21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރޯދައާއި ސިއްހަތު

ހާރުދަމުގައި ކާންވީ ކޮން އެއްޗެއްކަން އެނގޭތަ؟

  • އެއް ޖޯޑު އޯޓް މީލްއެއްގައި މުޅި ދުވަހަށް ބޭނުންވާ ވަރަށް ފައިބަރ ހަށިގަނޑަށް ލިއްބައިދޭ
  • ކިރު ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ކޮންމެ ބާވަތެއްގެ ކެއުމަކީ ވެސް ހާރުދަމު ކާލަން އެންމެ އެދެވިގެންވާ ކެއުމެއް
ރިފްޤާ އަބްދުލް ވައްހާބް | R1phqa

| 31 މެއި 2018 | ބުރާސްފަތި 15:56 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


ކާން ހަދާފަ -- ޓޭސްޓްމޭޑް

ހާރުދަމަކީ ރޯދަހިފުމަށް ކާން އެންމެ އެދެވިގެންވާ ވަގުތެވެ. އެހެން ކަމުން މިވަގުތުގައި ބޭނުން ކުރާ ކާނާ އަކީ ހަށިގަނޑަށް ފައިދާ ހުރި، ރޯދައަށް ހުރެވޭ ވަރަށް ހަކަތަ ލިއްބައިދޭ ކެއުމަކަށް ވާން ޖެހެއެވެ. އެހެން ކަމުން ހާރުދަމުގައި ކާން އެންމެ ރަނގަޅީ ކޮންކޮން އެއްޗެއްކަން އެނގުން ވަރަށް މުހިންމެވެ.

ހާރު ދަމުގައި ކެއުން އެންމެ ރަގަޅު ކާނާ:

  • ޕްރޮޓީންސް ގިނައިން ލިބޭ ކާނާ: ބިސް ފަދަ ތަކެއްޗަކީ އާންމުކޮށް މިވަގުތު ބޭނުންކުރުން އެންމެ ރަނގަޅު ތަކެއްޗެވެ. ސަބަބަކީ، ބިހަކީ އޭގައި ވަރަށް ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވިގެންވާ އެއްޗެކެވެ. ޕްރޮޓީންސް ލިއްބައިދޭ ކާނާ ބޭނުން ކުރާ ކަމުގައި ވަނީނަމަ ހަށިގަނޑު ހެދި ބޮޑުވުމަށް އެހީތެރިވެދެއެވެ. އަދި ރޯދައަށް ހުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ އެންމެ ފުރިހަމަ ހަކަތަ އުފައްދައިދެއެވެ.
  • ފައިބަރ ލިއްބައިދޭ ކާނާ: ފައިބަރ ލިބޭ ތަކެތީގެ ތެރޭގައި އޯޓްސް އަކީ ވަރަށް ފާހަގަ ކޮށްލެވޭ އެއްޗެކެވެ. އެއް ޖޯޑު އޯޓްސް ގައި 4 ގްރާމް ފައިބަރ ހިމެނޭ ކަމަށް ސިއްހަތާ ބެހޭ މާހިރުން ވިދާޅުވެއެވެ. އަދި އެއް ޖޯޑު އޯޓް މީލްއެއް ގައި މުޅި ދުވަހަށް ބޭނުންވާ ވަރަށް %15 ފައިބަރ ހުންނާނެ ކަމަށް އެބޭފުޅުން ދެކިލައްވައެވެ. އެހެންކަމުން ހާރުދަމުގައި އޯޓްސް ބޭނުން ކުރުމުގެ ސަބަބުން ކާނާ ހަޖަމް ކުރުން ލަސް ކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ބަނޑުގައި ހުންނަ ސަރުބީތައް ވިރުވައިދީ ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. ވީމާ، އޯޓްމީލް އެއް ހާރު ދަމުގައި ބޭނުން ކުރާ ނަމަ އަނެއް ދުވަހު ރޯދައަށް ބޭނުންވާ ވަރަށް ފުރިހަމަ ހަކަތަ ހަށިގަނޑަށް ލިއްބައިދީ މީހާ ވަރުބަލި ވުމުން ދުރު ކޮށްދެއެވެ.
  • ކެލްޝިއަމް އަދި ވިޓަމިންސް ލިބޭ ކާނާ: ކިރު ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ކޮންމެ ބާވަތެއްގެ ކެއުމަކީ ވެސް ހާރުދަމު ކާލަން އެންމެ އެދެވިގެންވާ ކެއުމެވެ. އެގޮތުން ޔޯގަރޓް، ކޯން ފްލޭކްސް ފަދަ ތަކެތި ހާރުދަމުގައި ބޭނުން ކުމުގެ ސަބަބުން ރޯދަ ވީއްލުމާ ހަމައަށް މީހާގެ ހަށިގަނޑު ތާޒާ ކަންމަތީ ދަމަހައްޓައިދޭނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް