10 ޑިސެންބަރު 2018 | ހޯމަ | 02 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

އެކްސިޑެންޓް

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

  • ކާރެއް ކޮންޓްރޯލް ނުވެގެންގޮސް ދެ ގެއެއްގެ ފާރަށް ވަނީ އަރަފައި
  • ހިތަދޫގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ވަނީ އަނިޔާވެފަ
  • އަންހެން މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައެއް ނުވޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 13 ޖެނުއަރީ 2017 | ހުކުރު 00:57 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


އައްޑޫ ސިޓީ ފޭދޫގައި އެކްސިޑެންޓްވި ކާރު -- ރާއްޖެއެމްވީ ފޮޓޯ : ލީވާން އަލީ

އައްޑޫސިޓީ ފޭދޫގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ގެއެއްގެ ފާރަށް އަރައި، ކާރު ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.

ފޭދޫ ގައި ހުރި ރާއްޖޭ އެމްވީގެ ރިޕޯޓަރު ބުނީ ބުރާސްފަތި ދުވަހު އިރު އޮއްސި 6:30 ހާއިރު ފޭދޫ އޯކިޑްމަގުން ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް ކޮންޓްރޯލް ނުވެގެންގޮސް "ފެނާރު" ގެ އާއި އެގެއާއި ޖެހިގެން ހުރި "ސާޔާ" ގޭގެ ފާރުގައި ޖެހުމުގެ ސަބަބުން ފާރުވެސް ވެއްޓިފައިވާ ކަމަށެވެ. 

 މި އެކްސިޑެންޓް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެކްސިޑެންޓް ވި ކާރަކީ ފޭދޫ ޒުވާން ވިޔަފާރިވެރިއެއް ކަމުގައިވާ އިބްރާހިމް ޔައީޝްގެ ކާރެކެވެ. މި ކާރު ދުއްވަން އިނީ އޭނާގެ އެކުވެރިއެެެކެވެ.

މީގެއިތުރުން، ހިތަދޫގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ވަނީ އަނިޔާވެފަ އެވެ. އައްޑޫ ސިޓީ ހިތަދޫގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ. ހިތަދޫގައި ހަރަކާތްތެރިވާ ރާއްޖެޓީވީގެ ރިޕޯޓަރު ބުނީ އަންހެން މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިނުވާ ކަމަށެވެ. އެކްސިޑެންޓު ހިނގުމާއެކު، އެކްސިޑެންޓްވި ސައިކަލުގައި ތިބި މީހުން ފިލައިގެންގޮސްފައިވާ ކަމަށް ރިޕޯޓަރު ބުނި އެވެ. އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާރު އެ މައްސަލަ ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް