10 ޑިސެންބަރު 2018 | ހޯމަ | 02 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

ޒައިނުއްދީން ޒިދާން

ރެއާލްގެ ކޯޗުގެ މަގާމުން ޒިދާން އިސްތިއުފާދީފި

 • މަގާމުން އިސްތިއުފާ ދިނުމަށް ނިންމީ ކްލަބްގެ ރައީސާއި މަޝްވަރާ ކުރުމަށްފަހު
 • މަގާމުން އިސްތިއުފާދޭން ނިންމީ ހުރިހާ ކަމެއް ވެސް ބަދަލުވެފައި ހުރުމުން
 • ޒިދާން ބުނީ މިނިންމުން ނިންމީ އަމިއްލައަށް ކަމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 31 މެއި 2018 | ބުރާސްފަތި 17:13 | |

މަގުބޫލް

 1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
 2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
 3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
 4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
 5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
 6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
 7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
 8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން އިސްތިއުފާދިންކަން ހާމަކުރަނީ -- އޭއެފްޕީ/ގެޓީ

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ޒައިނުއްދީން ޒިދާން އިސްތިއުފާދީފިއެވެ.

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ޒިދާން އިސްތިއުފާދިނީ ކާމިޔާބު ތިން ސީޒަން އެ ޓީމުގައި ހޭދަކުރުމަށްފަހުއެވެ. އޭނާ އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދިންކަން ހާމަކުރީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރެއާލް މެޑްރިޑްއިން ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސެއްގައި ކޯޗުކަމުގެ މަގާމުން އިސްތިއުފާދިންކަން ހާމަކުރަމުން ޒިދާން ބުނީ މަގާމުން އިސްތިއުފާ ދިނުމަށް ނިންމީ ކްލަބްގެ ރައީސާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އޭނާ ބުނީ ބައެއް މީހުންނަށް މި މި ނިންމުން ގަބޫލުކުރަން ދަތިވި ނަމަވެސް މިއީ ކްލަބަށާއި ކުޅުންތެރިންނަށް މިވަގުތު އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ޓީމަށް ކޮންމެވެސް ބަދަލެއް ބޭނުންވާ ކަމަށާއި އެހެން ލީޑަރެއް ޓީމު ލީޑުކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

އޭނާ ބުނީ ކްލަބަށް ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެ ކޯޗެއްގެ ގޮތުގައި އެނބުރި އަންނަން ފުރުސަތުދިން ރައީސަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި ކޯޗުގެ މަގާމުން އިސްތިއުފާދޭން ނިންމީ ހުރިހާ ކަމެއް ވެސް ބަދަލުވެފައި ހުރުމުން ކަމަށެވެ. ކްލަބް ދޫކޮށްލި ނަމަވެސް އަބަދުވެސް ކްލަބާއެކު ރަނގަޅު ގުޅުމެއް އޮންނާނެ ކަމަށާއި ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ވެސް ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށް ވެސް ޒިދާން ބުނެފައިވެއެވެ.

ޒިދާން ބުނީ މިނިންމުން ނިންމީ އަމިއްލައަށް ކަމަށާއި މުބާރާތްތައް ކާމިޔާބުކުރާނެ ސާފު ގޮތް ނޭނގޭނަމަ އެންމެ ރަނގަޅު ގޮތަކީ މަގާމު ދޫކޮށްލުން ކަމަށެވެ. އޭނާ ބުނީ ފަހަރެއްގައި މި ނިންމުން ގޯސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި ކުރިޔަށް ވާން ހުރި ކަންކަން ބުނަން ނޭނގޭ ކަމަށެވެ. ހަމައެހެންމެ އެހެން ޓީމެއްގެ ކޯޗުގެ މަގާމަށް ނުދާނެ ކަމަށާއި ހުރިހާ ކުޅުންތެރިންނަށް ވެސް އޭނާގެ ނިންމުން އަންގާފައިވާނެ ކަމަށް ޒިދާން ބުނެފައިވެއެވެ.

ޒިދާން ބުނީ ކްލަބާއެކު ގިނަ ކާމިޔާބުތަކެއް ހޯދިފައިވާ ކަމަށާއި އެއްވެސް ކުޅުންތެރިޔެއްގެ ފަރާތުން އިތުރު ކަމެއް ކުރަން އޭނާއަށް ބުނެވެން ނެތް ކަމަށެވެ. އެހެންކަމުން އާ ކޯޗެއް ޓީމަށް ބޭނުންވާ ކަމަށާއި މިވަގުތު ވެސް ބޭނުންވަނީ ހުރިހާ ކުޅުންތެރިންނަށް ވެސް ޝުކުރު އަދާކުރަން ކަމަށް ޒިދާން ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ ޒިދާން ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ ޒިދާން މިފަދަ ނިންމުމެއް ނިންމަފާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށާއި މިއީ ކްލަބްގައި މަސައްކަތްކުރާ އެންމެނަށް ވެސް ވަރަށް ދެރަ ދުވަހެއް ކަމަށެވެ. ޕެރޭޒް ވިދާޅުވީ ޒިދާންގެ ނިންމުން ބަދަލުކުރުމަށް ވެސް މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް އޭނާގެ ނިންމުން ބަދަލުނުކުރުމުން އެކަން ގަބޫލުކޮށް އެންމެން ވެސް އެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭ ކަމަށެވެ.

2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވުމަށް ފަހު ޒިދާން ވަނީ ރެއާލްއަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ އެ ޓީމަށް ޖުމްލަ ނުވަ ތަށްޓެއް ކާމިޔާބުކޮށްދީފައެވެ. ޒިދާންއަކީ މިދިޔަ އަހަރު ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް