނުދެނޭ ކަމަށް ވެސް ލަމްޕާޑް ބުނެފައިވެއެވެ.

ލަމްޕާޑް ބުނީ އެއްވެސް ކޯޗެއްގެ ވަޒީފާއަކީ ފަސޭހަ ވަޒީފައެއް ނޫން ކަމަށާއި އެހެންކަމުން ޑާބީގެ ކޯޗުގެ މަގާމު ވެސް ފަސޭހަކޮށްނުލާނެ ކަމަށެވެ.

ޑާބީގެ އެގްޒެކްޓިވް ޗެއާމަން މެލް މޮރިސް ބުނީ ލަމްޕާޑް ފަދަ ކޯޗެއް ޓީމަށް ހަމަޖެހިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ލަމްޕާޑަކީ އޭނާއަށް ވަރަށް ކަމުދާ މީހެއް ކަމަށާއި ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި އޭނާ ގެންގުޅޭ އުކުޅުތަކަކީ ވަރަށް ގަޔާވާ ކަންކަން ކަމަށް މެލް މޮރިސް ބުނެފައިވެއެވެ. ލަމްޕާޑަކީ ވަރުގަދަ ލީޑަރެއް ކަމަށާއި އެހެންކަމުން ޑާބީގައި ކާމިޔާބު ހޯދޭނެ ހުރިހާ ސިފައެއް އޭނާގެ ކިބައިގައި އެބަހުރި ކަމަށް ވެސް މޮރިސް ބުނެފައިވެއެވެ. އޭނާ ބުނީ ކްލަބްގެ ބޯޑުން ލަމްޕާޑް އައްޔަނު ކުރީ ހުރިހާ މެމްބަރުންގެ ތާއީދާއެކު ކަމަށެވެ.

މިދިޔަ ސީޒަނުގައި ޑާބީ ނިންމާލީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ހަވަނައިގައި އޮވެގެންނެވެ. އެ ޓީމުން ވަނީ މީގެކުރިން ދެ ފަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ލަމްޕާޑަކީ ޗެލްސީގެ ތާރީހުގައި ވެސް އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށްވާއިރު އޭނާ ވަނީ ތިން ޕްރިމިއާ ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގެއްގެ އިތުރުން ޔުއެފާ ޔުރޮޕާ ލީގެއް އެ ޓީމާއެކު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް