15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވޯލްޑް ކަޕް 2018

އާޖެންޓީނާ ވޯލްޑް ކަޕަށް ދާނީ އުއްމީދާއެކު: މެސީ

  • މެސީ ބުނީ މިއަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ދާނީ ފެވަރިޓުންގެ ގޮތުގައި ނޫން ކަމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 31 މެއި 2018 | ބުރާސްފަތި 03:09 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


މެސީ އާޖެންޓީނާގެ ޖާޒީގައި -- ގެޓީ އިމޭޖާސް

މިއަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް އާޖެންޓީނާ ދާނީ އުއްމީދާއެކު ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

މެސީ މިހެން ބުނެފައިވަނީ ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ހައިޓީ އަތުން 4-0 އިން އާޖެންޓީނާ މޮޅުވި މެޗުގައެވެ. ދުނިޔޭގެ 108 ވަނައިގައި ރޭންކް ކުރެވިފައިވާ ހައިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ހެޓްރިކް ހެދިއިރު އޭނާ ވަނީ ސާޖިއޯ އަގުއޭރޯ ޖެހި ލަނޑު ޖެހުމަށް ވެސް އެހީތެރިވެދީފައެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން މެސީ ބުނީ މިއަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ދާނީ ފެވަރިޓުންގެ ގޮތުގައި ނޫން ކަމަށާއި އެހެން ނަމަވެސް މުބާރާތާއި ކުރިމަތިލާނީ ހުރިހާ އުއްމީދާއެކު މަސައްކަތްކޮށް ކާމިޔާބު ހޯދަން ކަމަށެވެ. އޭނާ ބުނީ ކޮލިފައިންގައި ދަތިތަކާއި ކުރިމަތިވި ކަމަށާއި އެހެން ނަމަވެސް މިހާރު ފަރިތަކުރުންތައް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އޭނާ ބުނީ އަމިއްލަ ގައުމުގައި ކުޅުނު އެންމެ ފަހު މެޗުން މޮޅުވުމަކީ ލިބޭ އުފަލެއް ކަމަށާއި މެޗުގެ ނަތީޖާއާ މެދު މާ ބޮޑު ވިސްނުމެއް ނެތް ކަމަށެވެ.

ގައުމީ ޓީމާއެކު މެސީ 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕާއި އޮލިމްޕިކް ރަން މެޑަލް ހޯދިއިރު އޭނާގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތެއްގެ ފައިނަލުން ބަލިވެފައެވެ. މެސީއަށް އާޖެންޓީނާގެ ބަދަލުގައި ސްޕެއިންއަށް ކުޅުމުގެ ފުރުސަތު ވެސް ލިބުނެވެ. އެހެން ނަމަވެސް އޭނާ ނިންމީ އާޖެންޓީނާއަށް ކުޅުމަށެވެ.

އަމިއްލަ ގައުމުގައި ވޯލްޑް ކަޕްގެ ކުރިން ކުޅުނު ފަހު މެޗަށްފަހު އާޖެންޓީނާ ދަތުރުކުރާނީ ސްޕެއިންގެ ބާސެލޯނާއަށެވެ. ބާސެލޯނާގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށްފަހު ޖޫން މަހުގެ ހަވަނަ ދުވަހު އިޒްރާއިލާއި ދެކޮޅަށް އެ ޓީމު ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅޭނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނިފައިވަނީ އައިސްލޭންޑާއި ކްރޮއޭޝިއާ އަދި ނައިޖީރިއާއެކު ގްރޫޕް ޑީ ގައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 16 ވަނަ ދުވަހު އައިސްލޭންޑާއި ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު ދެވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން މަހުގެ 21 ވަނަ ދުވަހު ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން 26 ވަނަ ދުވަހު ނައިޖީރިއާ އާއި ދެކޮޅަށެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ ވަނީ ފައިނަލްގައި ކުޅެފައެވެ. އެފަހަރުގެ ފައިނަލްގައި އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ. މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ މެސީއަށް ގައުމީ ޓީމާއެކު ތަށްޓެއް ކާމިޔާބުކުރަން ލިބޭ ބޮޑު ފުރުސަތަކަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް