24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

މަގޭ ރިޕޯޓް

ރާއްޖޭގެ ސިޔާސީ ޕާޓީ ނިޒާމުގެ ޙަޔާތުގައި ލަދުވެތި ދުވަހެއް!

 • ޑިމޮކްރެޓިކް ނިޒާމުގެ އެއް ތަނބަކީ އަޣުލަބިއްޔަތުގެ ނިންމުން
 • ކޯޓުން އަމުރު ނެރުނީ ވުޖޫދުގައި ނެތް ޕާޓީއެއްގެ އިންތިޚާބެއް ހުއްޓުވުމަށް
 • ފެނިގެން ދިޔައީ ރައްޔިތުންގެ ބަސްބުނުމުގެ ޙައްޤަށް ސަރުކާރުން އަޅާ ނުލާ މަންޒަރު
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 31 މެއި 2018 | ބުރާސްފަތި 18:18 | |

މަގުބޫލް

 1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
 2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
 3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
 4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
 5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
 6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
 7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
 8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ މެންބަރަކު ވޯޓުލަނީ -- ޓްވިޓަރ

ޑިމޮކްރެޓިކް ނިޒާމުގެ އެއް ތަނބަކީ އަޣުލަބިއްޔަތުގެ ނިންމުމެވެ. ޑިމޮކްރެޓިކް ނިޒާމުގައި އެ އަޣުލަބިއްޔަތު ކަނޑައެޅުމަށް އޮންނަ މަގަކީ ވޯޓެވެ. އެއީ ކަރުދާހުގައި ފާހަގަ ޖަހައިގެން ކަމުގައި ވީނަމަވެސް، ނުވަތަ އަތް އުފުލައިގެން ކަމުގައި ވީނަމަވެސް މެއެވެ. ޑިމޮކްރެޓިކް ނިޒާމާއި، އެ ނިޒާމުގެ ސިފަ ޖެހިފައިވާ އެހެނިހެން ނިޒާމުތަކުގައި ވޯޓަށް ޚާއްސަ ދަރަޖައެއް ދެވިފައިވަނީ ވެސް، އަދި ވޯޓަށް ރައްޔިތުން އިތުބާރު ނުކުރަނީ ވެސް ހަމަ އެ ސަބަބަށްޓަކައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ކޮންމެ ވެރިކަމެއްގައި ވެސް ކޮންމެ ވެސް ސިފައެއްގައި ވަނީ ވޯޓު ލާފައެވެ. އެއީ ހަމައެކަނި ތިމާއަށް ތާޢީދުކުރާ މީހުން ލައްވައި ވޯޓު ލައްވައިގެން ވިޔަސް، ނުވަތަ ވޯޓު ކަރުދާހުގައި ކުޑަ ކާފާއި ބޮޑު ކާފު ޖަހައިގެން ނަމަވެސްއެވެ. މިގޮތަށް ނެގޭ ކޮންމެ ވޯޓަކާއިމެދު ދިވެހިންގެ ހިތްތަކުގައި ޚާއްސަ ޤަދަރެއް ދެވިފައި އޮތްއިރު، އެފަދަ ކޮންމެ ވޯޓަކާއި މެދު ދިވެހިން ވަނީ ސުވާލު ވެސް އުފައްދާފައެވެ.

ވޯޓާއި މެދު ރައްޔިތުން އޭރު ވެސް ސުވާލު އުފައްދަނީ އެއް ސަބަބަކާއި ހުރެއެވެ. އޭރު އަތޮޅުވެރިންނާއި ކަތީބުން ކުޑަ ކާފާއި ބޮޑު ކާފުގެ ހާޖާނު ހިންގާތީއެވެ. މިއަދު، ވޯޓުގެ ކަންކަން ބަލަހައްޓަން، ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ޚަރަދު ކޮށްފައި ކޮމިޝަނެއް ހަދާފައި އޮތްއިރު، އެ ކޮމިޝަނުގެ އިޚުލާސްތެރިކަމެއް، މިނިވަން ކަމެއް ނެތީމައެވެ. މިއަދު އެ ކޮމިޝަންގެ މިނިވަންކަމާއި އިޚުލާސްތެރިކަން ނެތިގެން ގޮސްފައިވާ މިންވަރުގެ އެއް ހެއްކަކީ އެ ކޮމިޝަނުގެ ރައީސް ކަމަށް ލައްވާފައި އެވާ ބޭފުޅާއެވެ. ވޭތުވެ ދިޔަހާ ދުވަހު ސަރުކާރު ހިންގާ ޕާޓީގެ ތޮފި އަޅައިގެން، އެ ޕާޓީގެ ޓީޝާޓް ލައިގެން އެ ޕާޓީއަށް ކެމްޕެއިން ކުރަން އުޅުނު މީހާ އެ ކޮމިޝަނުގެ ރައީސް ކަމަށްލުން އެންމެ ކުޑަ ކުއްޖާވެސް ސިފަކުރަނީ ޑްރެކިއުލާއާއި ބްލަޑް ބޭންކުގެ ތަޅުދަނޑި ހަވާލުކުރުން ގޮތުގައެވެ.

ބުދަ ދުވަހު ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީން އެވަނީ އެ ޕާޓީގެ ރިޔާސީ އިންތިޚާބު ބާއްވާފައެވެ. އެ ޕާޓީގެ އަސާސީ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އިދިކޮޅުގައި ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓެއް ނެރުމަށް ޝަޢުޤުވެރިކަން ފާޅުކޮށްގެން ދެން ތިބި ޕާޓިގެ އަސާސީ ޤަވާއިދު އޮތް ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓު ދޭނެ މީހަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވާކަށް ނުޖެހެއެވެ.

ދެން އޮތީ ވެރިކަން ކުރާ ޕާޓީއެވެ. އެ ޕާޓީން ވެސް އެ ވަނީ އިންތިޚާބުގައި ވާދަކުރާނެ މީހަކު ނިންމާފައެވެ. ނަމަވެސް ބުދަ ދުވަހު ރިޔާސީ ޕްރައިމަރީ ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ޚިލާފަށް ވެރިކަން ކުރާ ޕާޓީއިން މީހަކަށް ރިޔާސީ ޓިކެޓު ތަބަކަކަށް ލާފައިދޭން ނިންމީ ޕާޓީގެ މަދު ބަޔަކު ތިބޭ އެ ޕާޓީގެ ކައުންސިލުން، އެ ޕާޓީގެ އަސާސީ ޤަވާއިދާއި ސީދާ ޚިލާފަށެވެ. އެ ޕާޓީއަކީ ވެސް ދިވެހިރައްޔިތުންގެ މާލިއްޔާއިން ޚަރަދު ކޮށްގެން ހިންގާ ޕާޓީއަކަށްވާއިރު، ވެރިކަން ކުރާ ޕާޓީގެ ކައުންސިލުން މިލީ ވޯޓު މާދަމާގެ މުޖުތަމަޢު ސިފަކުރާނީ ކޮންފަދަ ބޮޑު ޖޯކެއްގެ ގޮތުގައިތޯއެވެ؟ އެކަން އިލެކްޝަން ކޮމިޝަނަށް މައްސަލައަކަށް ނުވިއެވެ.

ތެދެކެވެ. ބުދަދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރިއަށްދިޔައިރު ފެނުނު މަންޒަރަކީ ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރެޓިކް ޙަޔާތުގައި ފެނުނު ހިތާމަވެރި، ލަތުވެތި، މަންޒަރުތަކެއްކަމުގައި ދަންނަވަން ޖެހެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަށައިގެންވާ ހުރިހާ ކަމަކީ ވެސް މިއޮއް ތަހުޒީބު ޒަމާނުގައި މުޅި ޤައުމު އެކަމާ މެދު އަޖައިބުވެ، އަންތަރީސް ވާވަރުގެ ކަންކަމެވެ. އެ އިންތިޚާބު އިޢުލާނުކުރީއްސުރެ، އެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ޝަރުތު ހަމައެއް ނުވެއޭ އިލެކްޝަން ކޮމިޝަނުން ދިޔައީ ބުނަމުންނެވެ. ޤާނޫނުގައި އޮތީ ކެނޑިޑަސީގެ ސައްޚަކަމާއި މެދު ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެއީ ޕާޓިތަކުގެ ދަފްތަރު ރަނގަޅަށް ނުބެލެހެއްޓިގެން އުޅޭ އިލެކްޝަން ކޮމިޝަނާއި ބެހޭވެސް ކަމެއް ނޫނެވެ.

އިލެކްޝަން ކޮމިޝަނުގެ ފިއްތުންތަކާއިއެކުވެސް ބުދަ ދުވަހު އެމްޑީޕީއިން އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ފެށުމާއި އެކު ދެން ފެނިގެން ދިޔައީ އަދި ނިކަން ހެއްވާ މަންޒަރެކެވެ. ސުޕްރީމް ކޯޓުގެ އަމުރަކަށް ތަބާނުވާން ލަފާދިން ބަންޑާރަ ނައިބުގެ އެދުމުގެ މަތިން ސިވިލް ކޯޓުން ވުޖޫދުގައި ނެތް ޕާޓީއަކަށް ރަށްދުކޮށް، ނުބާއްވާ ޕްރައިމަރީއެއް ހުއްޓުވަން ފުލުހުންގެ މައްޗަށް އަމުރު ކުރީއެވެ.

ސިވިލް ކޯޓުން ބުދަދުވަހު ނެރުނު އަމުރުގައި އޮތީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ ކިޔާ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީ ހުއްޓުވާށެވެ. ބައެއް ފަހަރު އެ ޕާޓީއަށް ހަމައެކަނީ މޯލްޑިވްސް ޑިމޮކްރެޓިކްއޭ ވެސް ކޯޓު އަމުރުގައި ކިޔާފައި އެބަހުއްޓެވެ. އެހެން ކިޔާ ޕާޓީއެއް މި ދިވެހިރާއްޖޭގައި ނޯންނަކަން އެންމެ ރަނގަޅަށް އެނގޭނީ އިލެކްޝަން ކޮމިޝަނަށެވެ.

އަނެއް ކަމަކީ ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެވެ. އެ އަމުރުގައި އޮތީ ވުޖޫދުގައި ނެތް އެ ޕާޓީން ހިންގާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބެއް ހުއްޓުވުމަށެވެ. އެއްވެސް ހާލެއްގައި މީހުންގެ ގަޔަށް ބޮލަށް އަރައި، މާރާމާރީ ހިންގައި، މީހުންގެ މުދާ ފޭރޭކަށް އެ އަމުރަކު ނެތެވެ. ނަމަވެސް ފެނިގެން ދިޔައީ ސީދާ އެ މަންޒަރެވެ.

ސިވިލްކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ނުކުތް ފުލުހުންގެ ކިބައިން ބުދަ ދުވަހު ފެނުނީ ނިކަން ނާތަހުޒީބު، ދަށުދަރަޖައިގެ ޢަމަލުތަކެއްކަމުގައި ދަންނަވަން ޖެހެނީ ހިތާމައާއެކުގައެވެ. ބުދަ ދުވަހުގެ މެންދުރު ފަހު ސޯޝަލް މީޑިއާ ފުރި ބަންޑުންވީ، އެމްޑީޕީގެ ހަރުގެތަކަށް ފުލުހުން ވަދެ، ރަމަޟާން މަހު، ރޯ މާ ދުވާލު، ރޯ އަވަގުރާ ގޮވައި، ރައްޔިތުންގެ ގަޔަށް ބޮލަށް އަރައި، ކަނބަލުންގެ އުނގަށް އަތް ބާނާ މަންޒަރުތަކުންނެވެ.  

މުޅިޤައުމާއި ރައްޔިތުންގެ މުސްތަޤުބަލާއި ގުޅޭ ކަމެއްގެ ޤަދަރު ކަނޑާލައި، އެއްވެސް ލަދެއްޙަޔާތެއްނެތި ފުލުހުން ރައްޔިތުންނާއި ކުރިމަތިލީ މަންޒަރަކީ ހަމަ ހަޤީޤަތުގައި ވެސް ލަދުވެތި މަންޒަރެކެވެ.

ޕާޓީއެއްގެ އެތެރޭގައި ބޭއްވިޔަސް، ޤައުމީ ފެންވަރުގައި ބޭއްވިޔަސް، އިންތިޚާބެއްގެ ބޭނުމަކީ ރައްޔިތުންގެ އިޚުތިޔާރު ކަޑައެޅުން ކަމަށް ވީހިނދު، ނިކަން ރީތިކޮށް ކުރިއަށް ދިޔަ އިންތިޚާބަކަށް ހުރަސްއަޅައި، ދައުލަތުގެ މުއައްސަސާތަކުގެ އަމަލުތައް ރައްޔިތުންގެ އިހުތިޔާރަށް ހުރަސްއެޅޭ ގޮތަށް ބެހެއްޓުމަކީ އިންތިހާއަށް ލަދުވެތި ކަމެކެވެ. އިންސާފާއި ހަމަ ޤާއިމުކުރަން ތިބޭ ފުލުހުން ނުކުމެ ރައްޔިތުން ވޯޓުލާން ބެހެއްޓި ވޯޓު ފޮށިތައް ފޭރިގަނެ، ބާ ޑަބިޔާ ބުރި ބުރިއާއި، ވަށިގަނޑު ގަނޑާއި ތާންގީ ބުރި ބުރިއާއި ކޮންކްރިޓް ގަށާމެޝިނަށާއި ވަޅުބުރިބުރިއަށް ވޯޓު ކަރުދާސް އަޅައިގެން ރައްޔިތުންގެ އިޚުތިޔާރު ކަނޑައަޅަން ޖެހޭ ހިސާބަށް ކަންތައްތައް ދުއްވާލީމައި ވަރަށް ވެސް ލަދުވެއްޗެއްވެ.

ވޯޓުލުމަކީ ޤައުމީ ނިންމުމުންތަކުގައި ރައްޔިތުންގެ ޚިޔާލާއި ބާރުދައްކުވައިދޭ މުހިންމު، ޤަދަރުވެރި ކަމަކަށްވާއިރު، ދައުލަތުގެ އެކި މުއައްސަސާތަކުގެ މި ޢަމަލުން ސިފަ ވަނީ ރައްޔިތުންގެ ޤަދަރު ވެއްޔާ މޮޑެލުން ނޫންބާއެވެ؟ ތިމާމެން ތަބަކަކަށް ލާފައި ރިޔާސީ ޓިކެޓު މީހަކަށް ދިންއިރު، ޤައުމުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސްބުނާ ބުނުމަކީ ޖޯކެއްގެ ގޮތުގައި ސަރުކާރުން ދެކޭކަން ނޫންބާއެވެ؟ ރިޔާސީ އިންތިޚާބެއް ބޯމަތިވެފައިވާއިރު، ރައްޔިތުންނާއި، އެމީހުން ކަންކަމުގައި ބަސްބުނާ ބުނުމާމެދު، މިހާ ދަށުދަރަޖައިގެ ނަޒަރަކުން ދެކޭ ބަޔަކު ރައްޔިތުންގެ މައްޗަށް ބަސްކިޔާ މުހިންމު މަޤާމުތަކުގައި ދެމިތިއްބުމާއި މެދު ރައްޔިތުން ނުވިސްނާނެ ބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިބުރާ

9 މަސް ކުރިން

އެމްޑީޕީއަކީ އަޣުލަބިއްޔަތަށް ތަބަޢަވާ ބަޔަކު އުޅޭ ޕާޓީއެއްތޯ ސުވާލުކޮށްލަން އެބަޖެހޭ.

0
0
ހ މ ޒ

9 މަސް ކުރިން

އެމްޑީޕީ އިން ބުނާ ގޮތުގައި ފުލުހުން އިއްޔެ ގެންދިޔައީ އަސްލު ވޯޓް ކަރުދާސް އަޅާފައި ހުރި ފޮށިތަކެއް ނޫނެވެ. ފުލުހުން ގެންދިޔައީ ފޭކް ފޮށިތަކެކެވެ. އެހެންކަމަށް ވާނަމަ މިއީ އަނެއްކާވެސް ފުލުހުންގެ ގާބިލްކަމާއި މެދު ސުވާލު އުފައްދަން ޖެހޭ ސަބަބެކެވެ. ކޯޓު އަމުރަކާއި އަދި ޤާނޫތަކާއި ހިލާފުވުމަކީ ޖިނާޢި ކުށެކެވެ. ނަމަވެސް ވޯޓް ލުމާއި ވޯޓް ގުނުމާއި ވޯޓްގެ ނަތީޖާ އިއުލާން ކުރުން ކުރިއަށް ދިޔައިރު ވެސް އެކަން ހުއްޓުވުމުގައި ފުލުހުންގެ ގާބިލްކަމެއް ނުދެއްކުނެވެ. ހައްޔަރު ކުރަން ޖެހޭ ބަޔަކު ހައްޔަރު ކޮށްގެން، ބަންދު ކުރަން ޖެހޭ ތަނެއް ބަންދުކޮށްގެން ވެސް މީގެ ކުރިން ފުލުހުން ޤާނޫނުގެ ބާރު ތަންފީޒު ކޮށްފިއެވެ އެމްޑީޕީ އަކީ އެއްވެސް އިރެއްގައި ޤާނޫނަށް ބޯލެނބުމުގައި އިސްކަމެއް ދިން ޕާޓީއެއް ނޫނެވެ. އިއްޔެ އަކީ އެކަން އެމްޑީޕީ އިން ތަކުރާރު ކުރި ދުވަހެކެވެ

1
3
އާދަމް ނަވާޒް

9 މަސް ކުރިން

ކޮމެންޓް ކުރާށޭ ކިޔާފަ ކޮންމެހެން ވަގުތު ނޫހުގަ މަ ލިޔެފަ އިން ރިޕޯޓެއްގެ ދެބަިކުޅަ އެއްބައި ކަޓުވާލާކަށް ނުޖެހޭ ދޯ