| 13 ޖެނުއަރީ 2017 | ހުކުރު 06:35 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ކުރިއަށް އޮތް ލޯކަލް އިންތިޚާބުގެ ކަންކަން ހިތުހުރިގޮތަކަށް ކުރިއަށް ގެންދިއުމަށް ދޫކޮށްލައިފިނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކަންކަން ގެންދާނެ ގޮތުން ރައްޔިތުން ހިތާމަ ކުރަން ޖެހިދާނެ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެވެ.
ޝިދާތާ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިޕްރޮގްރާމްގައި ޝިދާތާ ވިދާޅުވީ ސަރުކާރުން ހިތުހުރި ގޮތަކަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރައްޔިތުން ދޫކޮށްލައިގެން ތިބެގެން ނުވާނެ ކަމަށާއި އެކަމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ހިތާމަ ކުރަން ޖެހިދާނެ ކަމަށެވެ.
ޝިދާތާ ވިދާޅުވީ ފަރުދުންގެ ޒިންމާވެސް އެބައޮތް ކަމަށާއި ރައްޔިތުން އެކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
"މިގޮތައް ޤާނޫނުން ބޭރުގައި ހިތުހުރި ގޮތަކަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ރައްޔިތުންވެސް ފުރުސަތު ދީގެން ނުވާނެ. ޤައުމުގެ މުސްތަޤްބަލަށް އަޅުގަނޑުމެން މިކަންކަން މިކުރަނީ. މިއަދު މިގޮތަށް ދީލާލާފައި މާދަމާ ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު މިގޮތައް ކަންކަންވީމާ އަޅުގަނޑުމެން އެންމެންނަށް މިކަމުގެ ހިތާމަ ކުރަން ޖެހޭނެ،" ޝިދާތީ ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ކަންކުރަމުންދާ ގޮތްތަކަށް އިޝާރާތް ކުރައްވަމުން ޝިދާތީ ވިދާޅުވީ ޤައުމީ ލަފާދޭ ކޮމެޓީގެ މަޝަވްރާ ހޯދި ނަމަވެސް އިލެކްޝަނުން ކަންކުރަމުންދަނީ އެއާ އެއްގޮތައް ނޫން ކަމަށެވެ.
ޝިދާތާ ވިދާޅުވީ އެކަމުން ދޭހަވަނީ އެކޮމިޝަންގެ ވަރަށް ނޭއްގާނީކަން އެބަހުރިކަން ކަމަށާއި ސައްޙަ އިންތިޚާބެއް ބޭއްވުމެގެ ނިޔަތެއް ނެތްކަން ކަމަށެވެ.
"މިހާރުން މިހާރަށް ވެސް ދަންނަވަން. އަދި ހުދު އިލެކްޝަންސް ކޮމިޝަނަށްވެސް އެނގިވަޑައިގަންނަވާނެ މިހާރު އަލުން އެއިއުލާންކުރި އިންތިޚާބަކީ ޤާނޫނީ އެއްވެސް ހަމައެއްގެ ދަށުން އެބޭފުޅުންނަށް ބޭއްވޭނެ އިންތިޚާބެއް ނޫންކަން" ޝިދާތާ ވިދާޅުވިއެވެ
ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީން އިންތިޚާބުގައި ވާދަ ނުކުރަން ނިންމީ ރައްޔިތުންގެ ހައްޤުގައި އެޕަޓީގެ މަޝްވަރާ މަޖިލީހުގައި ވަރަށް ބޮޑަށް މަޝްވަރާ ކުރައްވާފައި ކަމަށެވެ. ނަމަވެސް އެމްޔޫއޯގެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް