16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މަގޭ ރިޕޯޓް

އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން އުޅުން: ބޮޑު މަޖާގަނޑެއް

  • ކޮންކްރީޓް މެޝިނާ ކަޅު ހަންހަމަށްވެސް ވޯޓު އަޅާފައިވޭ
  • ފުލުހުން ގެންދިޔަ ތަކެތީގެ ތެރޭގައި ކުނިފޮށިގަނޑުގަނޑުވެސް ހިމެނޭ
  • ގޭގޭ ދޮށަށް ގެންގޮސްގެންވެސް ވޯޓުއެޅި
އަހުމަދު މުހުސިނު | dhonbandaara

| 31 މެއި 2018 | ބުރާސްފަތި 00:21 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ވޯޓުފޮއްޓެއްގެ ގޮތުގައި ކަޅުހަމެއް -- ފޮޓޯ : ރާއްޖެ އެމްވީ

އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާ ވާހަކަ އިވުނީންސުރެ ސަރުކާރު ހުން އަތުވެއްޖެއެވެ. ވޯޓުލާ ދުވަސް ކައިރިވީވީހެން މުޅި ގައިގައި ރަޖާލައި ދަށަށް އަލިފާން ލިއަސް ހުންގަނޑު ދިޔައީ ލުއިވުމުގެ ބަދަލުގައި ގަދަވަމުންނެވެ. ހުންގަދަވެ ވާނުވާ ނޭނގި މޮޔަގޮވާން ފެށީކީ ތިޔަހެނެއް ނޫނެވެ.

ފުލުހުން ނުކުމެ، އެމްޑީޕީގެ ވޯޓް ފޮށިތައް ގެންދިއުމުން، ރަށެއްގައި ސިމެންތި ހަދާފައިވާ ވަޅުބުރިއަކަށް ވޯޓް އަޅަނީ

ވޯޓުލާ ދުވަސް ޖެހުނުއިރު ކެތެއް ނުކުރެވުނެވެ. ވޯޓުލާން ފެށީމާ ބަލާކަށް ނުތިބެވުނެވެ. ބައިބަޔަށް ފުލުހުން ފޮނުވާން ފެށިއެވެ. ރޯދައަށް ތިއްބަސް، މަތިން ކުރި އޯޑަރާއެކު ފުލުހުންނަށް އެނޫން ގޮތެއް ނެތުނެވެ. ހަރުގެތަކަށްވެސް ވަނީއެވެ. މީހުންގެ ގޭގެއަށްވެސް ވަނީއެވެ. ޖަހައިގަނެވުނު ގޮތަކަށް ވޯޓުފޮށިތައް ޖަހައިގަތެވެ. ބައެއް ފުލުހުން ހިސާބަކަށް ރައްޔިތުންނަށް ޒުވާބު ދިނަސް މީހަކު ކިޔާހާ އެއްޗަކަށް އަޅާވެސް ނުލައެވެ. ބޮސް ބުނީތީ ޔެސް ސަރ އޭ ބުނެ ވޯޓުލުން ހުއްޓުވަން ފެށި އެވެ.

އުކުޅަހުގެ ވޯޓް ފޮއްޓަކަށް ހުރީ ކަންނެލި ފޮއްޓެއް

އެކަމަކު ކަންވީކީ އެހެނެއް ނޫނެވެ. ދެނެކާ ދެނެއް ނެތެވެ. ވޯޓުލުމުގެ ފޯރި ގަދަވިއެވެ. އިތުރަށް ވައިގައި ހިފިއެވެ. ދެން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ވޯޓުލާކަށް ވަކި އެއްޗެއް ނެތެވެ. ރަސްމީ ވޯޓުފޮށި ގެންދިޔުމުން ވޯޓު ފޮއްޓަށް ބެހެއްޓީ ހީވެސް ނުކުރާކަހަލަ އާލާތްތަކެވެ. ސިމެންތި ގަށާ މެޝިނާއި ކަޅުހަމެވެ. ފެން ހިންދާން ހަދާފައި ހުންނަ ވަޅުބުރިބުރިއެވެ. ދޮންނަ މެޝިނާއި، ކަންނެލި ފޮއްޓާއި ފީފާ އާއި ފުޅިފުޅިއަށްވެސް ވޯޓުއަޅަން ފެށިއެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ވޯޓުފޮށީގެ ގޮތުގައި ތަފާތު ތަކެތި ބެހެއްޓުމުގެ ރެކޯޑެއް ގާއިމުކުރި އެވެ. އެމްޑީޕީގެ ގުއި ރޯނުގައި ފިސާރި ރަނގަޅަށް ސަރުކާރު ޖެހުނެވެ. 

ލ. ގަމުގެ ވޯޓް ފޮށި

ފުލުހުންވެސް ސަހަލެއް ނޫނެވެ. ކަރުދާސް ފޮށިގަނޑެއް ހުއްޓަސް އެވެސް ވީދާލާފައި ވޯޓުފޮށިކަމަށް ގެންދިޔައީއެވެ. އެއިން ކަރުދާސްކޮޅެއް މީހެއްގެ އަތުގައި އޮތަ ނުދީ އެވެސް ޖަހައިގަނެގެންނެވެ. ގެންދެވުނު ތަކެތި ބަލާލިއިރު ކުނިފޮށިގަނޑު ގަނޑާއި ހުސްކަރުދާހާއި ދާފޮހުނު ޓިޝޫތައްވެސް ގެންދެވިފަ އެވެ. އަދި ރައީސް ޔާމީނަށް ނިސްބަތްކޮށް އެކި އިބާރާތްތައް ލިޔެފައިވާ ކަރުދާސް އަޅާފައިވާ ފޮށިތައް ވެސް ގެންދިޔަ ކަމަށެވެ އެވެ. 

ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ދަނީ 

ވޯޓުލުމުގެ ފޯރީގައިތިބި އެމްޑީޕީ މީހުންވެސް ދުލެއް ދޭކަށް ބޭނުމެއް ނުވިއެވެ. އާނދޮގޭއޭ ހުއްޓުވިއަކަ ނުދޭނަމޭ ތިމަންމެން ވޯޓުލާނަމޭ ބުނެ ވޯޓުފޮށިތައް ހިފައިގެން ދޮރުންދޮރަށްވެސް ހިނގަން ފެށީއެވެ. ސައިކަލާއި އަތްގާޑިޔަލާ، ރަށުޕިކަޕް ތަކުގައިވެސް ގޮސް ވޯޓުލާން ހުރި މީހާއާ ހަމައަށް ވޯޓުފޮށި އުފުލަން ފެށިއެވެ. ފީފާބުރިބުރިއާ ހަރުގަނޑުގަނޑަށް އަރައިގެން ވޯޓުލާން ފެށީއެވެ.

ވޯޓް ލުމަށް ވޯޓް ފޮއްޓާއެކު ގޭގެއަށް ދަނީ

ފެންނަ ފެނުމަށް ވެގެން ދިޔައީ ބޮޑު ކުޅިމަޖާ ގަނޑަކަށެވެ. ގުންފައި ޖަހާފައި ހަރުގެ ތަކަށާއި މީހުންގެ ގޯތި ގެދޮރަށްވަދެ ފުލުހުން ފޮށިތައް ގެންދިޔުން ބޮޑު ސަކަރާތަކަށްވިއެވެ. އެވަރުންވެސް ވޯޓުލުން ނުހުއްޓި ކުރިއަށް ދިޔައިމާވެސް މީހުން އަތްޖަހާ މަޖާ ނަގަން ފެށިއެވެ. އެއްބަޔަކު ބުނީ މިއީ ރޯދަކުރުކޮށްލަން ހިންގި ކުޅިވަރެއްކަމަށެވެ. އަނެއް ބަޔަކު ބުނަނީ ހައްޤުން ކަމަކާ ނުލައި ސަރުކާރުން އެވަނީ ބޮޑު ގުއިރޯނެއްގައި ޖެހިފައި ކަމަށެވެ. ވޯޓުފޮށިތައް ޖަހައިގަންނަން ފޮނުވި ޕޮލިސް ކުދިންވެސް ބުނާކަހަލައެވެ. ލަދުން ބޯހަލާކެވެ.

ދަގަނޑު ޓޭންކަކަށް ވޯޓް އަޅަނީ

ގަދަ ކަނޑުގައި ދުއްވާފައި ލޯންޗްތަކުގައި ރަށްރަށަށް ފޮނުވި ފުލުހުންވެސް ގަތީކީ އަމަށަކު ލަދެއް ނޫނެވެ. ލޯންޗް އަޅާފައި ދާންވާއިރަށް ފޮށީގައި ހުންނަނީ މުޅިން އެހެން ކަރުދާހެކެވެ. ބައެއް ކަރުދާސްތަކުގައި "ކަދުރު ފާތުމަޔާ" ، ރައީސް ޔާމީނަށް އެގޮވާ ފަތިވަރު ލިޔެފައި ހުރީތީ ސަރއާ ހަމައަށް އެ އެއްޗެހި ގެންދާކަށް ނުކެރުނެވެ.

ވޯޓް ފޮށި ހިފައިގެން ދަނީ

ކޮންމެއަކަސް އަނެއްކާވެސް ސަރުކާރުން އިދިކޮޅު އެމްޑީޕީގެ ގުއި ރޯނެއްގައި ބޮޑުތަނުން ޖެހުނީއެވެ. ކަމަކުން ކަމަކާ ނުލައެވެ. ދަލުބޭރުން ޖެހިގެންނެވެ. ނަޝީދުގެ ފޯމް ހުށަހެޅީމާ ބާތިލް ކުރެވެން އޮތްއިރު މާ އަވަސްއަރައިގެނެގެންނެވެ. އެމްޑީޕީން އެވަނީ ބޭއްވުނު ގޮތަކުން ޕްރައިމަރީ ބާއްވާފައެވެ. ހޯދަން ބޭނުންވާ ފޮޓޯއާ ވީޑިއޯ އަތުލާފައެވެ. މިފަހަރުވެސް ބޮޑުތަނުން ފަޟީހަތްވެ ސަރުކާރަށް ލިބުނީ ބޮޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިބްރާހީމް

6 މަސް ކުރިން

ދައްޖާލުގެ ފަހަތުގައިވެސް ބަޔަކު ތަބައަވެގެން އުޅޭ

0
4
އެކަމަކު

6 މަސް ކުރިން

ވޯޓު ފޮށި ހިފައިގެން 2 މީހަކު ގޭގަޔަށް ގޮސް ވޯޓު އެޅީމާ އޭގެ ޞައްޙަ ކަން އޮންނާނީ ކިހާ މިންވަރެއްގަ ބާއައޭ ހަމަ ހިތަށް އަރާ. މަޖަލަކަށް ކުރި ކަމެއް ނަމަ އޯކޭ!

0
6
ޝެމްކްސް

6 މަސް ކުރިން

ސާބަހޭ ދިވެހި ރައްޔިތުން ޖަޒިރާ ެައީސް އެންމެންގެ ހިތްތަކުގެ ރައީސް

10
2